Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯދީގެ ދަތުރުފުޅު 2019

އިންޑިއާ އިން ދޭ އެހީއަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ފައިދާ ކުރާނެ އެހީއެއް: ބޮޑުވަޒީރު މޯދީ

8 ޖޫން 2019 | ހޮނިހިރު 14:27

ރާއްޖެއިން އެހީ ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުގައި ވަނީ އިންޑިއާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 ޖޫން 2019 | ހޮނިހިރު 14:27
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންނެވުން

އިންޑިއާ އިން ރާއްޖެއަށް ދޭ ކޮންމެ އެހީއަކީ އެއިން ކޮންމެ ދިވެހި ރައްޔިތަކަށް ފައިދާ ކުރާނެ އެހީއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއިން އެހީ ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުގައި ވަނީ އިންޑިއާ ކަމަށެވެ. އެގޮތުން 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ސުނާމީ ކާރިސާ އާއި ފެނުގެ ދަތިކަން ކުރިމަތިވެ ރާއްޖެ އެންމެ ބޮޑު އެހީތެރިކަމަކަށް ބޭނުންވެފައި ވަނިކޮށް އެހީތެރިކަން ދިނީ އިންޑިއާ އިން ކަން ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ބޮޑުވަޒީރު މޯދީ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރިމަށް އޮތް މުހިއްމު ކަމެއް ކަމަށާއި ރާއްޖެއާ އެކު ވަރުގަދަ ގުޅުމެއް ބޭއްވުމަކީ އެ ގައުމުގެ އަމާޒު ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ފަހު އިންޑިއާ އިން ވަނީ 1.4 ބިލިއަން ޑޮލަރުގެ އެހީ ދެއްވާފައެވެ. އިންޑިއާ އިން ދިން މާލީ އެހީތެރިކަމުގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި މަޝްރޫއުތައް ހިންގުން ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. އަދި ރާއްޖެއާ ދެމެދު އެއްބަސްވެފައިވާ ކްރެޑިޓް ފެސިލިޓީގެ ސަބަބުން އެތައް މަޝްރޫއެއް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރާތުގައި އެމަނިކުފާނަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުއްވާފައެވެ. އެ ލަގަބަކީ ރާއްޖޭގައި ބޭރުގެ ގައުމެއްގެ އިސްވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެކެވެ. ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުއްވާފައި ވަނީ ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީގެ އަގު ވަޒަންކޮށް ދެއްވާ ލަގަބުފުޅެއްގެ ގޮތުގައެވެ.

ހިންދީ ބަހުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އެއީ ހަމައެކަނި އަމިއްލަފުޅަށް ލިބިވަޑައިގެންނެވި ޝަރަފެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބިނު ޝަރަފެއް ކަމަށެވެ. އަދި އެކަމަށް އިންޑިއާގެ ހުރިހާ ރައްޔިތުން ވެސް ފަޚުރުވެރިވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް