Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ އިސް ފަރާތްތައް ވަކިކުރަންޖެހޭ!

ފަނޑިޔާރު އަބްދުﷲ ދީދީއަށް ކަރަޕްޝަންގެ އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ކުރެވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 8 ޖޫން 2019 | ހޮނިހިރު 09:28
އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) ސިނާން (މ) އަދި އަބްދުﷲ ދީދީ (ވ)

އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) ސިނާން (މ) އަދި އަބްދުﷲ ދީދީ (ވ)

މި ސަރުކާރަށް ގިނަ ރައްޔިތުން "އާނއެކޭ" ބުނީ ހަމަހަމަކަމާއި އިންސާފު ލިބޭނެކަމުގެ އުއްމީދު އޮތްވަރު ބޮޑުކަމުންނެވެ. ކުރީ ސަރުކާރުގެ އަނިޔާ އާއި ވައްކަމާއި ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ގިނަވެ ކުރީ ސަރުކާރަށް އޮތް ނުރުހުން މިހާރު ފާޅުވެގެން ދިއުމުގެ ނަތީޖާއަކީ އެނޫން ސަރުކާރެއް ރައްޔިތުން އިޚްތިޔާރު ކުރުމެވެ. ނިމިދިޔަ ސަރުކާރު، އިންތިޚާބުން ބޮޑުތަނުން ފެއިލް ކުރީ ހަމަޔާއި އިންސާފަށް ރައްޔިތުން ބޭނުންވެފައި ތިބިވަރު ބޮޑުކަމުންނެވެ.

އެހެންނަމަވެސް މަދުން ނަމަވެސް އެ އުންމީދުތަކަށް ފަނޑުކަން ލިބޭ ފަދަ ކަންކަން މި ސަރުކާރުގައި ދަނީ ތަކުރާރުވަމުންނެވެ. މަގާމުތަކަށް މީހުން އައްޔަންކޮށް ވަކި ކުރަމުންދާއިރު ކަރަޕްޝަނާއި ކުށްތަކުގެ ތުހުމަތުގައި ތިބި ބައެއް މީހުން އަދިވެސް މަގާމުތަކުގައި އެބަތިއްބެވެ. އަދި އަލަށް އައްޔަން ވެސް ކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ކުރެވޭ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލަ ކޯޓުތަކާ ބެހޭ އިދާރާ ޖޭއެސްސީއަށް ވަނީ ހުށައަޅާފައެވެ. އަބްދުﷲ ދީދީއަށް ތުހުމަތު ކުރެވެނީ ސިޔާސީ ބޭފުޅަކަށް ހުކުމް ކުރުމަށް އެއްމިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން އަދިވެސް ހުންނެވީ މެލޭޝިއާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަގާމުގައެވެ. އޭނާއަށް ތުހުމަތު ކުރެވެނީ ފިރިކަލުން ނެންގެވި އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރި ރިޝްވަތުގެ ތުހުމަތެވެ. ބުނެވޭ ގޮތުގައި ޑެޕިއުޓީ އެމްބެސެޑަރކަން ލިބިވަޑައިގަތީ ފިރިކަލުން ކުރެއްވި ހުކުމުގެ އިތުރު ބަދަލެއްގެ ގޮތުގައެވެ. ކްރިމިނަލް ކޯޓުގައި އިންނަވައިގެން ކުރެއްވި އެ ހުކުމަށް ފަހު ކުރު މުއްދަތެއްގައި ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމާ ހަމައަށް ވަޑައިގެންނެވުނު ގޮތް ވެސް ނޭނގެއެވެ.

އަބްދުﷲ ދީދީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެކަމަކު މިފަދަ ބޮޑު ތުހުމަތެއް ކުރެވޭއިރު ނަޒާހަތްތެރި ކަމާއި އަދުލު އިންސާފުން ދެން ހުކުމެއް ކުރެވިދާނެކަމާ މެދު ސުވާލު އުފެދެއެވެ.

އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އަށް ޚިޔާނާތުގެ ތުހުމަތު ކުރެވިފައިވާއިރު އަދިވެސް ހުންނެވީ އެމަގާމުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ. އޮފީހަށް ވަޑައިނުގެންނެވި ކަމުގައި ވިއަސް މުސާރަ ބަރާބަރަށް ނަންގަވައެވެ. އަނބިކަނބަލުން އަދިވެސް ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި ލިބިލެއްވި ވަޒީފާގައި މެލޭޝިއާ އެމްބަސީގައެވެ. ބައެއް ކޮމިޝަންތަކުގައި ވެސް ހާޒިރުވެވަޑައިނުގެން މުސާރަ ނަންގަވާ މެންބަރުން އެބަ ތިއްބެވެ.

ބަދުއަޚްލާގީ މައްސަލައެއް ފެންމަތިވެ، ވީޑިއޯއެއް އާންމުވެ ޖިނާއީ ތަހުގީގެއްކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ވެސް ފޮނުވައި އޮއްވައި ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑެތި މަގާމުތައް ސިނާން އަލީ އަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެކަން ތަކުރާރުނުވާނެ ކަމުގެ އުންމީދުގައި ރައްޔިތުންގެ ގެނައި މިސަރުކާރުން ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑު މެމްބަރުކަން ދިނުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ސިނާންއަށް އެ މަގާމު ދީފައިވަނީ މިސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ކުށްތަކުގެ ތުހުމަތުތައް ކުރެވޭ ނަމަ އެ މީހަކު މަގާމުން އިސްތިއުފާ ދިނުމަށް ނުވަތަ މަގާމުން ވަގުތީ ގޮތުން އެކަހެރި ވުމަށް ޕްރެޝަރ ކުރެވެއެވެ. އަދި އެ ގޮތަށް އަމަލު ވެސް ކުރެއެވެ.

އެފަދަ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ނުދީފި ނަމަ، ވަކި ކުރުން އެއީ ކުރެވޭނެ ކަމެކެވެ. ނުވަތަ މި ފަދަ ތުހުމަތުތައް ކުރެވިފައިވާ މީހުންނަށް އަލުން މަގާމްތައް ނުދިނުން އެއީ ރައްޔިތުން ހޮވާފައި ހުރި ރައީސަށް ކުރެވޭނެ ކަމެކެވެ. ގެއްލެމުންދާ އިތުބާރު ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބޭނީ އޭރުންނެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން 2008 ވަނަ އަހަރު ޑިމޮކްރެޓިކް ވެރިކަމަކަށް ޖާގަދީ، އެ ނިޒާމް ގާއިމްކުރީ ވަރަށް ފޮނި އުންމީދެއްގައެވެ. އަނިޔާވެރިކަމާއި ފަސާދައާއި ކަރަޕްޝަނަށް ނޫނެކޭ ބުނެ އިސްލާމީ ވެރިކަމާއި އިސްލާމީ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ގާއިމްކުރުމުގެ މަތިވެރި ނިޔަތުގައި މުޅި ގައުމު ވަނީ އޭރު ބޮޑު ނިންމުމެއް ނިންމައިފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެ ދައުރެއް ނިމިގެން ދިޔަ ކަމުގައި ވިޔަސް، މި ގައުމުގައި އަނިޔާވެރިކަމާއި، ކަރަޕްޝަނާއި ފަސާދައިގެ ބިރުވެރިކަން އަދިވެސް އަށަގެންފައި ވެއެވެ. ވެރިކަމުގެ ދައުރުތައް ބަދަލުވަމުން ދިޔަ ކަމުގައި ވިޔަސް، ވެރިކަމުގެ ނިޒާމުގެ ތެރެއިންނާއި ގައުމުގެ މުއައްސަސާތަކުން މިދެންނެވި ފަދަ ނުބައި އަމަލުތައް ނައްތާލުމުގެ މަސައްކަތްކުރާ ތަނެއް އަދި ފެންނާކަށް ނެތެވެ. މިކަމުގެ ނަތީޖާއަކީ ވެރިކަމުގެ އާރާއި ބާރާއި ލައްޒަތުގެ މަސްތުގައި މި ގައުމުގައި ދައުރަކަށް ފަހު ދައުރެއްގައި ބަޔަކު ވެރިކަން ކުރަމުން ދިއުމެވެ. ގެއްލުމާއި ހަލާކާއި ނިކަމެތިކަން އޮތީ ނިކަމެތި ރައްޔިތުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

06 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު