Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯދީގެ ދަތުރުފުޅު 2019

މޯދީގެ ދަތުރުފުޅުގައި ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ

7 ޖޫން 2019 | ހުކުރު 13:37

މޯދީއަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 7 ޖޫން 2019 | ހުކުރު 13:37
ފޮރިން މިނިސްޓްރީގައި ބޭއްވި ނޭޭސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފޮރިން މިނިސްޓްރީގައި ބޭއްވި ނޭޭސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފިއެވެ.

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަށްފަހު ޤައުމުންް ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު އެވެ.

Advertisement - newsAdvertisement

މޯދީގެ ދަތުރުފުޅާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ ދެ ޤައުމުގެ ދެެމެދުގައި ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، އެއީ ރާއްޖޭގައި ހިއުމަން ރިސޯސްގެ ވަސީލަތްތައް ތަރައްގީ ކުރުމަށްވެވޭ އެއްބަސްވުންތަކެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، ސިއްހީ ދާއިރާއިން ވެވޭ އެއްބަސްވުމަކާއި، ސިވިލް ސާވަންޓުންނަށް އަމާޒުކޮށް ބާއްވާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމާއި، އިޤްތިސާދީ ދާއިރާއިން ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމް އަދި ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ވައިޓް ޝިޕިންއާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމުގެ އިތުރުން ހައިޑްރޯގްރަފީ އާއި އިކޮނޮމީއާއި ބެހޭގޮތުން ސޮއިކުރެވޭ އެއްބަސްވުމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް އިތުރަށް ވިދާޅުވީ މޯދީގެ މިދަތުރުފުޅުގައި އިންޑިއާގެ އާ އެމްބަސީގެ ބިންގާ އެޅުމަށް ހަމަޖެހިފައިނުވާކަމަށެވެ. އެއީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެހެން ގައުމުތަކުގެ އެމްބަސީތަކަށް ވެސް ހުޅުމާލެއިން ބަދަލުކުރުމަށް ނިންމާފައިވުމުން އެކަމުގެ މަޝްވަރާތައް ކުރިއަށްދާތިކަމަށް ހަލީލް ވިދާޅުވި އެވެ.

އޭގެއިތުރުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މަޝްވަރާތަށް ކުރެވިފައިވާ ގޮތަށް ކަމަށް ހަލީލް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ. އަދި އެއަށްފަހު މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހަވީރު 4:00 ގައި ޖުމްހޫރީ މައިދާނުގައި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ލީޑަރުގެ ރަސްމީ މަޝްވަރާތަކަށް މޯދީ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހަށެވެ.

ދެ ޤައުމުގެ ލީޑަރުންގެ ޖޮއިންޓް ޕްރެސް ކޮންފަރެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކޮންފަރެންސްގެ ކުރިން، އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކުގެ އިތުރުން، ޅ. މާފިލާފުށީގައި ގާއިމުކުރި ސިފައިންގެ ކޮމްޕޮސިޓް ޓްރެއިނިންގ ސިސްޓަމް އިފްތިތާހު ކުރައްވާނެކަމަށް ފޮރިންގ މިނިސްޓްރީ ބުނެ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ވަޑައިގަންނަވާނީ އެއަށްފަހުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މަޤްރިބް ނަމާދަށްފަހުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މޯދީގެ ތަގުރީރެއް ދެއްވަން ހަމަޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ތަގްރީރް ކުރެއްވުމުގެ ފުރުސަތު ގައުމުތަކުން އަރުވަނީ، އެ ގައުމަކުން އެ މެހްމާނަކަށް ދެވޭނެ އެންމެ މަތީ ޝަރަފު އެރުވުމުގެ ގޮތުންނެވެ.

މޯދީގެ ދަތުރު ނިންމަވާލައްވަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ.

ފޮރިންގ މިނިސްޓްރީން ބުނީ މޯދީގެ މި ދަތުރުފުޅުގައި ރާއްޖޭގެ ބައެއް ސިޔާސީ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ނައިބު ރައީސް ފައިސް ނަސީމް އާއި ބައްދަލު ކުރައްވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
24 މާރިޗު 2017

ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

24 މާރިޗު 2017
ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
13 ފެބުރުއަރީ 2017

އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޕްރައިމަރީ އޮންނާނެ، ރައީސް ނަޝީދު ވާދަކުރައްވާނެ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް