Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި: އީސަ

ރަނގަޅު ހިދުމަތްތެއް ކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 7 ޖޫން 2019 | ހުކުރު 03:25
އީސަ މަޖިލީހުގެ ރައީސް ނަޝީދާއެކު

އީސަ މަޖިލީހުގެ ރައީސް ނަޝީދާއެކު

އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކޮޅަދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އީސަ ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން ނައިބު ލީޑަރަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކަކީ ވަރަށް ވާދަވެރި އަދި ޝައުގުވެރި އިންތިހާބުތަކެއް ކަން ފާހަގަކުރައްވަމުން އީސަ ވިދާޅުވި، އެމަގާމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ގެންގުޅުއްވަނީ ސަބަބު ތަކެއް ހުރެގެން ކަމަށެވެ.

އެ ސަބަބުތައް ބަޔާން ކުރައްވަމުން އޭނާ ވިދާޅުވީ، ސިޔާސީ ހަޔާތް ފެއްޓެވީ އެމްޑީޕީން ކަމަށާއި ހުރިހާ ހިދުމަތެއް ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށެެވެ. ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް ވިދާޅުވިއެވެ. އީސަ އަކީ 2013 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ.

ސަތާރަ ވަނަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ އީސަ ވިދާޅުވީ، ޕާލެމެންޓްރީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އައްޔަން ކުރުމުގެ ކުރިން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ މަސައްކަތް ފަށައިގަނެވޭނީ ގަވާއިދު އިސްލާހުވެގެން ކަމާށާއި ކުރިޔަށް އޮތް ހަފްތާ ތެރޭގައި މަޖިލީހުގެ ކޮމިޓީ އެކުލަވާލުމާއި ގަވާއިދުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަވާރާ ވަނަ މަޖިލީހުގައި މުޅިން އަލަށް ސަތާރަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތައް އަލިއަޅުވާލަމުން އީސަ ވިދާޅުވީ، އެމްޑީޕީން ޖުޑިޝަރީ އިސްލާހު ކުރާއިރު އެކަން ކުރަންވާނީ އިންސާފުވެރި ގޮތަށް ކަމަށެވެ. އަދި ރަނގަޅަށް އެކަން ދިރާސާކޮށް ބެލިގެން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަވަސް އަރުވާލައިގެން ޒާތީ ހަސަދަ ވެރިކަމެއްގައި ޖުޑިޝަރީ އިސްލާހު ކުރުމަށް ނިކުމެއްޖެނަމަ، ރައްޔިތުން ބޭނުންވާ އަދި އުއްމީދު ކުރާ ޖުޑިޝަރީ ލިބިގެންދާނެ ކަމަށް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އީސަ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފަދަމުންނެވެ. ވަކި ފަރާތަކަށް ބުރަވެގެން މައްސަލަތައް ނިންމަމުން ދާތީވެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު