Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިންޑިއާ

ކޮޗިންއާ ރާއްޖެއާ ދެމެދު ފެރީ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަނީ

7 ޖޫން 2019 | ހުކުރު 03:23

ދިރާސާތަކެއް ކުރެވެމުންދާ ކަމެއް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 7 ޖޫން 2019 | ހުކުރު 03:23
ކޮޗިންގެ ފެރީއެއް ފުރަން ތައްޔާރުވެފައި

ކޮޗިންގެ ފެރީއެއް ފުރަން ތައްޔާރުވެފައި

ރާއްޖެއާ އިންޑިއާގެ ޓެމިލްނާޑުގެ ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ކުޅުދުއްފުއްޓާއި ދެމެދު ފެރީގެ ހިދުމަތް ފެށުމުގެ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

Advertisement - newsAdvertisement

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން ސެކެރެޓަރީ ވިޖޭ ގޯކްލޭ ވިދާޅުވީ، ވައިގެ މަގުންނާއި ކަނޑުގެ މަގުން އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާއި ގުޅުވާލުމަކީ އަބަދުވެސް އިސްކަމެއްދެއްވާ ކަމެއް ކަމަށް ކަމަށާއި، އިންޑިއާ ރާއްޖެއާ ގުޅުވާލުމުގެ ޕްރޮޖެކްޓް ތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ކޮޗިނުން ރާއްޖެއަށް ފެރީގެ ހިދުމަތް ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެކަމާއި ބެހޭ ގޮތުން އިތުރު ދިރާސާތަކެއް ކުރެވެމުންދާ ކަން ފޮރިން ސެކެރެޓަރީ ފާހަގަ ކުރެއްވިއެވެ.

ވިޖޭ ވިދާޅުވީ، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކިޔަވާ ކުދިންނަށް ދަތުރުކުރެވޭ ގޮތަށް ސްޕީޑް ބޯޓުގެ ހިދުމަތް ދިނުމަށް އިތުރު ޕްރޮޖެކްޓްތައް ހޯދުމުގެ މަސައްކަތް އިންޑިއާ އިން ކުރަމުންދާ ކަމަށެވެ.

އިންޑިއާ އިން ވަނީ ދާދި ފަހުން މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ. އެ ފައިސާ އަކީ އިންޑިއާގެ ކުރީގެ އެކްސްޗާނަލް އެފެއާރސް މިނިސްޓަރު ޝުޝްމާ ސްވާރާޖް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ހިލޭ އެހީގެ ދަށުން ހަމަޖެހުނު 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ފައިސާ އެވެ.

ކޮޗިނުން ރާއްޖެއަށް ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާއިރު، ކޮޗިން އަކީ ދިވެހިން ބޭސް ފަރުވާ އަށާއި ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނައިން ދަތުރުކޮށް އުޅޭ ސިޓީއެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް