Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ

ޖަލްސާ އެ ގަނޑިއަށް ޝެޑިއުލް ކުރީ ބޮޑު ވަޒީރަށް އިތުރު ވަގުތެއް ނެތުމުން: އަމީން އާންމު

މޯދީ މަޖިލީހުގައި ތަގްރީރް ކުރައްވަނީ ހޮނިހިރު ދުވަހުގެ ރޭ 6:45 ގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 6 ޖޫން 2019 | ބުރާސްފަތި 10:39

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރައްވާ ޖަލްސާ 6.45 އަށް އެޖެންޑާ ކުރީ، ބޮޑު ވަޒީރަށް އެނޫން އިތުރު ވަގުތެއް ނުދެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.

މޯދީ ތަގްރީރް ކުރައްވާ ޖަލްސާ މަޢްރިބް ނަމާދާއި އިޝާނަމާދާއި ދެމެދަށް އަންނާތީވެ، ބައެއް ފަރާތްތަކުން ދަނީ މީސް މީޑިޔާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ޖަލްސާ އެ ގަނޑިއަށް އެޖެންޑާކުރީ ކީއްވެގެންތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން އަމީން އާންމު ވިދާޅުވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގްރީރް ކުރައްވާ ޖަލްސާ ، އެ ގަނޑިއަށް އެޖެންޑާ ކުރީ ، މޯދީގެ ޝެޑިއުލް ބިޒީ ކަމުން އިތުރު އެހެން ވަގުތެއް ނުލިބުމުގެ ސަބަބަން ކަމަށެވެ.

މޯދީ މަޖިލީހުގައި ތަގްރީރް ކުރައްވާ ޖަލްސާ ކުރިން އެޖެންޑާކޮށްފައިވާ ހޮނިހިރު ދުވަހުގެ ރޭ 8.45 ށެވެ. ޖޫން މަހުގެ ދެވަނަ ދުވަހު މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުޝާ ވިދާޅުވެފައިވަނީ މޯދީ މަޖިލިސްގައި ތަގްރީރްކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8.45 ގައި ކަމަށެވެ.

މޯދީ ތަގްރީރް ކުރައްވާ ޖަލްސާ ބޮއިކޮޓް ކުރައްވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވަނީ ވިދާޅުވެފައެވެ. ޓޮމް އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ވަނީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރެއްވުމަށް ފެންނަ ކަމަށް ނެގި ވޯޓުގައި ވެސް ބައިވެރިވަޑައިނުގަންނަވާ ކަމަށާއި، އަދި އެ ޖަލްސާގައި މޯދީ ސްޕީޗް ދިނުމުގެ ކުރިން ޖަލްސާ ދޫކޮށް ނިކުމެވަޑައިގަންނަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު