Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްރިޔަންކާ ޗޯޕްރާ ޖޯނަސް

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ދެ މީހުން ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 6 ޖޫން 2019 | ބުރާސްފަތި 08:15
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް

ފިރިމީހާ، ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާގެ އުމުރުގެ ތަފާތު ބޮޑުވުމުން ގިނަ ބަޔަކު އަދިވެސް ފާޑުކިޔާ ކިޔާ ކަމަށް އޭނާ ބުނެފިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރި ޕްރިޔަންކާ އާއި ނިކްގެ ދެމެދުގައި 10 އަހަރުގެ ތަފާތެއް ވެއެވެ.

އެމެރިކާގެ "އިންސްޓައިލް" މެގަޒިން އަށް ދާދި ފަހުން ދިން އިންޓަވިއުއްގައި 36 އަހަރުގެ ޕްރިޔަންކާ ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ޕްރިޔަންކާ ބުނީ އަނބިމީހާ އަށް ވުރެ ފިރިމީހާ އުމުރުން ދޮށީވުން އެއީ މައްސަލައަކަށް ނުވާ އިރު އެކަން ގިނަ ބަޔަކަށް ކަމު ވެސް ދާ ކަމަށެވެ.

ކައިވެނި ކުރި ދުވަސް ކޮޅު ވެސް އެ ދެ މީހުންގެ ކައިވެންޏާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ފެތުރުނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ދެކެވުނު ބައެއް ވާހަކަތަކަށް ޕްރިޔަންކާ ކޮމެންޓް ވެސް ކޮށްފައި ވެއެވެ. އެ ގޮތުން އޭނާ ކުރި ކޮމެންޓެއްގައި އެ ކައިވެންޏަކީ ހަގީގަތެއްތޯ ނުވަތަ ކުޅޭ ޑްރާމާއެއްތޯ ސުވާލުކޮށްފައި ވެއެވެ. އެ ކޮމެންޓާ ގުޅިގެން އާއިލާ މީހުން އޭނާ ދެކެ ވަރަށް ރުޅި ވެސް އައިކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް ޕްރިޔަންކާ ބޭނުމެއް ނުވިއެވެ. އޭނާ ބުނީ އެކަހަލަ ކަންކަމަށް ކޮމެންޓް ކުރުމުން އެކަންތައް މުހިއްމު ވެގެންދާކަމަށެވެ.

މިހާރު އެ އާޓިކަލް ބަދަލުކޮށް، ލިޔުނު ފަރާތުން ވަނީ ޕްރިޔަންކާ ގާތުން މާފަށް އެދިފައެވެ.

އަދި ދެ މީހުންގެ ކައިވެނީގެ ދުވަހުގެ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރުމުގައި އޭނާ އޯވަރވެފައިވާ ކަމަށް ބުނާ ފަރާތްތަކަށް ރައްދުދެމުން ޕްރިޔަންކާ އަހާފައިވަނީ، "އަހަރެންނަކީ މަޝްހޫރު މީހެއް ނޫންނަމަ، އަހަރެންގެ ކައިވެނީގެ ފޮޓޯތައް އަހަރެންގެ އިންސްޓަގްރާމްގައި ޝެއާ ނުކުރާނެތަ؟" މިހެންނެވެ.

ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ ޕްރައިވެސީގެ ހައްގު، އުޅެންޖެހިފައިވާ ދާއިރާގެ ސަބަބުން ދޫކޮށްލާފައިވާކަން ފާހަގަކުރަމުން، ޕްރިޔަންކާ ބުނީ އެހެން ނަމަވެސް ހިއްސާ ނުކުރާ "ބައިވަރު ކަންތައްތައް ހުންނާނެ" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު