Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތީގެ މައްސަލައިގެ ތަހުޤީޤުގައި ހިމެނޭ ފުލުހުންގެ އަމަލުތަކުގައި ސުވާލުއުފެދޭ ކަންކަން އެބަހުރި: ކްރިމިނަލް ކޯޓް

ދެ އަމުރުގައިވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން ފުރިހަމަނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޖޫން 2019 | ބުދަ 18:53
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ހުޅުމާލެ އިން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަންކަން އެބަ ހުރި ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އެ ދެ މީހުން ކޯޓުން ދޫކޮށްލާފައި ވަނިކޮށް، އެހެން ކޯޓު އަމުރެއްގެ ދަށުން, އެ ދެ މީހުން އަނެއްކާ ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން ބުދަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ހައްޔަރު ކުރެވުނު ދެމީހުންގެ ތެރެއިން 25 އަހަރުގެ ފިރިހެންމީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރިފައިވާ އަމުރެއްގެ ދަށުން ހައްޔަރުކޮށް، އެ ކޯޓުގެ ތައްގަނޑު ޖަހާފައިވާ އަމުރެއް ކްރިމިނަލް ކޯޓަށް ހުށައެޅި ނަމަވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރާއި، އޭނާ އުޅޭތަން ބަލައި ފާސް ކުރުމުގެ އަމުރުގައިވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން ފުރިހަމަނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރުގައި ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރުގައިވެސް އެ މައުލޫމާތުތައް ހިމަނަންޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ދެ އަމުރުގައިވެސް އަމުުރު ނެރުއްވި ފަނޑިޔާރުގެ ނަން ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެއާ ގުޅިގެން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލާފައިވާއިރު، ކްރިމިނަލް ކޯޓުގެ ބަޔާނުގައި އިތުރަށް ބުނީ، އެ މައްސަލާގައި ހިމެނޭ 2 މީހުންގެ ތެރެއިން 52 އަހަރުގެ އަންހެން މީހާއަކީ ތުހުމަތެއް ނެތި ހައްޔަރު ކުރެވުނު މީހެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުންވެސް ބުނެފައިވާ ކަމަށާއި، އޭނާ ހައްޔަރު ކޮށްފައިވަނީ އެ މައްސަލާގައި ދެން ހައްޔަރު ކުރެވުނު އޭނާގެ ދަރިފުޅު މަސްތުވާތަކެއްޗަށް ޒިންމާ ނުނެގުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ "ބެންޒޯ" އަށް ޕޮޒިޓިވް ވެފައިވަނީ އެއީ ނަފްސާނީ ބައްޔަކަށް ބޭސްކުރާ ފަރާތަކަށް ވުމުން ކަމަށާއި އެއާ ގުޅޭ ލިއެކިއުންތައްވެސް ހުރިކަމަށް ފުލުހުން ބުނެފައިވާއިރު، މަޖުބޫރުކޮށްގެން ޤާނޫނަށް ޚިލާފަށް ހެކި ހޯދުމަކީ މަނާ ކަމެއް ކަމަށާއި، އެފަދައިން ހޯދާ ހެކި ޝަރީއަތަށް ބަލައިގަތުންވެސް ފަނޑިޔާރުންނަށް ޤާނޫނުން މަނާކޮށްފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުން އިތުރަށް ބުނީ، ފުރަތަމަ މަރުހަލާގެ ކޯޓަކުން މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާ ގޮތް ޤާނޫނާ ޚިލާފު ކަމަށް ޤަބޫލު ކުރެވުނު ކަމުގައިވިޔަސް އެއަށްވުރެ މަތީ ކޯޓެއްގައި އެކަން އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އިތުރު އަމުރުތަކެއް ނެރި އެ ދެ ފަރާތް އަލުން ހައްޔަރުކޮށްފައި ވުމަކީ ޤާނޫނީ ގޮތުން އުފެދިފައިވާ ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު ގެއްލިގެންދާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދެވަނަ ފަހަރަށް އެމީހުން ހައްޔަރުކޮށްގެން ބުދަ ދުވަހު މުއްދަތު ޖަހަން ހުލުމާލޭ ކޯޓަށް ގެންދިއުމުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އެގޮތުން ހުޅުމާލޭ ކޯޓުން ބުނެފައިވަނީ ފުލުހުން އެދެމީހުންގެ ބަންދުގެ މުއްދަތު ޖަހަން އައީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 8 ވަނަ މާއްދާގެ (ހ) ފުރިހަމަ ނުކޮށް ކަމަށެވެ. އެމާއްދާގައި ވާގޮތުން ތަހުގީގުކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ފަރާތް ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ ގާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއިއެކު ބަދަލުގައި އެ އިދާރާގެ އެހެން ފަރާތެއް ކޯޓަށް ހާޒިރު ކުރެވިދާނެކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދެވަނަ ފަހަރަށް އެ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ބުދަ ދުވަހު ދަންވަރު ވަގުތެއްގައި ކަމަށާއި، އޭރު ފޯމު ތަކުގައި ސޮއިކޮށްފައިވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރ ކަމަށެވެ. އަދި ޑިއުޓީގައި އެވަގުތު ހުރި އޮފިސަރ އެ ކޭސްއަށް އެޓެންޑް ވީ ނަމަވެސް އާންމުކޮށް ކޭސް އިންވެސްޓިގޭޓަރަކު ހަމަޖައްސަނީ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ކޯޓަށް ގެންދިއުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބުދަ ދުވަހު އެމީހުން ކޯޓަށް ގެންގޮސްފައިވަނީ އެ ކޭސްގެ އިންވެސްޓިގޭޓަރ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ދަންވަރު ޑިއުޓީގައި ހުރި އޮފިސަރާއި، ކޭސްއާ ހަވާލުވި އޮފިސަރަކީވެސް އެ މަރުހަލާގައި އެ މަސައްކަތްތައް ކުރުމުގެ ހުއްދަ އޮންނަ ދެ އޮފިސަރުންކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލާގައި ފުލުހުން އަމަލުކުރާ ގޮތާމެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާއިރު، ފުލުހުން އިތުރަށް ބުނީ، އެއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އަބަދުވެސް އަމަލުކުރާ ގޮތް ކަމަށާއި، މިހާތަނަށް އެފަދަ އިޖުރާއީ މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި އެއީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި މީގެ ކުރިން ކޯޓަކުން ފާހަގަކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު