Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި ރޮސީ

ޑި ރޮސީ ހޯދުމަށް އާސެނަލްއިން މަސައްކަތް ފަށައިފި

4 ޖޫން 2019 | އަންގާރަ 14:05

މި ސީޒަނަށްފަހު ރޯމާ ދޫކޮށްލާނެކަން ޑި ރޮސީ ވަނީ އިއުލާންކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 4 ޖޫން 2019 | އަންގާރަ 14:05
ޑެނިއަލް ޑި ރޮސީ

ޑެނިއަލް ޑި ރޮސީ

ރޯމާއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފިލްޑަރ ޑެނިއަލް ޑި ރޮސީ ހޯދުމަށް އާސެނަލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް، އާސެނަލްއިން އަންނަނީ އެ ކްލަބް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކްލަބުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް، ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިން ތެރޭގައި ޑި ރޮސީވެސް ހިމެނޭ ކަމަށެވެ.

އާސެނަލްގެ އިރުން ލިވަޕޫލުންވެސް އަންނަނީ ޑި ރޮސީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މި ސީޒަނަށްފަހު ރޯމާ ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ ޑި ރޮސީ ކުރިޔަށް އޮތް ސީޒަނުގައި ކުޅޭނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އޭނާ ބަދަލުވުން ގާތީ ޕްރިމިއާ ލީގަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޯމާއާ 2001 ވަނަ އަހަރުގެ ސީޒަނުގައި ގުޅުނު ޑި ރޮސީ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 614 މެޗުގައި 63 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ރޯމާއާއެކު ކޮޕައިޓަލިއާ ދެފަހަރު ކާމިޔާބު ކޮށްފައިވާ ޑި ރޮސީ ވަނީ އެ ކްލަބާއެކު އިޓާލިއަން ސުޕަކަޕްވެސް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު 2006 ވަނަ އަހަރު އަދި އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2009 ވަނަ އަހަރު ހޯދާފައެވެ.

އިޓަލީ ގައުމީ ޓީމާއެކު 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބު ކޮށްފައިވާ ޑި ރޮސީ ވަނީ 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް އިޓަލީއާއެކު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 117 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް