Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުޑީޝަލް ސަރވިސް ކަމިޝަން

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ރައީސް ނަޝީދަށް ހުކުމް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 2 ޖޫން 2019 | އާދީއްތަ 16:16
ފަނޑިޔާރު އަބްދުﷲ ދީދީ - އޭނާ މީގެކުރިން ދަށު ކޯޓުތަކުގެ ގާޒީކަންވެސް ކުރެއްވި

ފަނޑިޔާރު އަބްދުﷲ ދީދީ - އޭނާ މީގެކުރިން ދަށު ކޯޓުތަކުގެ ގާޒީކަންވެސް ކުރެއްވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް 13 އަހަރުގެ ހުކުމްކުރުމަށް އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ މައްސަލަކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބައްލަވައި އެޖެންޑާކޮށް ދިނުމަށް އެދި ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އާދީއްތަ ދުވަހު އެކޮމިޝަނަށް ފޮނުއްވި ސިޓީއަކުންނެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި އެސިޓީގައި ވަނީ ސިޔާސީ ބޭފުޅަކަށް ހުކުމް ކުރެއްވުމަށް އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ސުލޫކީ މައްސަލައެވެ.

ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އަނބިކަނބަލުންގެ އެކައުންޓަށެވެ. އަދި ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރެއްވިއިރު އެފައިސާ ދީފައިވަނީ ކޮން ފަރާތަކުން ކަމެއް ސާފުވާކަށެއް ނެތެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރިއެވެ. އެހެން ނަމަވެސް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓެއްގައިކަމުން އެ މައްސަލަ އިތުރަށް އެ ކޮމިޝަނަށް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. އަދި އެ މުއާމަލާތްތަކުގެ އިތުރު މައުލޫމާތުތައްވެސް އެ ކޮމިޝަނަށް ހޯދިފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގައި ހުޅުވާފައި ހުރި ޑޮލަރު އެކައުންޓަކަށެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވި ފަނޑިޔާރަކީ ވެސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރައީސް ނަޝީދަށް 13 އަހަަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ހިލާފަށް ފަނޑިޔާރަކު ހިފާ ހައްޔަރު ކުރުމުގެ ތުހުމަތުގައެވެ. އެ ހުކުމް ބާތިލް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު 26 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި މިހާރު ހުންނެވި އަބްދުﷲ ދީދީ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވީ 2015 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު