Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މާޒިޔާ ކުޅުންތެރިން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފި

1 ޖޫން 2019 | ހޮނިހިރު 14:55

މާޒިޔާ ސައުދީއަށް ދިޔައީ ތަމްރީން ދަތުރެއްގައި

ލީވާން އަލީ
ލީވާން އަލީ | 1 ޖޫން 2019 | ހޮނިހިރު 14:55
މާޒިޔާ ސައުދީގައި

މާޒިޔާ ސައުދީގައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނާއި، އޮފިޝަލުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާގައި ތަމްރީންތައް ފުރިހަމަކުރަމުން އަންނަ މާޒިޔާގެ ފުޓުބޯޅަ ޓީމުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ ހޮނިހިރު ދުވަހުއެވެ.

Advertisement - newsAdvertisement

އެފްއޭއެމުން ހަމަޖައްސަދިން މި ތަމްރީން ދަތުރުގައި މާޒިޔާގެ 19 ކުޅުންތެރިންނާއި، 11 އޮފިޝަލުން ބައިވެރިވާއިރު، އެ ހުރިހާ އެންމެން ވެސް ވަނީ އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާޒިޔާއިން ތަމްރީން ދަތުރަށް ފުރާފައިވާއިރު، އެ ކްލަބުން ދެ ރަހުމަތްތެރިކަމުގެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީމު ރާއްޖެއަށް އަނބުރާ އައުމަށް ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ.

އެފްއޭއެމުން މާޒިޔާއަށް މި ތަމްރީން ދަތުރު ހަމަޖައްސަދިނީ، މިއަހަރުގެ އޭއެފްސީ ކަޕުން އެޓީމަށް ޖާގަ ގެއްލުމުންނެވެ. އެޓީމުގެ އިތުރުން މާޒިޔާގެ އިތުރުން އޭއެފްސީ ކަޕުން ޖާގަ ގެއްލުނު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ބޭރު ގައުމެއްގައި ތަމްރީން ހެދުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހަމަޖައްސަދީފައެވެ. ނަމަވެސް ޓީސީ ފުރާނީ ޖުލައި މަހު ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ރަނގަޅަށް ދުރާލާ ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ ދާދި ފަހުން އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތަކެއް ވެސް ފުރިހަމަކޮށްފައެވެ.

މާޒިޔާ އިން ވަނީ އެ ޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީ ގެނައުމުގެ އިތުރުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ.

އެގޮތުން ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އެ ކްލަބުން ވަނީ ގެނެސްފައެވެ. އަދި އެ ކްލަބަށް އަފްޣާނިސްތާނުގެ ގައުމީ ކީޕަރ އަޒީޒީ ވެސް ވަނީ ގެނެސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

20 ޖުލައި 2019

ރަށް ގިރުމުގެ މައްސަލަ: ގެސްޓްހައުސް ވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރުކުރޭ: މަތިވެރި ކައުންސިލް

20 ޖުލައި 2019
ރަށް ގިރުމުގެ މައްސަލަ: ގެސްޓްހައުސް ވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރުކުރޭ: މަތިވެރި ކައުންސިލް
02 އެޕްރީލު 2019

މަތިވެރި ގެސްޓްހައުސްއަކުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

02 އެޕްރީލު 2019
މަތިވެރި ގެސްޓްހައުސްއަކުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
10 ނޮވެމްބަރު 2018

އިންތިޚާބީ ރައީސް ސޯލިހު އުމްރާގެ އަޅުކަން އަދާ ކުރައްވައިފި

10 ނޮވެމްބަރު 2018
އިންތިޚާބީ ރައީސް ސޯލިހު އުމްރާގެ އަޅުކަން އަދާ ކުރައްވައިފި
16 އޯގަސްޓު 2018

މަތިވެރިން 75 ޕަސެންޓް ވޯޓުން ރައީސް ޔާމީން ބަލިކުރާނަން: އާތިފް

16 އޯގަސްޓު 2018
މަތިވެރިން 75 ޕަސެންޓް ވޯޓުން ރައީސް ޔާމީން ބަލިކުރާނަން: އާތިފް
16 އޯގަސްޓު 2018

ކޯލިޝަންގެ ޖަލްސާއަށް މަތިވެރި ތައްޔާރުވެފައި

16 އޯގަސްޓު 2018
ކޯލިޝަންގެ ޖަލްސާއަށް މަތިވެރި ތައްޔާރުވެފައި
20 ޖުލައި 2018

ސިއްހަތާއި ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަވަސްވެ ގަންނަންޖެހޭ: ޚުތުބާ

20 ޖުލައި 2018
ސިއްހަތާއި ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ހައްޖުގެ އަޅުކަން އަދާ ކުރުމަށް އަވަސްވެ ގަންނަންޖެހޭ: ޚުތުބާ
09 ޖުލައި 2018

ޝަރުތަކާއި ނުލައި ރަނިންގމޭޓްކަން ޤަބޫލުކުރީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިވެރިކަމުން: ޑރ. ޝަހީމް

09 ޖުލައި 2018
ޝަރުތަކާއި ނުލައި ރަނިންގމޭޓްކަން ޤަބޫލުކުރީ ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިވެރިކަމުން: ޑރ. ޝަހީމް
29 އެޕްރީލު 2017

މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

29 އެޕްރީލު 2017
މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް