Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޭޝްޓަން ކުޗަރ

ކުރީގެ ލޯބިވެރިޔާ މަރާލި މައްސަލައިގެ ޝަރީއަތުގައި އޭޝްޓަން ކުޗަރ ހެކިބަސް ދީފި

މިއީ 2001 ވަނަ ހިނގާފައިވާ މި މައްސަލައިގައި އޭޝްޓަން އެއްޗެއް ބުނެފައިވާ ފުރަތަމަ ފަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 30 މެއި 2019 | ބުރާސްފަތި 07:28
އޭޝްޓަން ކުޗަރ ކޯޓުގައި ހެކިބަސް ދެނީ

އޭޝްޓަން ކުޗަރ ކޯޓުގައި ހެކިބަސް ދެނީ

އެމެރިކާގެ މަޝްހޫރު ފިލްމީ އަދި ޓީވީ ތަރި، އޭޝްޓަން ކުޗަރ އޭނާގެ ކުރީގެ ލޯބިވެރިޔާ މަރާލި މީހާގެ ޝަރީއަތުގައި ހެކި ބަސް ދީފިއެވެ.

މިއީ 2001 ވަނަ ހިނގާފައިވާ މި މައްސަލައިގައި އޭޝްޓަން އެއްޗެއް ބުނެފައިވާ ފުރަތަމަ ފަހަރެވެ.

މައިކަލް ގާރގޫލިއޯ، ނުވަތަ "ދަ ހޮލީވުޑް ރިޕަރ"ގެ މައްޗަށް ތިން އަންހެނުން މަރާފައިވާ ކަމަށް ދައުވާކޮށްފައިވާއިރު، އޭގެ ތެރޭގައި އޭޝްޓަންގެ ކުރީގެ ލޯބިވެރިއެއް ކަމަށްވާ އޭޝްލީ އެލެރިން ހިމެނެއެވެ. އޭޝްލީ މަރާލާފައިވަނީ 2001 ވަނަ އަހަރެވެ. އޭރު އޭނާގެ އުމުރުން 22 އަހަރެވެ.

މައިކަލް ހައްޔަރު ކުރެވުނީ 2008 ވަނަ އަހަރުގެ ޖޫން މަހެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް ފަށާފައިވަނީ މި މަހުގެ ކުރީ ކޮޅެވެ. އަދި ލޮސް އެންޖެލެސްގައި ކުރިއަށްދާ މި ޝަރީއަތުގައި، އެ ސިޓީގެ ޕްރޮސެކިއުޓަރުންގެ ފަރާތްތަކުން އެދެނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށެވެ.

މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑު އެހުމުގައި އޭޝްޓަން ހެކި ބަސް ދީފައިވާ ގޮތުން، އޭނާއާ އޭޝްލީ ދިމާވި އެ ހާދިސާގެ ދެ މަސް ކުރިންނެވެ.

އަދި އޭނާ މަރާލެވުނު ދުވަހުގެ ރޭ ވެސް އޭނާއާ ބައްދަލުވާން ހަމަޖެހިފައިވާ ކަމަށާއި، ދެ މީހުން ދާން އުޅުނީ ގްރެމީ އެވޯޑްސްގެ ޕްރޮވިއު ޕާޓީއަކަށް ކަމަށް އޭޝްޓަން ބުންޏެވެ. އަދި އޭޝްލީ އެކުވެރިއެއްގެ ގެއިން އޭނާއަށް ގުޅާ، މައްސަލައެއް ނެތް ކަމަށް ބުނި ކަމަށް އޭޝްޓަން ބުންޏެވެ.

އަދި ޕާޓީއަށް ދާން ފަހު އޭޝްލީގެ ގެއަށް ދިއުމަށް އޭނާއަށް ގުޅާ ގުޅާ ފޯނަށް ޖަވާބު ނުދޭކަން އޭޝްޓަން ފާހަގަ ކުރިއެވެ. ޑޭޓް ކުރުމުގެ ކުރީ ކޮޅު ވީމަ މާ ގިނައިން ގުޅަން ބޭނުން ނުވި ކަމަށާއި، ފޯނަށް ޖަވާބު ނުދިއުމުން އޭނާގެ ގެއަށް ދިޔަ ކަމަށް އޭޝްޓަން ކިޔައިދިނެވެ. އަދި ގޭގެ ބޮކިތައް ދިއްލާފައި ހުރި ނަމަވެސް، އެއްވެސް މީހެއް ޖަވާބު ނުދޭކަން އޭނާ ފާހަގަ ކުރިއެވެ.

މީގެ އިތުރުން، ކުޑަ ދޮރުން ގޭގެ އެތެރެ ކުޑަކޮށް ފެނުނު ކަމަށާއި، ގޭތެރެ ވަރަށް ހަޑިކޮށް އޮތްތަން ފެނުނު ކަމަށް އޭޝްޓަން ކިޔައި ދިނެވެ. އަދި ކާޕެޓްގައި ރަތް ކުލައިގެ ލަފެއް ހުރިތަން ވެސް ފެނުނު ކަމަށާއި، ނަމަވެސް ގެ އެހެން އޮތީ އޭޝްލީ އާއި ރޫމްމޭޓް އެ ގެއަށް ބަދަލުވިތާ މާ ދުވަސް ނުވާތީ ކަމަށް ހީކޮށް، އޭޝްޓަން އެ ތަނުން ދިޔައެވެ.

އަދި އޭޝްލީ މަރާލާފައިވާކަން އެނގުނު ހިސާބުން އެ ގޭގެ ދޮރުގައި އޭނާގެ ފިންގަރޕްރިންޓް ހުރެދާނެތީ ހާސްވި ކަމަށާއި، އެހެންކަމުން ފުލުހުންނަށް ހުރިހާ އެއްޗެއް ކިޔައި ދީފައިވާ ކަމަށް ވެސް އޭޝްޓަން ބުންޏެވެ. އަދި އޭނާ އަކީ ސަސްޕެކްޓެއް ނޫން ކަމަށް ފުލުހުން ބުނެފައިވާކަން ވެސް އޭޝްޓަން ފާހަގަ ކުރިއެވެ.

އޭޝްލީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ރޫމްމޭޓް އަށެވެ. އޭނާ ގަޔަށް 47 ފަހަރު ވަޅި ހަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭޝްލީގެ އިތުރުން "ދަ ހޮލީވުޑް ރިޕަރ" މަރާލާފައި އަންހެނުންގެ ތެރޭގައި 32 އަހަރުގެ މަރިއްޔާ ބްރޫނޯ ހިމެނެއެވެ. އަދި 1993 ވަނަ އަހަރު މަރާލައިފައިވާ ޓްރީޝާ ޕަކާޗިއޯގެ މަރުގެ ދައުވާ ވެސް އޭނާއަށް ވަނީ ކޮށްފައެވެ.

މައިކަލް އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ސެންޓަ މޮނިކާގައި ދިރިއުޅޭ މިޝޭލް މަރފީއަށް ހަމަލާދެނިކޮށް، އޭނާއަށް ސަލާމަތްވެވުމުންނެވެ. އަދި މިޝޭލްގެ ކަރުން ނެގި ޑީއެންއޭ ސާމްޕަލްއަކާ މައިކަލްގެ ޑީއެންއޭ ސާމްޕަލްއާ ދިމާވުމުންނެވެ.

މައިކަލް ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2018

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

07 މާރިޗު 2018
ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ
15 ޖެނުއަރީ 2018

ކަރީނާގެ ހަށިގަނޑު ކުރީގެ ޝޭޕަށް

15 ޖެނުއަރީ 2018
ކަރީނާގެ ހަށިގަނޑު ކުރީގެ ޝޭޕަށް
05 ޑިސެމްބަރު 2017

ޓިއެސްޓޯއާއި އޭނާގެ ލޯބިވެރިޔާ އެންގޭޖްވީ ރާއްޖޭގައި

05 ޑިސެމްބަރު 2017
ޓިއެސްޓޯއާއި އޭނާގެ ލޯބިވެރިޔާ އެންގޭޖްވީ ރާއްޖޭގައި
04 ޑިސެމްބަރު 2017

ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ

04 ޑިސެމްބަރު 2017
ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު