Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އޭނާ ހުން އައިސްގެން އުޅޭތާ ދެ ދުވަސް ވެއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2019 | ހޯމަ 05:50
ރ ދުވާފަރު

ރ ދުވާފަރު

ރ. ދުވާފަރުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބަނގްލަދޭޝް ރައްޔިތަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލުގެ މެމްބަރު މުހައްމަދު ޖަމީލް ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނުނު ކަމުގެ ޚަބަރު ކައުންސިލަށް ލިބިފައިވަނީ އާދިއްތަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އޭނާ މަސައްކަތް ކުރަމުން ދިޔައީ ޤަވާއިދާ ޚިލާފަށް ކަމަށް ކައުންސިލަށް ވެސް އެނގިފައި ނުވާ ކަމަށެވެ. އެގޮތުން އޭނާ މަސައްކަތް ކުރަމުންދިޔައީ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި ކަމަށާއި، އެ އޭނާއަކީ އެ ކުންފުނީގައި އިސްކޮށް އުޅޭ އެހެން ބިދޭސީއަކު ގެނައި މީހެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

އޭގެ އިތުރުން، މަރުވި ބަނގްލަދޭޝް މީހާ ހުން އައިސް މޭގަރިއްސާތީ އުޅޭތާ ދެ ދުވަސް ވެފައިވާ ކަމަށާއި، ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް ދެކޮޅު ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފަހުން ޑޮކްޓަރަށް ދެއްކުމަށް އެއްބަސްވި ކަމަށާއި، މަރުވެފައިވަނީ އަރާމުކޮށްލުމަށް ފަހު ޑޮކްޓަރަށް ދެއްކުމަށް ދާނެ ކަމަށް ބުނެފައިވަނިކޮށް ކަމަށް އޭނާއާ އެކު ގޭގައި އުޅުނު ބިދޭސީން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުން ވެސް ތަޙުޤީޤު ކުރަމުންދާއިރު، އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށުގައި ގިނަ އަދަދަކަށް އުޅޭ ކަމުގެ ޝަކުވާތަށް ގިނަވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން ޖަމީލް ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބެލުމާއި އެފަދަ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރިން ކުރީ އަތޮޅު ކައުންސިލުން ކަމަށާއި، ނަމަވެސް އެކަމަށް ކައުންސިލުން ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކައުންސިލުގެ ބަޖެޓުން އެކަން ކުރަން ދަތިވާ ކަމަށާއި، ނަމަވެސް އެ މަސައްކަތް އަލުން ފެށުމުގެ މަޝްވަރާތަށް ސަރުކާރާ އެކު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި 1،44,607 ބިދޭސީން އުޅެއެވެ. އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ 63،000 ބިދޭސީން ރާއްޖޭގައި މިވަގުތު ތިބި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު