Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެތައް އަހަރެއްވީ ގަލުގެ ފާރެއް ކަނޑު އަޑިން

އެތައް ހާސް އަހަރެއްވީ، ގޮތް ނޭނގޭ ގަލުގެ ފާރެއް ކަނޑުގެ 21 މީޓަރު އަޑީގައި!

ކަނޑުގެ ލޮނުގަނޑު އުފުލިފައި އޮތް އޮތުމުގެ ސަބަބުން، އެ ފާރަށް އެންމެ މަދުވެގެންވެސް 8500 އަހަރު ވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 މާރިޗު 2024 | ހޮނިހިރު 00:41
މިހާތަނަށް އެއްކުރެވިފައި ހުރި މަޢުލުމާތަށް ބަލާއިރު، މި ފާރަކީ ފުއްލާ ޝިކާރަ ކުރުމުގެ ބޭނުމަށް ރާނާފައި ހުރި ފާރެއް ކަމަށް ޤަބޫލު ކުރެވޭ ހެކިތަކެއް އެބަ ހުރި

މިހާތަނަށް އެއްކުރެވިފައި ހުރި މަޢުލުމާތަށް ބަލާއިރު، މި ފާރަކީ ފުއްލާ ޝިކާރަ ކުރުމުގެ ބޭނުމަށް ރާނާފައި ހުރި ފާރެއް ކަމަށް ޤަބޫލު ކުރެވޭ ހެކިތަކެއް އެބަ ހުރި

ތާރީޚީ އަދި އާޘާރީ ބިނާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ޝަޢުޤު ދަމައިގަންނަ ތަންތަނާއި ތަކެއްޗެވެ. މިފަދަ ބައެއް ތަންތަނާއި ތަކެއްޗަކީ އަދުގެ ދުނިޔެވީ މިންގަނޑުތަކުން އަގުވެސް ނުކުރެވޭ ވަރުގެ ތަންތަނާއި ތަކެއްޗެވެ. މި ހުރިހާ ތަންތަނަކާއި ތަކެއްޗެއްގެ ތެރެއިންވެސް، އެތައް ހާސް އަހަރެއްވީ ތަންތަނާއި ތަކެއްޗަށް ހުއްޓޭ ސަމާލުކަން ވަކިން ބޮޑެވެ. އެކަން އޮންނާނީވެސް އެހެންތާއެވެ. ސެހެރީ ދިގު ނުކޮށް، ސީދާ މަޢުލޫއަށް ޖެހިލާނަމެވެ. ދައްކަން މި އުޅެނީ ބޯލްޓިކް ކަނޑުގެ ސަރަޙައްދުން ފެނުނު، އެތައް ހާސް އަހަރެއް ވީ ޤަދީމީ ފާރެއްގެ ވާހަކައެވެ.

ޖަރުމަނުވިލާތުގެ އިރުއުތުރު އައްސޭރިފަށުގެ މަދު ކިލޯމީޓަރުކޮޅެއް ބޭރުން، ބޯލްޓިކް ކަނޑުގެ 21 މީޓަރު އަޑިން ފެނުނު ފާރަކީ ގަލުން ރާނާފައި ހުރި ފާރެކެވެ. އެ ފާރަކީ 11000 އެއްހަ އަހަރު ވެފައި ވާ ފާރެއް ކަމަށް، ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބޯލްޓިކް ކަނޑަކީ އިރުމަތީ ޔޫރަޕްގެ ޤައުމުތަކެއްގެ އައްސޭރިފަށާ ގުޅިފައި އޮންނަ ކަނޑެކެވެ.

ބޯލްޓިކް ކަނޑުގެ އެތައް މީޓަރެއް އަޑީގައި، ގަލުން ރާނަފައި ހުރި އެ ފާރު އެންމެ ފުރަތަމަ ފެނުނީ ޖިއޮލޮޖިސްޓެއް ކަމަށް ވާ ޖޭކަބް ގިއަރސެންއަށެވެ. ޖިއޮލޮޖިސްޓުންނަކީ ދުނިޔޭގެ ޤުދުރަތީ ވެށީގެ ތާރީޚާއި އެ ޢިލްމުގެ ސައެންސްގެ ދާއިރާގެ ތަޖުރިބާކާރުންނެވެ. ގިއަރސެންއަށް މި ފާރު އެންމެ ފުރަތަމަ ފެނުނު ކަމަށް ވަނީ ތަމްރީނު ހޯދުމުގެ މަޤްޞަދުގައި، ޔުނިވަރސިޓީ އޮފް ކީލްގެ ދަރިވަރުންތަކެއް ގޮވައިގެން، ކަނޑު އަޑީ ސަތަހައިގެ ސަރވޭތަކެއް ހަދަމުން ދިޔަ ދިއުމުގެ ތެރޭގައެވެ.

އޭގެ އަހަރެއް ފަހެވެ. ވިލާތުގެ ރިސޯޓް ރަށެއް ކަމަށް ވާ ރެރިކްގެ އައްސޭރިފަށުން 10 ވަރަކަށް ކިލޯމީޓަރު ދުރުން ފެނުނު ފާރު ހުރި ސަރަޙައްދަށް ގިއަރސަން ފީނައިގަތީ ދިރާސާ ކުރުމަށް ޚާއްޞަ ޑައިވަރުންނާއި، ޔުނިވަރސިޓީ އޮފް ރޮސްޓޮކްގެ، ޤަދީމީ ތާރީޚުގެ ޢިލްމަށް ޚާއްޞަ ދިރާސާ ޓީމެއް ގޮވައިގެނެންވެ.

އެކޯ ސައުންޑިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ތާރީޚުގެ އެކި ދުވަސްވަރު އެ ސަރަޙައްދު އޮންނާނެ ގޮތުގެ ޗާޓު، ގިއަރސެންއާއި އޭނާގެ ޓީމަށް ކުރަހާލެވޭނެއެވެ. އުންމީދަކީ، އެ ފާރު އެ ހުރި ތަނެއްގައި، އެންމެ ފުރަތަމަ އެ ފާރު ރާނަން ޖެހުނު ސަބަބު، ހިސާބަކަށް ނަމަވެސް ފަޙުމްވުމެވެ.

ޤާދީމީ ތާރީޚު ދިރާސާކުރާ ފަރާތްތަކުން ޔަޤީން ކުރާ ގޮތުގައި ބޯލްޓިކް ކަނޑުގެ އަޑިން ފެނުނު ފާރަކީ، އެންމެ މަދުވެގެން 10000 އަހަރު ވެފައި ވާ ފާރެކެވެ. އެންމެ ގާތީ 11000 އަހަރު ވެފައި ވުން ކަމަށްވެސް އެ މީހުން ބުރަވެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލިފައި އޮތް އޮތުމުގެ ސަބަބުން، އެ ފާރަށް އެންމެ މަދުވެގެންވެސް 8500 އަހަރު ވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް މީގެ 8500 ކުރިން، އެ ސަރަޙައްދަކީ ގަސް ބޯ ޖަންގައްޔެއް ކަމަށާ، އެފަދަ ތަނެއްގައި، އެ ކަހަލަ ފާރެއް ރޭނުމަކީ ދެކޮޅު ޖެހޭ ވިސްނުމެއް ނޫން ކަން، ޤަދީމީ ތާރީޚުގެ ދިރާސާ ތަޖުރިބާކާރު، މަރސެލް ބްރެޑްމޯލަރ ކިޔައިދިނެވެ.

މިހާތަނަށް އެއްކުރެވިފައި ހުރި މަޢުލުމާތަށް ބަލާއިރު، މި ފާރަކީ ފުއްލާ ޝިކާރަ ކުރުމުގެ ބޭނުމަށް ރާނާފައި ހުރި ފާރެއް ކަމަށް ޤަބޫލު ކުރެވޭ ހެކިތަކެއް އެބަ ހުއްޓެވެ. ފުއްލާގެ ބައިގަނޑުތަކަކީ އެއް ވާނަކަށް ދިގުދެމިގެންދާ ރާސްތާތަކުން ހިނގާ އުޅޭ ޖަނަވާރުތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ކޯރުތަކުގެ އައްސޭރިފަށާއި، މީޓަރެއް ނުވަތަ ދެ މީޓަރުގެ އުސް މިނަށް ރާނާފައި ހުންނަ ވަށާ ފާރުތައް ކައިރިން ދަތުރު ކުރާ ޖަނަވާރުތަކެއްގެ ގޮތުގައި ފުއްލާ ފާހަގަ ކުރެވެއެވެ.

ބޯލްޓިކް ކަނޑުން ފެނުނު ފާރަކީ ފުއްލާ ހުއްޓުވަން ޖަހާފައި ހުރި ހުރަހެއް ކަމުގައި ނުބެލެވެއެވެ. ނަމަވެސް، އެ ފާރަކީ، ޤަދީމީ ޒަމާނުގައި އުޅުނު އިންސާނީ ވަޒަންވެރިން، ފުއްލާ ޝިކާރަ ކުރަން ޚާއްޞަކޮށްފައި އޮތް ސަރަޙައްދަށް، އެ ފުއްލާތައް ގެންދިއުމަށް ދަމާލި ރާސްތާއެއް ކަމަށް ބުރަވެވެއެވެ.

މި ދެންނެވި ނަޒަރިއްޔާތު ކަށަވަރު ކުރުމަށްޓަކައި ދިރާސާ ޓީމުން ދަނީ، ފުއްލާ ޝިކާރަކޮށް ސީދާ ޙަމަލާ ދޭ ސަރަޙައްދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދަކީ އެންމެ އެވޭލާ ޒަމާނުގައި ގެންގުޅުނު ގަލުން ހަދާފައިވާ ހަތިޔާރާއި، ޝިކާރަވެރިން ގެންގުޅުނު ތީރާއި ދުނިދަނޑިފަދަ ތަކެތި ބަހައްޓާފައި ހުރި ސަރަޙައްދަކަށް ވާނެ ކަމަށް ޤަދީމީ ތާރީޚުގެ ކަންކަން ހޯދާ ފަރާތްތަކުން އުންމީދު ކުރެއެވެ.

ބްރެޑްމޯލަރގެ އުންމީދަކީ، އިންސާނީ ޢާބާދު ހީނަރު ދުވަސްވަރެއްގައި އެފަދަ ފާރެއް، އެ ގޮތަށް ބިނާކޮށްފައި ހުންނަން ޖެހުނު ސަބަބެއް އެނގުމެވެ.

ފާރު ހުރި ސަރަޙައްދާ މާ ދުރު ނޫން ހިސާބެއްގައި އޮތް ފަރަކަށް ނިސްބަތްކޮށް، އެ ފާރަށް "ބްލިންކަރވޯލް"ގެ ނަމުން މިހާރު ވަނީ ނަންވެސް ދީފައެވެ. މި ދެންނެވި ފަރަކީވެސް، ފާރަށް ވީ ދުވަސް ދެނެގަތުމަށް އެހީވެދޭނެ ތަނެއް ކަމަށް ޤަބޫލު ކުރެވެއެވެ. ފާރު ހުރި ސަރަޙައްދުން ހަތިޔާރާއި ޢާލާތްތައް ފެނިއްޖެ ނަމަ، އެއީވެސް ތާރީޚު ދެނެގަތުމަށް ފަސޭހަ ވާނެ މަސްދަރަކަށް ވާނެއެވެ. އޭގެ އިތުރަށް، ފާރު ރާނަން ބޭނުން ކޮށްފައި ހުރި ގަލުގައި ހަރުލާފައިވާ އެކި މާއްދާތަކުގެ ދިރާސާތައް ހަދައިގެން، އެ ފާރަށް އެންމެ ފަހުން އިރުގެ އަވި ސީދާ ލިބުނު ދުވަސްވަރެއްވެސް ދެނެގަތުމުގެ ފުރުޞަތު އޮވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޕަދްމާވަތުގައި ރަންވީރުގެ ފެނިލުން: ގޭމް އޮފް ތުރޯންސްގެ ކާލް ޑްރޯގޯ ފެނިލުމާއި އެއްގޮތް؟

 ޕަދްމާވަތުގައި ރަންވީރުގެ ފެނިލުން: ގޭމް އޮފް ތުރޯންސްގެ ކާލް ޑްރޯގޯ ފެނިލުމާއި އެއްގޮތް؟

11 ޖެނުއަރީ 2018
ޝަޝީ ކަޕޫރު :އޭނާ އަށް ބޮލީވުޑަށް ވަދެވުނު ގޮތް ވަނީ ކިޔާދީފައި

ޝަޝީ ކަޕޫރު :އޭނާ އަށް ބޮލީވުޑަށް ވަދެވުނު ގޮތް ވަނީ ކިޔާދީފައި

06 ޑިސެމްބަރު 2017
ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!

ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!

26 އޯގަސްޓު 2017
"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް

"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް

09 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު