Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމްތިޔާޒް ފަހުމީ (އިންތި)

އެމްޑީޕީގައި ފެކްޝަންތަކެއް ނެތް، ހިޔާލުތަފާތުވުމަކީ މުއްސަނދިކަމެއް: އިންތި

26 މެއި 2019 | އާދީއްތަ 03:25

ކޮންމެ މީހަކު ހޮވުނަސް، އިސްކަންދޭނީ މަސައްކަތަށް ކަމަށް ވިދާޅުވި

ލީވާން އަލީ
ލީވާން އަލީ | 26 މެއި 2019 | އާދީއްތަ 03:25
މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީ (އިންތި)

މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީ (އިންތި)

އެމްޑީޕީ ތެރޭގައި ފެކްޝަންތަކެއް ނެތް ކަމަށާއި އެ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރުމަކީ ކަންކަން ކުރިއެރުމަށް ލިބޭ މުއްސަނދިކަމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އެމްޑީޕީއަކީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި، އެމްޑީޕީ ތެރޭގައި ފެކްޝަންތަކެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އެކަތިގަނޑެއްގެ ގޮތުގައި އޮންނަ ޕާޓީއެއް ކަމަށާއި، އިންތިހާބުތަކުގައި ކާމިޔާބީތައް ވެސް ހޯދުމަކީ ވެސް އެކަމުގެ ދަލީލެއްކަމަށެވެ.

އެކި ކަންކަމުގައި ޕާޓީ ތެރޭގައި ހިޔާލު ތަފާތުވާ ކަމަށާއި އެ ހިޔާލުތަފާތުވުންތަކަކީ ޕާޓީގެ ކަންކަން ކުރިއެރުވުމަށް ލިބޭ މުއްސަނދި ކަމެއް ކަމަށް ފާހަގަ ކުރައްވައި އިންތި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމަކަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

އިންތި ވިދާޅުވީ އާ މަޖިލިސް ހުވާކުރާއިރު، ރައްޔިތުން ވަނީ އެޖެންޑާ 19 ތަންފީޒު ކުރުމަށް އެމްޑީޕީއަށް ވަރަށް ބޮޑު އަޢުލަބިއްޔަތެއް ދީފައިވާ ކަމަށާއި، އެ މަސައްކަތް ލަސްކުރެވެން ނެތް ކަމަށެވެ.

އެގޮތުން އިންތި ވިދާޅުވީ، އެކި އެކި ގާނޫނީ އޮނިގަނޑުތައް އެކުލަވާލުމުގެ އިތުރުން ވަޒީރުން ވެސް ހިމެނޭ ގޮތަށް އެ މަސައްކަތްތައް ކުރާނެ ކޮމިޓީތައް ވެސް އެކުލަވާލެވިފައިވާ ކަމަށެވެ.

އަލަށް ހުވާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް ކަމަށް ފާހަގަކުރައްވަމުން އިންތި ވިދާޅުވީ، އެއީ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، އެއީ ގިނަ ބަޔަކު އުންމީދު ކުރަމުން އައި ކަމެއް ކަމަށެވެ.

އިންތި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ކުރިން، މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކު ޕާޓީން ނިންމާނެ ކަމަށާއި، ކޮންމެ ބޭފުޅަކު ހޮވުނު ނަމަވެސް އިސްކަންދޭނީ ޕާޓީ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކަމަށެވެ.

މަޖިލިސްގެ ރައީސް ކަމަށް އެމްޑީޕީން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފަސް ބޭފުޅެކެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށި ދާއިރާގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފުގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް