Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ އަށް ދިން ހަމަލާ

ޒަހްރާން މަރުވިކަން ޑީއެންއޭ ޓެސްޓުން ޔަގީންކޮށްދީފި

22 މެއި 2019 | ބުދަ 06:18

ޒަހްރާންގެ އަންހެން ދަރިފުޅުގެ ޑީއެންއޭއާ އޭނާގެ ޑީއެންއާ ދިމާވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 22 މެއި 2019 | ބުދަ 06:18
ޒަހްރާން ހާޝިމް

ޒަހްރާން ހާޝިމް

ސްރީލަންކާގެ އީސާއީ ދީނުގެ މީހުން އަޅުކަން ކުރާ ފައްޅިތަކާއި މަތީ ފަންތީގެ ހޮޓާ ތަކަށް އޭޕްރީލް މަހުގެ 21 ވަނަ ދިން ހަމަލާގެ މޭސްތިރިޔާ ޒަހްރާން ހާޝިމް މަރުވިކަން ޑީއެންއޭ ޓެސްޓުން ޔަގީން ކުރެވިފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ ތަހުލީލު ޑިޕާޓްމެންޓުން ބުނެފިއެވެ.

އެތަނުން ބުނީ، ޒަހްރާންގެ ޑީއެންއޭއާ އޭނާގެ އަންހެނުންގެ އިތުރުން ދަރިފުޅުގެ ޑީއެންއޭ ދިމާވެފައިވާ ކަމަށާއި، އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ކޮޅުނބުގެ ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގައި ނޭޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރު ޒަހްރާން މަރުވެފައިވާ ކަން ޔަގީންވެފައިވާ ކަމަށެވެ.

ޒަހްރާންގެ ޑީއެންއޭ ޓެސްޓް ހަދާފައިވަނީ އޭނާ މަރުވިކަން ކަށަވަރު ކުރުމަށް ކޯޓުން ކުރި އަމުރަކާއި ގުޅިގެންނެވެ. ޒަހްރާންގެ އަންހެނުންނާއި ދަރިފުޅު ސަލާމަތްވެފައި ވަނީ ސައިންތަމަރުތު އަވަށުގައި ސިފައިންނާއި ހަތިޔާރު އަޅައިގެން ތިބި ބަޔަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައެވެ.

ތަހުލީލު ޑިޕާޓްމެންޓުން ބުނީ، ޝަންގްރިއްލާ ގައި ބޮންގޮއްވާލި ސަރަހައްދުން ފެނުނު ޒަހްރާންގެ ހަށިގަނޑުގެ ބައިތަކާއި އޭނާގެ އަންހެން ދަރިފުޅުގެ ލޭގެ ސާމްޕަލްއާ ދިމާވެފައިވާ ކަމަށެވެ.

އެކަމުގެ ރިޕޯޓް ސީއަޑީ ޑިޕާޓްމެންޓާ ހަވާލުކޮށް އެ ރިޕޯޓް ކޯޓަށް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. އަންގާރަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަދައްކަމުން ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ، ހަށިގޮއްވާލައިގެން ހަމަލާދިން ހުރިހާ އެންމެންގެ ވަނަވަރު އެމީހުންގެ ޑީއެންއޭއިން ދެނެގަނެފައިވާ ކަަމަށެވެ.

ޑީއެންއޭ ސާމްޕާލްތައް ދައްކާ ގޮތުން ޝަންގްރިއްލާއާ ސިނަމޮން ގްރޭންޑް ހޮޓަލަށް ހަމަލާދިން ދެބެއިން ކަމަށްވާ މުހައްމަދު އިބްރާހިމް އިލްހާމް އަހުމަދުއާ މުހައްމަދު އިބްރާހިމް އިންޝާފް އަހުމަދުގެ ޑީއެންއޭ ބައްޕަ އިބްރާހިމްއާ ދިމާވޭއެވެ. ބާކީ ތިބި ޓެރަރިސްޓުންގެ ޑީއެންއޭވެސް ދިމާވާކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2024

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރާލައިފި ކަމަށް އިޒްރޭލުން ޔަގީންކޮށްދީފި

17 އޮކްޓޯބަރު 2024
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރާލައިފި ކަމަށް އިޒްރޭލުން ޔަގީންކޮށްދީފި
02 ޖުލައި 2023

ގްރީސް ކައިރިއަށް ފެތުނު ބޯޓުން އިތުރު ހަތަރު މީހަކު މަރުވިކަން ކަށަވަރުވެއްޖެ

02 ޖުލައި 2023
ގްރީސް ކައިރިއަށް ފެތުނު ބޯޓުން އިތުރު ހަތަރު މީހަކު މަރުވިކަން ކަށަވަރުވެއްޖެ
21 އޯގަސްޓު 2021

ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ކޮވިޑް-19 ޑީއެންއޭ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި

21 އޯގަސްޓު 2021
ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ކޮވިޑް-19 ޑީއެންއޭ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި
08 މެއި 2019

ޓްރެއިނިން ހިންގަން ޒަހްރާން ބޭނުންކުރި ގެސްޓް ހައުސްއެއް ލަންކާ ފުލުހުން ބަލާ ފާސްކޮށްފި

08 މެއި 2019
ޓްރެއިނިން ހިންގަން ޒަހްރާން ބޭނުންކުރި ގެސްޓް ހައުސްއެއް ލަންކާ ފުލުހުން ބަލާ ފާސްކޮށްފި
02 މެއި 2019

ލަންކާގައި ދިން ބޮމުގެ ހަމަލާ: ޒަހްރާން އަށް ހިތްވަރު ލައިދިން އިމާމަކު ހައްޔަރުކޮށްފި

02 މެއި 2019
ލަންކާގައި ދިން ބޮމުގެ ހަމަލާ: ޒަހްރާން އަށް ހިތްވަރު ލައިދިން އިމާމަކު ހައްޔަރުކޮށްފި
27 އެޕްރީލު 2019

ހަމަލާގެ މޭސްތިރި ޒަހްރާން މަރުވިކަން ކަށަވަރުވެއްޖެ: ލަންކާ އަސްކަރިއްޔާ

27 އެޕްރީލު 2019
ހަމަލާގެ މޭސްތިރި ޒަހްރާން މަރުވިކަން ކަށަވަރުވެއްޖެ: ލަންކާ އަސްކަރިއްޔާ
11 ޖެނުއަރީ 2019

ރޭޕްގެ ތުހުމަތުތަކާ ގުޅިގެން ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލް ދޭން އަންގައިފި

11 ޖެނުއަރީ 2019
ރޭޕްގެ ތުހުމަތުތަކާ ގުޅިގެން ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލް ދޭން އަންގައިފި
02 ޑިސެމްބަރު 2018

މި ވަގުތު ލަންކާގައި ސަރުކާރެއް ނެތްކަން ޔަގީންކޮށްދީފިން: ރަނިލް ވިކްރަމަސިންހަ

02 ޑިސެމްބަރު 2018
މި ވަގުތު ލަންކާގައި ސަރުކާރެއް ނެތްކަން ޔަގީންކޮށްދީފިން: ރަނިލް ވިކްރަމަސިންހަ
16 މާރިޗު 2017

މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ

16 މާރިޗު 2017
މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް