Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގައި ދިން ބޮމުގެ ހަމަލާ

ހަމަލާގެ މޭސްތިރި ޒަހްރާން މަރުވިކަން ކަށަވަރުވެއްޖެ: ލަންކާ އަސްކަރިއްޔާ

ޒަހްރާން ހަމަލާދިނީ ޝަންގްރީ-ލާ ހޮޓަލަށް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 27 އެޕްރީލު 2019 | ހޮނިހިރު 02:31
ބޮމުގެ ހަމަލާގެ މޭސްތިރި މައުލާވީ ޒަހްރާން ޙާޝިމް އައިސިސްއަށް ބައްޔަތު ހިފަނިކޮށް

ބޮމުގެ ހަމަލާގެ މޭސްތިރި މައުލާވީ ޒަހްރާން ޙާޝިމް އައިސިސްއަށް ބައްޔަތު ހިފަނިކޮށް

އާދިއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ މޭސްތިރި ޒަހްރާން ހާޝިމްއަކީ ޝަންގްރީ-ލާ ހޮޓަލަށް ދިން ހަމަލާގައި ބައިވެރިވި އެކަކު ކަމަށާއި، އޭނާ ވަނީ މަރުވެފައި ކަމަށް ލަންކާގެ ޑިރެކްޓޮރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސް (ޑީއެމްއައި) ގެ ވެރިޔާ ބްރިގޭޑިއަރ ޗޫލާ ކޮޑިޓުވައްކޫ ވިދާޅުވެއްޖެއެވެ.

ކޮޑިޓުވައްކޫ ވިދާޅުވީ ޝަންގްރީ-ލާ ހަމަލާއާއި ގުޅިގެން ކުރެވުނު ތަހުގީގަށް ލިބުނު ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖްގެ އަލީގައި އެ ހަމަލާގައި ބައިވެރިވި ޒަހްރާން ހާޝިމް އާއި އިލްހާމް އަބްދުﷲ ކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ޒަހްރާން ޝަންގްރީ-ލާ ހޮޓަލަށް އައީ ހަމަލާދިން ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކެންޑީ ކައިރީގައި އޮންނަ އަވަށެއް ކަމުގައިވާ މަވަނެއްލާގައި އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ސައިކަލެއް ގޮއްވާލުމާ، އާދިއްތަ ދުވަހު ދެވުނު ހަމަލާތަކާ ގުޅިފައިވާ ކަމަށް ކޮޑިޓުވައްކޫ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސައިކަލު ގޮއްވާލީ ގޮވާތަކެތި ޓެސްޓް ކުރުމުގެ ގޮތުންކަމަށް ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ޒަހްރާންއާ ބެހޭ ގޮތުން ތަހުގީގަށް މިހާރު ލިބިފައިވާ މައުލޫމާތު ހިއްސާ ކުރައްވަމުން ކޮޑިޓުވައްކޫ ވިދާޅުވީ އޭނާ ނިސްބަތްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ޒަހްރާން ވަކިވުމުން، ޖަމިއްޔަތުލް މިއްލަތު އިބްރާހިމް ސޭލަނީ (ޖޭއެމްއައި) ނަމަކަށް ކިޔާ ޖަމާއަތަކަށް ނިސްބަތްވާ 135 ވަރަކަށް ޒުވާނުން އޭނާއާ ގުޅިގެން ޓެރަރިސްޓް ޖަމާއަތެއް އުފެއްދީ ކަމަށެވެ. ޖޭއެމްއައި ޖަމާއަތުގައި ހަރަކާތްތެރިވި ގިނަ ޒުވާނުންނަކީ ތަނަވަސް އާއިލާތަކަށް ނިސްބަތްވާ ކިޔަވައިގެން ތިބި މީހުން ކަން ވެސް ކޮޑިޓުވައްކޫ ފާހަގަކުރެއްވިއެވެ.

ޖޭއެމްއައިގައި ހަރަކާތަތެރިވި ޒުވާނުންގެ ތެރެއިން ޒަހްރާންއާ ގުޅުނީ އެ ޖަމާއަތުގެ އެއް ބަޔަކު ލަންކާގައި ހަމަލާއެއް ދިނުމަށް ދެކޮޅު ހެދުމުންނެވެ. އެ މީހުން ބުނީ މިއީ ލަންކާގައި ހަމަލާދޭން އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އެ ހިސާބުން ލަންކާގައި ހަމަލާދިނުމަށް ވަކާލާތު ކުރި މީހުން ޒަހްރާންއާ ގުޅުނީއެވެ.

އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން 80 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އަދިވެސް މި ހަމަލާތަކާއި ގުޅުން ހުރި 7 މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވާ އިރު، ހުކުރު ދުވަހު ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަ ދިވެއްސަކު ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާ އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ ޙަޞްމު ޖަމާޢަތުން ނަގައިފި

މިޔަންމާ އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ ޙަޞްމު ޖަމާޢަތުން ނަގައިފި

02 އޮކްޓޯބަރު 2017
އިރާޤު އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި

އިރާޤު އެމްބަސީއަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި

01 އޯގަސްޓު 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

ކާބުލަށް ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޕާކިސްތާނާއި ތާލިބާނުން: އަފްޣާނިސްތާން

02 ޖޫން 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު