Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ މުސްލިމުންނަށް ހަމަލާދިނުން

ހަމަލާދޭން ސިފައިންގެ މީހަކު އިޝާރާތެއް ނުކުރޭ: ލަންކާ އަަސްކަރިއްޔާ

18 މެއި 2019 | ހޮނިހިރު 03:40

ވީޑިއޯއިން ފެންނަނީ ސިފައިންގެ މީހާ ކަމަރު ހެޔޮވަރުކޮށްލާ މަންޒަރު

އަމަން ހަލީމް
އަމަން ހަލީމް | 18 މެއި 2019 | ހޮނިހިރު 03:40
ހަމަލާތަކަށް ފަހު ލަންކާ ސިފައިން ފޯރިމަރަނީ

ހަމަލާތަކަށް ފަހު ލަންކާ ސިފައިން ފޯރިމަރަނީ

މިސްކިތަކަށް ހަމަލާދޭން އިޝާރާތް ކުރި ކަމަށް ވީޑިއޯއިން ފެންނަ ސިފައިންގެ މީހާ، ހަމަލާދިން މީހުންނަށް އެއްވެސް އިޝާރާތެއް ނުކުރާކަމަށް ލަންކާ އަސްކަރިއްޔާއިން ބުނެފިއެވެ.

ސީސީޓީވީ ވީޑިއޯއިން ފެންނަނީ ސިފައިންގެ މީހާ އަތުން އިޝާރާތެއް ކުރާތާ ހިނދުކޮޅެއް ނުވަނީސް ބަޔަކު އައިސް ގެއަކަށް ހަމަލާދޭ މަންޒަރެވެ. ލަންކާ އަސްކަރިއްޔާގެ ކޮމާންޑަރު މަހޭޝް ސެނަނަޔަކެ ވިދާޅުވީ ސިފައިންގެ މީހާ އަތުން އިޝާރާތެއް ނުކުރާ ކަމަށާއި، ވީޑިއޯއިން ފެންނަނީ ސިފައިންގެ މީހާ އޭނާގެ ބަޑީގެ ކަމަރު ހެޔޮވަރު ކޮށްލާތަން ކަމަށެވެ. ސެނަނަޔަކަ ވިދާޅުވީ އަސްކަރިއްޔާއިން މި ނިންމުމަށް އައިސްފައިވަނީ ވީޑިއޯ އެތައް ފަހަރަކު އެނަލައިޒް ކުރުމަށް ފަހުގައި ކަމަށެވެ.

ލަންކާގެ މުސްލިމުންނަށް ދިން ހަމަލާތަކުގައި އަސްކަރިއްޔާގެ އިހުމާލެއްވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ސެނަނަޔަކަ ވިދާޅުވީ ސިފައިން އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. ހަމަލާތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އިތުރު ހަމަނުޖެހުމަށް ފުރުސަތު ނުދިނުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ސިފައިންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވެސް ސެނަނަޔަކަ ވިދާޅުވިއެވެ.

މުސްލިމުންނަށް އަމާޒުކޮށް މިދިޔަ ހަފުތާގައި ލަންކާގައި ދިން ހަމަލާތަކުގައި މިސްކިތްތަކަށާއި މުސްލިމުންގެ ގެދޮރާއި ވިޔަފާރިތަކަށް ހަމަލާދީފައިވެއެވެ. ހަމަލާތަކުގައި އެކަކު މަރުވެފައިވާ އިރު، މިހާތަނަށް 100އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް