Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަރުގެ ހާދިސާ

15 އަހަރުގެ ކުއްޖާ ވިހޭ ދަރިފުޅުގެ ޕޯސްމޯޓެމް ހަދަނީ

މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 7:10 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 16 މެއި 2019 | ބުރާސްފަތި 15:49
ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް

ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް

ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅުގެ ޕޯސްޓްމޯޓެމް ހެދުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ އެކުއްޖާ މަރުވި ގޮތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓެމް ހެދުމަށް ކުރަންޖެހޭ ކަންކަން ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ފުރާވަރު ކުއްޖަކު ބަލިވެ އިނދެ، ވިހައިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 7:10 ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވިއްސާފައި ވަނީ ސިއްހީ މަރުކަޒަށް ނުގެންގޮސް ގޭގެ ފާހާނާ ތެރޭގައެވެ. އެ ކަމުގައި ބައިވެރިވީ އެ ކުއްޖާގެ މަންމަ އާއި އެ ކުއްޖާގެ ލޯބިވެރިޔާ ކަމުގައި އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެ ކުއްޖާ މަރުވީ ކަމެއް މަރާލީކަން ނޭނގޭ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިހާރު 15 އަހަރުގެ ކުއްޖާ އަށް އިތުރަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަން ވަނީ އެނގިފައެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ ދަރިފުޅުގެ ފޫޅުކެންޑުމުގެ ތެރޭގައި ލޭ މަނާނުވެގެންނެވެ. އެހެންކަމުން ލޭ ވެސް އަޅަންޖެހުނު ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން 14 އަހަރުގައި ބަލިވެ އިން ކުއްޖާ އުޅެނީ އެ ރަށު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކަމަށާއި ދާދިފަހަކާ ޖެހެންދެން ވެސް އެ ކުއްޖާ ސްކޫލަށް ވެސް ދިޔަ ކަމަށެވެ. އަދި ބަލިވެއިންކަން ރަށު މީހުންނަށް ނޭނގޭ ކަމަށާއި އެކަމުގައި އެ ކުއްޖާގެ ގޭގެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އާއި ކުޑަކުއްޖަކަށް ވާތީ އެ ކުއްޖާގެ ވަނަވަރު ސިއްރު ކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު