Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލުތުފަރުގެ މަރުގެ މައްސަލަ

ލުތުފަރު މަރާލައިފައިވަނީ އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން: ފުލުހުން

ލުތުފަރު މަރާލިގޮތް އެ މީހުން ތަފްސީލްކޮށް ފުލުހުންނަށް ކިޔާދީފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 16 މެއި 2019 | ބުރާސްފަތި 11:13
ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތައް

ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތައް

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލީ އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް ހައްޔަރު ކުރެވުނު ބިދޭސީ ތަހުޤީޤްގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހުޤީޤްގެ ތަފްސީލްތައް ހާމަކުރުމަށް އިސްކަންދަރުކޮޅީގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒިޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސްޕްރިންޓެންޑެންޓް ހަަސަން ޝިފާއު ވިދާޅުވީ ލުތުފަރު މަރާލައިފައި ވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށެވެ. އަދި ބޯޓު ތެރޭގައި ޖިިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ތިން ބިދޭސީއަކު ވެގެން ލުތުފަރުގެ ނޭވާ ހާސްކޮށް މަރާލީކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ލުތުފަރު މަރާލުމަށްފަހު، ލުތުފަރުގެ ހަށިގަނޑު ވާ ޖަހައި މޫދަށްލުމަށްފަހު، އޭގެ ވަގުތުކޮޅެއްފަހުން ލުތުފަރުގެ ހަށިގަނޑު އަނެއްކާވެސް މޫދުން ނަގައި، ގައިގައި ހުރި ފެން ހިއްކުމަށްފަހު، ލުތުފަރު ނިދާ އެނދުމަތީގައި އެ ބިދޭސީން ބޭއްވި ކަމަށް ޝިފާއު ވިދާޅުވިިއެވެ. އަދި އެގޮތަށް ކަންތައްތައް ކުރި ލުތުފަރު ބޯޓުގައި ނިދާފައި އޮތް ކަމަށް، ބޯޓަށް އަރާފައިބާ މީހުންނަށް ދެއްކުމުގެ ގޮތުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެެއަށްފަހު ލުތުފަރުގެ ހަށިގަނޑުގައި ވާޖަހައި އެއްސުމަށްފަހު ހަމައެއްގައި އައްސައި ލުތުފަރުގެ ހަށިގަނޑު ކަނޑަށް ފެއްތި ކަމަށް ބިދޭސީން ތަހުޤީޤަސް ކިޔައިދިންކަމަށް ޝިފާއު ވިދާޅުވިއެވެ.

ފުލުހުން ބުނީ ލުތުފަރު ޖިންސީ ގުޅުން ހިިންގާ މައްސަލަ ބޯޓުގެ އެހެން ފަރާތްތަކަށް ވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި، އަދި ތަހުޤީޤުގައި ވާހަކަދެއްކި ބައެއް މީހުން ވެސް ލުތުފަރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނި ކަމަށެވެ. އެހެންކަމުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ލުތުފަރު މަރާލި އެ ސަބަބާ ހުރެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އެ ބިދޭސީންގެ މެދުގައި ޖެހުނީ ފައިސާގެ މައްސަލަތަކެއް ކަމުގެ ވާހަކަދެކެވުނު ނަމަވެސް ތަހުޤީޤަށް އެކަން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ލުތުފަރުގެ ހަށިގަނޑު ހޯދުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލްތައް ވެސް ހާމަކޮށްފައެވެ. އަދި ފުލުހުންގެ ޑައިވް ޓީމުން ފީނައިގެން ކުރި މަސައްކަތުގެ ފެނުނު ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތަކުގެ ފޮޓޯ ވެސް ފުލުހުން ވަނީ ނޫސްވެރިިންނަށް ދައްކާލާފައެވެ.

ހަށިގަނޑުގެ އެކި ބައިތައް އެކި ސަރަހައްދުތަކުން ފެނުނުއިރު، އެއީ ލުތުފަރުގެ ހަށިގަނޑުކަން ކަށަވަރު ކުރަނީ ކޮންގޮތަކުންތޯ ސުވާލުކުރުމުން ފުލުހުން ބުނީ، ލުތުފަރުގެ ދިގުމިނާ އަދި ހަށިގަނޑުގެ ބައިތައް ފެނުނު ސަރަހައްދަށް ބެލުން އެއީ ލުތުފަރުގެ ހަށިގަނޑުގެ ބައިތަށްކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ސައިންސްގެ އަލީގައި ޔަޤީން ކުރަންޖެހޭ ކަންކަން ޔަޤީން ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ލުތުފަރަކީވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެކެވެ. އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ތިބި ބިދޭސީންނަކީ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ޤަތަރާ ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުންދިނުމަށް ގައުމީ ރޫހާހިލާފަށްކުރި ކަމެއް: އެމްޑީޕީ

05 ޖޫން 2017
ޤަތަރާ ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުންދިނުމަށް ގައުމީ ރޫހާހިލާފަށްކުރި ކަމެއް: އެމްޑީޕީ
05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު