Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާ

ސީޒަން ނިމުމުން ޕޮގްބާ ދިޔައީ އުމްރާއަށް

15 މެއި 2019 | ބުދަ 17:07

ޕޮގްބާއަށް މި ސީޒަން ވަނީ ނިމިފައި

ލީވާން އަލީ
ލީވާން އަލީ | 15 މެއި 2019 | ބުދަ 17:07
ޕައުލް ޕޮގްބާ (ވ)

ޕައުލް ޕޮގްބާ (ވ)

މެންޗެސްޓާ ޔުނައިޓެޑަށް ސީޒަން ނިމުމުން އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފިއެވެ.

މިދިޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ޕޮގްބާ އުމުރާއަށް ގޮސްފައިވާއިރު، މިފަހަރު އޭނާ ދިޔައީ ރައްޓެހިންތަކެއް ގޮވައިގެންނެވެ. އޭގެ ތެރޭގައި އެވަޓަންއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރ ކާޓް ޒޫމާ ވެސް ހިމެނެއެވެ.

ޕޮގްބާ އުމްރާވުމަށް މައްކާއަށް ކުރާ ދަތުރުގައި ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޕޯޓްސްގެ ޗެއާމަން ޕްރިންސް އަބްދުލް އަޒީޒް ތުރްކީ އަލް ފައިސަލްއާ ވަނީ ބައްދަލު ކޮށްފައެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ޔުނައިޓެޑުގެ ޖޯޒީއެއް ޕްރިންސް އަބްދުލް އަޒީޒްއަށް ހަދިޔާ ކޮށްފައެވެ.

މި ސީޒަން ޕޮގްބާއަށް ނިމިފައިވާއިރު، އޭނާގެ ކްލަބް ޔުނައިޓެޑަށް މި ސީޒަނަކީ ކާމިޔާބު ސީޒަނެއް ނޫނެވެ. އެޓީމު ޕްރިމިއާ ލީގުގެ ހަވަނައިގައި ނިންމާލާފައިވާއިރު، ކުރިޔަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް ޖާގަ ނުލިބެއެވެ. އަދި އެ ކްލަބް ޖެހޭނީ ޔޫރޮޕާ ލީގުގެވެސް ކޮލިފައިން ކުޅޭށެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާ އަކު 290،000 ޕައުންޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރާނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން26 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 135 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 66 މެޗު ކުޅެ 10 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
30 އެޕްރީލު 2017

ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ

30 އެޕްރީލު 2017
ގެއްލިގެންދިޔައީ މޮޅުވާން މަޖުބޫރު މެޗެއް: ފެސްކޯ
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް