Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުއާދު ތައުފީގު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

15 މެއި 2019 | ބުދަ 09:28

ކަތި ފިޔަވަޅެއް ވެސް ސެކިއުރިޓީއާ ނުލާ ނޭޅުއްވުމަށް އިރުޝާދު ދެއްވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 15 މެއި 2019 | ބުދަ 09:28
ފުއާދު ތައުފީގު

ފުއާދު ތައުފީގު

ދެ ހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ދިވެހިންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެ އިންތިޚާބެކެވެ. އެ އިންތިޚާބުގެ ވާހަކަ އަކީ ދައްކާ ކޮޅުން ލާނެ ވާހަކައެއް ވެސް ނޫނެއެވެ. ޝައްކާއި ވަހުމުގެ ތެރެއިން އިންތިޚާބު ބާތިލްކޮށް ދެ ފަހަރެއްގެ މަތިން ވޯޓުލި ތާރީޚީ އިންތިޚާބެކެވެ. ކޮންމެ އަކަސް މި ތާރީޚީ ދަނޑިވަޅުގައި ހުރިހާ ކަމެއް ބޯމައްޗަށް ލައިގެން ހުންނެވީ އޭރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެއެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިގެން ދިއަ އެ ދުވަސްވަރުގެ ވާހަކަ ފުއާދު ހިއްސާކުރީ އޭގެ 6 އަހަރު ފަހުންނެވެ. އެވާހަކަ ދައްކަން ބޭނުންފުޅު ވިނަމަވެސް އެވާހަކަތަކުގެ ބިރުވެރިކަމުން އެވާހަކަތައް އެވަގުތު ދެއްކެން ނެތީއެވެ. ފުރަތަމަ ފަހަރަށް މީޑިއާއި އެވާހަކަތައް ހިއްސާކުރައްވަމުން ފުއާދު ވިދާޅުވީ، އެއީ ބިރުވެރި ނުރައްކާތެރި ދުވަސްވަރެއް ކަމަށެވެ. ފޯނަށް މެދު ނުކެނޑި އައި އިންޒާރުގެ ފޯންކޯލްތަކާއި، މެސެޖްތަކުން ޖިސްމަށް ވަރަށް ބޮޑު އަނިޔާއެއް ލިބެން އުޅޭ ކަމުގެ އިހުސާސް ފުއާދަށް ލިބެމުންދިޔަ އެވެ.

ފުއާދު ތައުފީގް ޕްރެސް ކޮންފަރެންސެއްގައި

އެދުވަސްވަރުގެ ބިރުވެރިކަން ހާމަކުރައްވަމުން ފުއާދު ވިދާޅުވީ، ޕޮލިސް އިންޓަލިޖެންސްގެ ހެޑް އޭނާ އާއި ބައްދަލުކުރެއްވި ކަމަށާއި، ފުރާނަ ދުއްވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައި ހުރިކަމަށް ދެންނެވި ކަމަށެވެ. ފުއާދަށް އޮތް ނުރައްކަލާއެކު، ސެކިއުރިޓީ އާއި ނުލާ އޮފީސް ކޮރިޑޯ ތެރެއަށް ވެސް އަދި ކޮންފަރެންސް ރޫމް ކީއްކުރަންތޯ ބަޔަކަށް މައުލޫމާތު ދޭން ނުވަތަ ޖަލްސާ އަކަށް ވެސް ވަޑައިނުގަތުމަށް ފުލުހުން ވަނީ ފުއާދަށް އިރުޝާދު ދެއްވާފައެވެ. ހަތަރު ފަރާތުގައި ހަތަރު ހަށިފާރަވެރިން ބަހައްޓައިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަތެވެ. ހޮސްޕިޓަލަށާއި، ކެންޓީނަށް ވެސް ސެކިއުރިޓީ އާއި ނުލާ ވަޑައިގަތުން ފުއާދަށް ހުއްދައެއް ނެތެވެ. އެހާ ވެސް ނުރައްކާ މާ ބޮޑެވެ.

"ގެއަށް ވަޑައިގެން ގޭގެ ދޮރު ލައްޕަވަން ދެން ސެކިއުރިޓީ ބޭފުޅުން ތިއްބަވާނެ. ސެކިއުރިޓީ ހެޑް ބައްދަލުކުރައްވާފައި ވިދާޅުވީ ކަތި ފިޔަވަޅެއް ވެސް ނާޅުއްވައްޗޭ ސެކިއުރިޓީއާ ނުލާ،" ފުއާދު ވިދާޅުވިއެވެ.

އިންތިހާބު ކުރިޔަށްދިޔަ ދުވަހު، ފުއާދު ތައުފީޤް ސެކިއުރިޓީ ބޭފުޅުންނާއެކު

ނުރައްކަލުގެ ކުޑަ ބޮޑު މިން އިހުސާސް ކުރައްވަން އުނދަގޫފުޅު ވިނަމަވެސް އެކަން އެ ގޮތަށް ވެދާނެ ކަމަށް ގަބޫލުކޮށްގެން އުޅުއްވިއެވެ. ބައެއް މީހުންގެ ފަރާތުން އަޑު އިވިފައި ހުރި ވާހަކަތަށް ހިއްސާކުރައްވަމުން ފުއާދު ވިދާޅުވީ، އޭނާ ދުއްވާލައިފިނަމަ، ބޭނުން އަދަދަކަށް އަގު ހުށަހެޅުމުގެ ފުރުސަތުވެސް ބައެއް މީހުންނަށް ދީފައިވާ ކަމަށެވެ. ގެއަށް ވަޑައިގަތުން ރައްކާތެރި ނޫންކަމަށް ލިބުނު މައުލޫމާތާއި އެކު ބައެއް ރޭރޭ ފުއާދު ނިދިކުރެއްވީ އޮފީސްތެރޭގައި ސޯފާގައެވެ. ފުއާދު ވިދާޅުވީ އެ ވާހަކަތަކަކީ އާއްމުކުރަން އުނދަގޫ ވާހަކަތަކެއް ކަމަށެވެ. އެހެންކަމުން ބައެއް ވާހަކަތައް އާއިލާއާ ވެސް ހިއްސާ ނުކުރައްވަ އެވެ. އަނބިކަބަލުން ފިޔަވާ އިތުރު ބޭފުޅަކަށް އެ ބިރުވެރި ވާހަކަތައް ހިއްސާ ނުކުރައްވަ އެވެ.

ނަމަވެސް ފުއާދުގެ އަޒުމަކަށް އޭރުވެސް ވީ އަމިއްލައަށް ގުރުބާންވެވަޑައިގެން ނަމަވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމެވެ. އެކަން ކާމިޔާބު ކުރެއްވި އެވެ. އެ އިންތިޚާބަށް ފަހު 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ފުއާދަށް ކުރިމަތި ލައްވަން ޖެހުނީ އެހެން ބިރުވެރި ކަމެކެވެ.

ސުޕްރީމް ކޯޓްގެ ސުމޯޓޯ އަމުރެއްގެ ދަށުން ބެލި މައްސަލައަކާ ގުޅިގެން ފުއާދު މަގާމުން ވަކިކޮށް، ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ. ފުއާދުގެ މައްޗަށް އިއްވާފައިވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކޮށްފަ އެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒްކޮށް ނިމުނީ އެވެ.

އޭރުގެ އެ ހަނދާންތައް މިހާރު ވެސް އާ ވުމުން، އެ ބިރުވެރި ކަން ފުއާދަށް އިހްސާސް ކުރެއްވެ އެވެ.

އަނބިކަނބަލުން ޒީދާ ހުސެއިންގެ ދުލުން

ފުއާދުގެ އަނބިކަނބަލުން ޒީދާ ހުސެއިން އެންމެ ބޮޑަށް ކަންބޮޑުވީ ފުއާދުގެ ސިއްޚީ ހާލަތާއި މެދުއެވެ. އަނބިކަނބަލުންގެ ހައިސިއްޔަތުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ވެސް ފުއާދުގެ ސްޓްރެސް ލެވެލް ދަށްކޮށް ސަޕޯޓްދީ އެކަން ބެލެންސް ކުރެއްވުމަށެވެ. ޒީދާ ގަބޫލުކުރައްވާ ގޮތުގައި ފުއާދު އޭރު ކުރެއްވީ "ޖިހާދެ"ކެވެ. ފުއާދުގެ ފުރާނައަށް އައި ނުރައްކަލާއި އެކު ސެކިއުރިޓީން ވަރަށް ކައިރިން މޮނީޓަރ ކުރަމުން ދިއައެވެ. ގޭގެ ސެކިއުރިޓީ ހުރީ ކިހިނެއްތޯއާއި ފަސޭހައިން ގެއްލުމެއް ދެވޭނެ ހުރިހާ މަގެއް ބަންދުކޮށް ސެކިއުރިޓީ ވަރުގަދަ ކުރިއެވެ.

ފުއާދު އާއި އަނބިކަނބަލުން ޒީދާ

"އެއް ރޭ ފުއާދު ވަޑައިގެންނެވީ 9:30 އެހާއިރު، ވަޑައިގެންނެވިތާ 5 މިނިޓްތެރޭ އަލިފާން ބޯޅައެއް ގެއާއި ދިމާލަށް އުކަނީ. އެ އަލިފާން ބޯޅަ ގެއާއި ދިމާލަށް ނައިސް ޖެހިގެން ހުރި ގޭ ފުރާޅަށް ވެއްޓުނީ. އެ ހިސާބުންވެސް ބިރުވެރިކަން އިހުސާސް ކުރެވުނު. އަނެއްކާ އަނެއް ރޭ ވާގޮތަކީ ގޭގަ އުޅޭ ދަރިފުޅު އައިސް ބުނި މަންމާއޭ ގޭގައި ހުންނަ ކެމެރާއިން އެބަ ފެނެއޭ މޫނު ބުރުގާ އަޅައިގެން ތިބި ދެމީހަކު އޭތި ހަލާކުކޮށްލާފަ ވަންނަން އުޅޭ ތަން. ތިމަންނަ ބަލާލި އިރު ދޮރުމަތީގައި އެބަ ތިއްބޭ ސިފައިންގެ ދެ މީހަކު ފޯރިމަރަން. ދެން އަޅުގަނޑު ވަރަށް ކަންބޮޑުވެއްޖެ،" ޒީދާ ވިދާޅުވި އެވެ.

އިތުރު އެހެން ހާދިސާއެއް ވެސް ޒީދާ ހިއްސާ ކުރެއްވި އެވެ.

އެއްރޭ ފަތިހު ޒީދާ އަށް ހުއްޓުމެއް ނެތި ފޯން ކޯލްތަކެއް އައެވެ. 200 އަށްވުރެ ގިނަ ކޯލް އައިކަމަށް ޒީދާ ވިދާޅުވިއެވެ. ރައީސް ނަޝީދު އެގޭގައި ހުންނެވި ކަމަށް ނިންމަވައިގެން ބަޔަކު މީހުން އެގޭ ދޮރުމަތީ ވޯޓް ފޮށިތައް ގޮތަށް އެއްޗެހި ހަދައިގެން މުޒާހަރާ ކުރަމުން ދިޔަ އެވެ. ނޫސްވެރިންނާއި ކެމެރާމަނުން ވެސް ގޭ ދޮރުމަތީގައި ތިއްބެވެ.

މި ބިރުވެރި ކަންކަމަކީ ދުވަހަކު ވެސް ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް ޒީދާ އާއި އެ އާއިލާއިން އުއްމީދު ކުރި ކަންކަމެއް ނޫނެވެ. އެީ ދުވަހަކު ވެސް ހަނދާނުން ފިލައިދާނެ ކަންކަމެއް ނޫނެވެ.

"އަޅުގަނޑު އެންމެ ބިރުގަތީ ފުއާދުގެ ސެކިއުރިޓީއާއި މެދު. ދުވަހަކު ވެސް އަޅުގަނޑު ނީންނާނެ ނިދާފައެއް ފުއާދު ގެއަށް ފަތިހު 5 ޖަހާއިރު، އަޔަސް. ފުއާދު އަބަދުވެސް އަޅުގަނޑަށް ގުޅުއްވާނެ ތިމަންނަ މިނައްޓާލަނީއޭ ޒީދާ ދޮރުކައިރީ ހުންނަވާށޭ. އެކަމަކު ފުއާދު ކައިރީ ސެކިއުރިޓީ ބޭކަލުން ވަޑައިގަންނަވާނެ. އެކަމަކު އެއްރޭ ވެސް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ ފުއާދު އޮފީހުން ނައްޓާލެއްވުމާއި ގެއަށް ވަޑައިގެން ގޭގެ ދޮރުތަޅުނުލެއްވެނީސް" އެ ބިރުވެރި މާހައުލު ސިފަކުރައްވަމުން ޒީދާ ވިދާޅުވިއެވެ

އިތުރަށް ކިޔާލަން

10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
15 އެޕްރީލު 2017

ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

15 އެޕްރީލު 2017
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!
29 މާރިޗު 2017

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
01 މާރިޗު 2017

ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

01 މާރިޗު 2017
ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
06 ފެބުރުއަރީ 2017

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

06 ފެބުރުއަރީ 2017
ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް