Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުރީގެ ރައިސް ނަޝީދު

ރޯދަ ކުރުކުރަން ނަޝީދު ނުކުންނެވީ ބައިސްކަލުގައި

14 މެއި 2019 | އަންގާރަ 20:31

ގިނަ ބައެއް ތައުރީފު ލިބުނު

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2019 | އަންގާރަ 20:31
އަންގާރަ ދުވަހު ރޯދަ ކުރުކުރަން ނަޝީދު ބައިސްކަލު ދުއްވަނީ

އަންގާރަ ދުވަހު ރޯދަ ކުރުކުރަން ނަޝީދު ބައިސްކަލު ދުއްވަނީ

ރާއްޖެއަށް ފުރަތަމަ ބައިސްކަލެއް ގެނައީ މާބަޖީޗާ އަލް އަމީރު މުހައްމަދު ފަރީދު ފާށަނާ ކިލެގެފާނެވެ. ދިވެހިރާއްޖޭގެ އެންމެ ފަހު ރަދުން، ފަރީދު އެ ޒަމާނުގައި ވެސް ގެންގުޅުނީ ރިލޭ ބައިސްކަލެވެ. ރާއްޖޭގެ ރަސްކަންކުރި ބޭފުޅުންނާއި، ބަސްވިކޭ ވިޔަފާރިވެރިން ހަވީރު ފިނިބުރު ޖެހުމަށް ގެންގުޅުނު ރިލޭ ބައިސްކަލަކީ މިއަދު ރާއްޖޭން ހޯދަން އުނދަގޫ އެއްޗެކެވެ. ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި މިބައިސްކަލު 1980ގެ އަހަރުތަކުގަ ގިނަ ޒުވާން ފިރިހެނުން ބޭނުންކުރިއެވެ.

އަލް އަމީރު މުހައްމަދު ފަރީދު

އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ޒުވާން އުމުރު ފުރައިން ފެށިގެން މިއަދާ ހަމައަށް ބައިސްކަލަށް ލޯބިކުރައްވާ ބޭފުޅެއްކަން އެމަނިކުފާނުގެ ޓްވީޓްތަކުން ހާމަވެގެންދެއެވެ. އެގޮތުން ރޯދަމަހުގެ ހަވީރު ފިންޏަށް ނަޝީދު އާންމުގެ ތެރެއަށް ނުކުމެ ވަޑައިގަތީ ޒުވާން އުމުރުފުޅުގައި ދުއްވާ އުޅުނު ކަހަލަ ހަބު ސްޕީޑް ބައިސްކަލެއްގައެވެ.

ތަފާތު ކަންކަމަށް ލޯބިކުރާ ނަޝީދު ބައިސްކަލުގައި އާންމުގެ ތެރެއަށް ރޯދަ ކުރުމަށް ނުކުމެވަޑައިގަތުމުން އާންމު ރައްޔިތުންގެ ތައުރީފު އެމަނިކުފާނަށް އޮހުނެއެވެ. ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުގައި ނަޝީދު ސައިކަލު ދުއްވާފައި ދަނީ ވެސް އާންމުންނަށް ހަނައަޅާ ހީ ސަމާސާ ކުރަމުންނެވެ.

ނަޝީދު ބައިސްކަލު ދުއްވުމުން އެކަމަށް ތައުރީފުކޮށް އާންމު މީހަކު ބުނީ އެމަނިކުފާނަކީ ހިތްތިރި ބޭފުޅެއް ކަމަށާއި، ދެއްކުންތެރި ކަމެއް ނެތި ރޯދަ ކުރުކޮށްލަނީ ބައިސްކަލުގައި ކަމަށެވެ.

މީގެ އިތުރުން އެހެން މީހަކު ބުނީ އިސްވެރިން އުޅުއްވާހެން ރައްޔިތުންގެ ތެރެއަށް ނުކުންނަވަނީ ކާރުކޮޅުގައި ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ނަމޫނާ ވެރިއެއް ކަމަށެވެ.

އެހެން ރައީސުންތަކާ ހިލާފަށް ރައްޔިތުންނާ ގާތްގުޅުންތައް ބާއްވާ ނަޝީދު އަންގާރަ ދުވަހު ބައިސްކަލުގައި ނުކުންނެވުމުގެ އިތުރުން އެމަނިކުފާނު ވަނީ މި ރޯދަ މަހު އުސްފަސްގަނޑަށް ވަޑައިގަންނަވައި ތުއްތު ކުދިންނާ އެކު ގުޑި ވެސް އެރުއްވާފައެވެ. ހަވީރު ފިންޏަށް ގިނަ ބަޔަކު އުސްފަސްގަނޑަށް ޖަމާވި ވަގުތު، އެމަނިފާނުގެ ސަކަ މިޒާޖު ފެނި، ބައެއް ކުދިން ސެލްފީ ވެސް ނެގިއެވެ.

ނަޝީދު ގުޑި އަރުއްވަނީ

މި ރޯދަ މަސް ފެށުނިއިރު، ތަކެތީގެ އަގުތައް އުފުލި ތ. ކަނޑޫދޫ މިރުގެ އަގު "ރަނަށް" ވެފައި ވަނިކޮށް، އެމަނިކުފާނު ވަނީ މާލޭގެ ބާޒުމައްޗަށް ވަޑައިގެން ބައެއް ދަނޑުވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ. އެގޮތުން ތަރުކާރީ އާއީ މޭވާގެ އަގުތައް އޮޅުން ފިލުއްވައި، ބައެއް މީހުންގެ ޝަކުވާތައް ވެސް އެމަނިކުފާނު އަޑުއެއްސެވިއެވެ.

ރާއްޖޭގެ އެހެން ސިޔާސީ ޝަހުސިއްޔަތުންނާ ހިލާފަށް، ނަޝީދު ފާހަގަ ކުރެވިގެން ގޮސްފައި ވަނީ އަބަދުވެސް އެ ދުވަސްވަރަކާ ގުޅޭ ގޮތަށް އަމަލު ކުރައްވާ ބޭފުޅަކަށެވެ. އަދި ހަނު ހުންނެވުމުގެ ބަދަލުގައި ކޮންމެ ވެސް ކަމެއްގައި ޝާމިލުވެ އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ހީނުކުރާ ތަފާތު ކަންކަން ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތަށެވެ. އިއްޒަތްތެރިންގެ އިއްޒަތުގައި އުޅުއްވުމުގެ ބަދަލުގައި އެމަނިކުފާނު އިހްތިޔާރު ކުރައްވަނީ އާންމު މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ.

އާދަކާދައިގެ ތެރެއިން ނަޝީދު ވެސް ރޯދަމަހުގެ އެކި ދުވަސްތަކުގެ މަތިން އެފަދަ ތަފާތު ކަންކަން ކުރާ މަންޒަރު ފެނުމުން ރައްޔިތުންގެ ތެރޭގައި އެމަނިކުފާނުގެ މަގުބޫލުކަން އިތުރުވެގެންދެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟

27 ޖެނުއަރީ 2018
ރައީސް ނަޝީދު ހެއްދެވި ގޯސް ރައީސް ޔާމީނު ވެސް ހައްދަވަނީތަ؟
09 ނޮވެމްބަރު 2017

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

09 ނޮވެމްބަރު 2017
ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން
02 ސެޕްޓެމްބަރު 2017

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!
10 ޖުލައި 2017

ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

10 ޖުލައި 2017
ރައީސް ޔާމީން އަޒުލް ކުރުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް