Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫތު މިނިސްޓްރީ

ހުސް ފުޓްބޯޅަ ދަނޑު އަޅާކަމަށް ބުނާ ވާހަކައަށް މަހުލޫފުގެ ރައްދެއް!

12 މެއި 2019 | އާދީއްތަ 07:36

ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު 100 ވަރަކަށް ރަށަށް ޒިޔާރަތްކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2019 | އާދީއްތަ 07:36
ޔޫޫތު މިނިސްޓަރ އަހުމަދު މަހުލޫފު

ޔޫޫތު މިނިސްޓަރ އަހުމަދު މަހުލޫފު

މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރާ މަސައްކަތަކީ ހަމައެކަނި ފުޓުބޯޅަ ދަނޑުތައް އެޅުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ރައްދު ދެއްވައިފިއެވެ.

އާދިއްތަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ، ރަށްރަށަށް ގޮސް ވައުދުތައް ވުމާއި، ކަންކަން ކޮށްދިނުމަށް ނިންމުމުގައި އަބަދު ވެސް އިސްކަންދެނީ އެރަށެއްގެ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ކަމަށާއި، ރަށްރަށަށް ކޮށްދިނުމަށް ނިންމާ ކަންކަމަކީ އެރަށެއްގެ ޒުވާނުންނާއި ކައުންސިލުގެ މަޝްވަރާގެ ދަށުން ނިންމާ ކަންކަން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކަންކަން ނިންމާފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތެއް ބެލުމެއް ނެތި ކަމަށާއި، މި ސަރުކާރުން އަބަދުވެސް ކަންކަން ނިންމާނީ ރައްޔިތުންގެ ލަަފަ އާއި މަޝްވަރާ ހޯދުމަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ މަސައްކަތް ބިނާކޮށްގެން މިގެންދަނީ މިހާރު ރަށުގަ ތިބި ޒުވާނުން، ރައްޔިތުން، ކައުންސިލުތަކުން ބޭނުންވާ ކަންކަން ހޯދައި އެކަންކަން ކޮށްދެވޭތޯ. މީގެ ކުރިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތީ މިނިސްޓްރީގައި އެ ތިއްބެވި ބޭފުޅުން ތިއްބަވައިގެން އެމީހުން ނިންމަނީ ކޮންމެވެސް ރަށެއްގައި ކީއްތޯކޮށްދޭނީ. އެއީ އެވެއަރނަސް ޕްރޮގްރާމެއް ވިޔަސް، ޓްރެއިނިންގއެއް ވިޔަސް، ދަނޑެއް އަޅަން ވިޔަސް، ކޯޓެއް އަޅަން ވިޔަސް މިކަހަލަ ގޮތަކަށް،" މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު 100 ވަރަކަށް ރަށަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ކައުންސިލާއި ޒުވާނުންނާ ބައްދަލުކޮށް ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަ ކުރެވުނީ ކުރީގެ ސަރުކާރުން ފަށާފައިވާ ދަނޑު ތަކުގެ މަސައްކަތްތަކާއި، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވީރާނާވެ، ހަލާކުވެފައި ހުރި ޒުވާނުންގެ މަރުކަޒުތައް ފަދަ ތަންތަން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުޅިވަރު ތަރައްޤީ ކުރުމަށް މި ސަރުކާރުން މުހިއްމު އިސްކަމެއް ދޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ގާތްގަނޑަކަށް 25 ރަށެއްގެ ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ފެށި އޭގެ ތެރެއިން ގިނަ ދަނޑުތަކެއްގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރަތްތައް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް ޒުވާނުންނާއި މުޖުތަމައު ބާރުވެރި ކުރުމުގެ މަސައްކަތް މިއަހަރު ހިންގާނީ ޒުވާނުންނާއި ރަށު ކައުންސިލުތަކުގެ ލަފަ އާއި މަޝްވަރާއާ އެކުގައި ކަމަށާއި، އެއްވެސް ކަމެއް އެފަރާތްތަކުގެ ލަފާ ނުހޯދައި ނުނިންމާނެ ކަމަށެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް