Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑަބްލިޔުއެސްސީ

ގަޑިއަށް ބިލު ނުދައްކާ 15000 ރައްޔިތުން އެބަ އުޅޭ: އާޒިމް

ބިލް ނުދައްކާ އޮތުމުން އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 މެއި 2019 | އާދީއްތަ 03:44
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް އާޒިމް ފަލަސުރުހީ ޕްރޮގްރާމްގައި

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް އާޒިމް ފަލަސުރުހީ ޕްރޮގްރާމްގައި

މީޓަރު ރީޑިންގ މައްސަލަތަކުގައި ގަޑިއަށް ބިލު ނުދައްކާ 15،000 ރައްޔިތުން އެބައުޅޭ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ ރައްޔިތުން ބިލް ނުދައްކާ އޮތުމުން އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އާޒިމް ވަނީ ހުރިހާ ރައްޔިތުންނަށް ގަޑިއަށް ބިލް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement - newsAdvertisement
"މީޓަރު ރީޑިންގ މައްސަލަތަކުގައި އެބައުޅޭ 15000 ވަރަކަށް ރައްޔިތުން ބިލް ނުދައްކާ، މި ފުރުސަތުގައި އެދެން ހުރިހާ ރައްޔިތުން ވެސް ގަޑިއަށް ބިލްތައް ދެއްކުމަށް. ބިލް ނުދައްކާ ރައްޔިތުން ގިނަވުމުން އެއީ ދިމާވާ ވަރަށް ބޮޑު ޗެލެންޖެއް. އަޅުގަނޑުމެން ރައްޔިތުން އެވެއާ ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރަން" އާޒިމް ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ބިމު އަޑީގެ ނެޓްވޯކް ސާފުނުކޮށް ދޫކޮށްފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން ނަޖިސް އެރުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. އަދި ކުންފުނީގެ ނަރުދަމާ ނިޒާމް ފޯރުކޮށްދިނުމުގެ ހިދުމަތަށް އިހުމާލުވެފައި އޮތުމުން މަސައްކަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެކަމަށް ހާއްސަ ޑިވިޝަނެއް އެކުލަވާލެއްވި ކަމަށާއި އެ ޑިވިޝަންނަށް މީހުން އައްޔަންކޮށް އެމީހުން ޓްރެއިން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ވިސްނުންފުޅަކީ މާލެ އާއި އެހެން ސަރަހައްދުތަކުގެ ނަރުދަމާގެ ނިޒާމު މަދުވެގެން ކޮންމެ އެއްފަހަރަކު ސާފުކުރުން ކަމަށެވެ. ވޯޓަރ ސްޓޯރޭޖް ރަނގަޅުކޮށް ސެކިއުރިޓީ ވަރުގަދަކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކުންފުނީގެ މާލީ ހާލަތު ރަނގަޅެއް ނޫން ކަމަށާއި ޑިވިޑެންޓްގެ ގޮތުގައި ސަރުކާރަށް 600 މިލިއަން ރުފިޔާ 2014 ފެށިގެން ނުދައްކާ އޮތް ކަމަށް އާޒިމް ވިދާޅުވިއެވެ. ކުންފުނި ހަމަ މަގަށް އެޅުވުމަށްޓަކައި 10 އަހަރުވަރު ނަގާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ގާތްގަޑަކަށް 600 މިލިއަން ރުފިޔާ ޑިވިޑެންޓްގެ ގޮތުގައި ސަރުކާރަށް ނުދައްކާ އެބައޮތް، އެއީ 2014 ވަނަ އަހަރު ފެށިގެން. މިހާރު އަޅުގަނޑުމެންނަށް މިޖެހެނީ ޑިވިޑެންޓް ދައްކާ މުޅި ކުންފުނީގެ ފައިނޭންޝަލް ހާލަތު ރަނގަޅު ކުރަން. ހައުސިންގ ޕްރޮޖެކްޓްތަކަކީ ވެސް 21 މިލިއަން ޑޮލަރު، އެއީ ވެސް ދައްކަންޖެހޭ އެއްޗެއް، މިއަދު އެ ޕްރޮޖެކްޓް ހުއްޓާލައިފިއްޔާ ކޮމްޕެންޒޭޝަންގެ ގޮތުގައި ދައްކަން ޖެހޭ އަދަދަކީ ގުނާ ވަޒަން ނުކުރެވޭނެ އަދަދެއް. ނުގަންނަންޖެހޭ އެތައް އިކުއިޕްމަންޓެއް އެބަހުރި ގަނެފައި. އެމްޑަބްލިޔުއެސްސީގެ އެސެޓްތައް އެންމެ ރަނގަޅަކަށް ނޫން ބޭނުންކޮށްފައި އެހެރީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ރައްޔިތުން ފެން އިސްރާފު ނުކުރުމަށް ތަކުރާރު އިލްތިމާސްކުރައްވާފައެވެ. އަދި ކެޕޭސިޓީއަށް އެންމެ ލީޓަރެއް އިތުރުކުރަން ޖެހުނަސް އެކަމަށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކުރަން ޖެހޭކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ ލީޓަރު ސަލާމަތް ކުރުމުން އެ ސަލާމަތްވެގެންދަނީ އެތައް މިލިއަން ޑޮލަރެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓް ދޫކުރުމަށް ބުނެ، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ވެސް ފްލެޓް ދޭނެ ކަމަށް ބުނެ ތަނެއްގައި ފައުންޑޭޝަން އަޅާފައިވާ ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅަށް ކޮށްފައި އޮތް ކަމެއް ނޫން ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެކަހަލަ ބޮޑެތި ގޯސްތައް ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު