Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އަމިއްލަ ނަފްސްގެ އިހުސާސްތައް ކޮންޓްރޯލް ކުރުން

އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރާނީ ކިހިނެއް؟

ފާޑުކިއުންތައް ބަލައިގަތުމަކީ ކަންކަން ރަނގަޅު ކުރުމަށް ކޮށޭ މަގެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 12 މެއި 2019 | އާދީއްތަ 06:24
މީހަކު މޫދާ ދިމާ އަށް ބަލަން އިށީދެލައިގެން

މީހަކު މޫދާ ދިމާ އަށް ބަލަން އިށީދެލައިގެން

އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވިދާނެ ވަރަށް ގިނަ ގޮތްތަކެއް ވެއެވެ. އޭގެ ތެރޭގައި

އަމިއްލަ އިހުސާސްތަކާއި ދޭތެރެ ވިސްނުން އިހުސާސްތައް ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު ކަމަކީ އަމިއްލަ ންފަސާ ދޭތެރޭ ވިސްނައި މުޖުތަމައުގެ ކަންކަމަށް ތިމާ އަހުލުވެރިވެ ތިމާގެ އިހުސާސްތަކާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމެވެ. މި އިހުސާސްތައް ދެނެގަތުމަށް އަމިއްލަ ނަފްސާ ކުރެވިދާނެ ބައެއް ސުވާލުތަކަކީ: ތިމާގެ އިހުސާސްތައް ކޮންޓްރޯލް ކުރަނީ ކިހާވަރަކަށްތޯ އާއި ތިމާގެ ބަލިފައި ދެނެގަތުމެވެ. އަދި ތިމާ ނިންމާ ނިންމުންތަށް އިހުސާސްތަކާ ގުޅިފައި ވަނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ. މީގެ އިތުރުން ވެސް އެހެން މީހުން ބުނާ އެއްޗަކުން ތިމާއަށް އަސަރު ކުރަނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ. އަދި މިއީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަށް ލިބޭ ފައިދާއަކަށް ވާނެއެވެ.

ވާހަކަ ދައްކަން ފަށާއިރު ނުވަތަ ހަރަކާތްތެރި ވާއިރު ތިމާ އެހެން މީހުންނަށް ފެންނަ ގޮތް ތަނެއްގައި ވާހަކަ ދައްކަން ފަށާއިރު ނުވަތަ ހަރަކާތްތެރި ވާއިރު ވެސް އެ މީހާ އެތަނެއްގައި އެހެން މީހުންނަށް ފެންނަ ގޮތް، އުޅުމުން ވިޔަސް ނުވަތަ ވާހަކަ ދައްކާ ގޮތުން ވިޔަސް ތަފާތު ވާނެއެވެ. އަދި ބައެއް ފަހަރު މިފަދަ ކަންކަމުން ލަދުގަންނަ ކަންކަމާ ވެސް ކުރިމަތި ލާން ޖެހެއެވެ. މިއީ އަނގައިން ބުނެލަން ފަސޭހަ ކަމަކަށް ވިޔަސް މިކަމަކީ މީހުން އެހާ ސަމާލުކަން ދޭ ކަމަކަށް ނުވެއެވެ.

އެ މީހާގެ ވިސްނުން ކޮންޓްރޯލްކުރުން ކުއްލިއަކަށް ދިމާވާ ކަންކަމުގައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަކީ ނާދިރު ކަމެކެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން އަމަލުކުރާ ގޮތް އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެއެވެ. މިސާލަކަށް ނޭނގި ހުއްޓާ ދޫންޏެއް ބޮލުގައި ޖައްސަފާނެއެވެ. އެއީ އަމިއްލަ އިހްތިޔާރުގައި ކޮންޓްރޯލްކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެ ދޫނި ބޮލުގައި ޖައްސައި ބިސް އަޅަން ފުރުސަތު ދިނުމާއި ނުދިނުން ތިމާގެ އިހްތިޔާރުގައި ވެއެވެ. އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމުން އެ މީހާގެ މިސްރާބަށް ވާސިލު ވުމަށް މަގުފަހި ވެއެވެ.

ފާޑުކިއުންތައް ބަލައިގަތުން ކޮންމެ މީހަކަށް ތިމާޔާ ބެހޭ ގޮތުން އަނެއް މީހާ ބުނާ ހިތްހަމަ ނުޖެހޭ ބަސްތައް ބަލައިގަތުމަށް އުނދަގޫ ވެއެވެ. އެހެން ނަމަވެސް ފާޑުކިއުމަކީ ރަނގަޅު ކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ. އެއީ އެންމެ ރަނގަޅު ފާޑު ކިއުމަށް ނުވިޔަސް އެހެންމީހުން ތިމާ ކުރާ ކަންކަމާ ދޭތެރެ ދެކޭ ގޮތް ދެނެގަންނަން ލިބޭ ފުރުސަތެކެވެ. އެންމެ ރަނގަޅު ގޮތަކީ ތިމާ ހިތްނޭދޭ ފާޑުކިއުމެއް ވެސް ބަލައިގަނެ އެ މީހާގެ އިހްސާސްތައް ކޮންޓްރޯލްކޮށް އެ ކަންކަން ރަނގަޅުވާނީ ކިހިނެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރުމެވެ.

އެހެންމީހުންނާއި ގުޅިގެން އުޅުން އެހެން މީހުންނާ ގުޅިގެން އުޅުމުގެ މާނައަކީ ކޮންމެހެން ތިމާގެ ވާހަކަތައް ފެންނަ ކޮންމެ މީހެއް ކައިރީގައި ދެއްކުމެއް ނޫނެވެ. އޭގެ މާނައަކީ ކަމަކާ ދޭތެރެ އަމިއްލައަށް ދެކޭ ގޮތާއި ޚިޔާލު ހުށައަޅާއިރު ތިމާ އެކަމަކާ ދޭތެރެ ދެކޭ ގޮތުގައި ދެމިހުރުމެވެ. މިގޮތަށް ޚިޔާލު ހުށައެޅިޔަސް އެންމެން ބަލައި ނުގަތުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންނަމަވެސް އެ މީހާ ދަންނަ މީހުން އެކަންކަން ބަލައި ގަންނާނެއެވެ

އެހެން މީހުނަށް ހަމްދަރުދީ ފާޅުކުރުން އެހެން މީހުންގެ އިހުސާތަކާއި ސުއޫރުތައް ދެނެގަތުމުގެ ގާބިލުކަން ތިމާގެ ގައިގައި ހުރުމަކީ އެހެން މީހުންނާ ގުޅިގެން އުޅުމަށް ފަސޭހަވެގެން ދާ ކަމެކެވެ. ތިމާ އެހެން މީހުންނާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އަނެއް މީހާގެ ނަޒަރުން ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އިހުސާސަތައް ދެނެގަތުމުގެ މާނައަކީ އެހެން މީހުން ބުނާ ހުރިހާ އެއްޗެއް ގަބޫލު ކުރުމެއް ވެސް ނޫނެވެ. މި ނޫނަސް އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރުމަށް މަގުފަހިވާ އިތުރު ކަންތައްތަކަކީ އެހެން މީހުން ކުރާ ރަނގަޅު ކަންކަން ބަލައިގަނެ ތައުރީފު ކުރުމާއި، ދިމާވާ ކަންކަމުގައި މާފަށް އެދުމާއި، އަދި މާފް ދިނުމާއި، ވައުދުވެއްޖެ ނަމަ އެވައުދެއްގެ މަތީގައި ދެމިހުރުމުގެ އިތުރުން އެހެން މީހުންނަށް އެހީތެރިވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާވައިރަސް \"ކޮމިއުނިޓީ ޓްރާންސްމިޝަން\" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟

16 އެޕްރީލު 2020
ކޮވިޑް-19 ޖެހުނު ޑޮކްޓަރެއްގެ އަމިއްލަ ތަޖްރިބާ

ކޮވިޑް-19 ޖެހުނު ޑޮކްޓަރެއްގެ އަމިއްލަ ތަޖްރިބާ

18 މާރިޗު 2020

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު