Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުގެ ހަނގުރާމަތަކުގައި އުޅޭ ދިވެހިން

ބޭރުގެ ހަނގުރާމަތަކުގައި 69 ދިވެހި ފިރިހެނުން ހަރަކާތްތެރިވޭ: މާރިޔާ

11 މެއި 2019 | ހޮނިހިރު 13:56

ރަސްމީ އަދަދެއް ބުނަން ދަތިކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 11 މެއި 2019 | ހޮނިހިރު 13:56
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ

ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ފިރިހެނުންގެ އަދަދަކީ 69 އެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ، މި އަދަދަކީ އާއިލާއާއި ގާތްތިމާގެ މީހުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ދީފައިވާ މައުލޫމާތުން ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ. މާރިޔާ ވިދާޅުވީ ގިނަ މީހުން ހަނގުރާމަތަކަށް ދަތުރު ކޮށްފައިވަނީ (ހަނގުރާމަ ނުކުރާ) އެހެން ގައުމުތަކަށް ގޮސްފައި ކަމަށް ވުމުން، ހަނގުރާމަތަކުގައި ހަރަކާތްތެރިވަނީ ކިތައް ދިވެހިންކަމަށް ދެއްވާނެ ރަސްމީ އަދަދެއް ނިންމަން ދަތިފުޅު ކަމަށެވެ.

Advertisement - newsAdvertisement

ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން އެއްސެވި ސުވާލަކަށް މިނިސްޓަރ ވިދާޅުވީ، އެ ހަމަލާއަކީ ރާއްޖެއާއި މުޅި ސަރަހައްދަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ. ދިން ހަމަލާގެ ބޮޑުމިނާ، ޓެރަރިސްޓުން ބޭނުން ކުރި އުކުޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މާރިޔާ ވިދާޅުވީ މިކަމުން ދައްކުވައިދެނީ ޓެރަރިސްޓުންގެ ލާއިންސާނިއްޔަތުކަން ހައްދުފަހަނަ އަޅާފައިވާ މިންވަރު ކަމަށެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއް ކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އަވަށްޓެރި ގައުމަކަށް ދިން ހަމަލާ ދިވެހިރާއްޖެއިން އާދައިގެކަމެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އަދި ލަންކާގައި ދިން ހަމަލާއާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ގައުމީ ފެންވަރުގައި އެކި މުއައްސަސާތައް ގުޅިގެން ދިފާއީ އޮނިގަނޑެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ފަހުން މާލޭގައި ބޭއްވި ސިފައިންނާއި ފުލުހުންގެ އެކްސަސައިޒްތަކަށް ނިސްބަތްކޮށް މާރިޔާ ވިދާޅުވީ، އެ ހަރަކާތަކީ ވެސް ހަމަލާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ތައްޔާރަށް ތިބުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ސީދާ ދިވެހިރާއްޖެއަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކަލެއް އޮތް ކަމަކަށް ނުބެލެވޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. ހަމަލާއެއްގެ ނުރައްކަލަށް ތައްޔާރުވެ އޮތުމަށް ފުލުހުންނާއި ސިފައިން ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އަދި އިމިގްރޭޝަނުން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރަކީ ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިހާރު ހެދިފައިވާ ގާނޫނޫތަކުގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ދެ ކޮމިޓީއެއް ކަމުގައިވާ ކައުންޓަރ ޓެރަރިޒަމް ސްޓިއަރިން ކޮމިޓީ އަދި ކައުންޓަރ ޓެރަރިޒަމް ކޮމިޓީން ޓެރަރިޒަމާ ދެކޮޅަށް އެދެވޭ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހާރު ވެސް ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުންނަށް އަމާޒު ކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ތައްޔާރުކޮށް އެއަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މާރިޔާ ހާމަކުރެއްވިއެވެ. އަދި ނުރައްކާތަކުން ދިފާއުވުމަށް ދިވެހި ދިފާއީ ބާރުތަކުން އޮޕަރޭޝަނަލް ލެވަލްގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ސަރަހައްދީ އޮނިގަނޑެއް ގާއިމްކުރަން ޖެހޭ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބަދަލުވަމުންދާ ނުރައްކަލާ އެކު، ސަރަހައްދީ އެއްބާރުލުން އިތުރުކުރަން ގޮވާލައްވާފައެވެ. އަދި މި ނުރައްކަލަކީ ޓްރެފިކިން އާއި ގަން ރަނިން (ބަޑީގެ ވަގު ވިޔަފާރި) އަދި އެހެނިހެން ކުށްތަކުގެ ނުރައްކަލާ ގުޅިފައިވާ ކަމެއް ކަމަށް ވުމުން، ސަރަހައްދުގެ އެއް ގައުމަށް ޓެރަރިޒަމްގެ ހަމަލާއެއް ވަގުތު އަނެއް ގައުމަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ނުރައްކާ ވެސް އޮންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ގާއިމްކުރެވޭ އޮނިގަނޑެއްގައި އެންމެ އިސްކަން ދޭންޖެހޭނީ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުން އަދި ދިފާއީ ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް ވާގިވެރިވުމަށް ކަމަށެވެ. މިފަދަ އޮނިގަނޑެއް ގާއިމްކުރަން ޖެހެނީ ވެސް މި ސަބަބާ އެކު ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް