Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޯދަ 1440

ރާއްޖެ ޓީވީގެ ހީލަމާ ޕްރޮގްރާމް ހުށަހަޅައި ދެއްވަނީ މިނިސްޓަރު މަހުލޫފް

10 މެއި 2019 | ހުކުރު 19:13

މިއީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:30ގައި ގެނެސްދޭ ޕްރޮގްރާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2019 | ހުކުރު 19:13
ހިފަހަރުގެ ހިލަމާ ޕްރޮގްރާމްގެ ތެރެއިން

ހިފަހަރުގެ ހިލަމާ ޕްރޮގްރާމްގެ ތެރެއިން

ރާއްޖޭގެ ޓީވީގެ ރަމަޟާން މަހުގެ ޚާއްސަ ޕްރޮގްރާމް ''ހީލަމާ'' ޕްރޮގްރާމް މި ފަހަރު ހުށަހަޅުއްވައި ދެއްވަނީ ޔޫތު އެންޑް ސްޕޯޓްސް އެންޕަވަމަންޓް މިނިސްޓަރު އަޙްމަދު މަހުލޫފެވެ.

ހުކުރު ދުވަހު ހަވީރު 4:30 ގައި ފަށާ މިޕްރޮގްރާމް ކުރިއަށް ގެންދާތާ ހަތަރު އަހަރުވެއްޖެ އެވެ. ފުރަތަމަ ވެސް މި ޕްރޮގްރާމް ގެންނަން ފެށީ މަހްލޫފްއާއެކު އެވެ. ނަމަވެސް 2017 އަހަރު މަހްލޫފު ޖަލަށް ލާފައި ހުންނެވުމުގެ ސަބަބުން ރަމަޟާން މަހުގެ ހުރިހާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައި ނުގެންނެވުނެވެ. ނިމިގެން ދިޔަ އަހަރު ރޯދަ މަހު މަހްލޫފު ގޭ ބަންދުކޮށްފައި ހުރުމުން، ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

ހީލަމާ ޕްރޮގްރާމްއާ ބެހޭ ގޮތުން މިނިސްޓްރު މަހުލޫފު ވިދާޅުވީ ޕްރޮގްރާމް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތް ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ހުކުރު ދުވަހެއްގައި ކުޑަކުދިންތަކަކާއެކު ހޭދަކޮށްލަން ލިބިވަޑައިގަންނަވާ ވަގުތަކީ ވަރަށް އަގުހުރި އުފާވެރި ވަގުތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިޕްރޮގްރާމްއާ ބެހޭ ގޮތުން އާންމުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓް ލިބޭ ކަމަށާއި، އެމީހުންގެ ކުދިން ބައިވެރިކުރުވަން އެދޭ ކަމަށެވެ.

''އެންމެ ފުރަތަމަ މިޕްރޮގްރާފް ފެށިއިރުގައި ވެސް އަޅުގަނޑު ބައިވެރިވިން. އޭގެފަހުން ދިމާވި ބައެއް ކަންކަމާ އަޅުގަނޑު ބައިވެރިނުވެވި ދިޔައީ. މަޖުބޫރީ ގޮތުން ނާދެވޭ ހިސާބުގައި ބަންދެއްގައި ހުރީ. މިއަހަރު މިޕްރޮގްރާމް ކުރިއަށް ގެންދެވޭތީ ވަރަށް ރަނގަޅު. ހަވީރު ގަޑީގަ ކުޑަކުދިންނާއެކު މަޖާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ލިބޭތީ އަޅުގަނޑު ހަމަ ވަރަށް އުފާވޭ'' މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޕްރޮގްރާމް ގޭބަންދުގައި ހުންނަވައިގެން ވެސް ބެއްލެވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

09 އޯގަސްޓު 2017
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް
30 ޖުލައި 2017

"ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!

30 ޖުލައި 2017
 "ބިގް ބޮސް" ހުށަހަޅައިދޭން އަކްޝޭއަކަށް ހުށައެއް ނާޅާ!
17 ޖުލައި 2017

ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

17 ޖުލައި 2017
ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ
30 ޖޫން 2017

ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

30 ޖޫން 2017
ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ
18 ޖޫން 2017

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017
އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"
02 ޖޫން 2017

ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ

02 ޖޫން 2017
ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ
26 މެއި 2017

ރާއްޖެޓީވީގެ "ދަންބައި"ގެ ޓްރެއިލާ ނެރެފި

26 މެއި 2017
 ރާއްޖެޓީވީގެ "ދަންބައި"ގެ ޓްރެއިލާ ނެރެފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
23 ޖެނުއަރީ 2017

"ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

23 ޖެނުއަރީ 2017
 "ޖޯލީ އެލް.އެލް.ބީ 2" ގެ ނަމުގައި އެކުލެވޭ "އެލް.އެލް.ބީ" ކަނޑާލުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި
16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް