Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓްރީ

މީޑިޔާ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފި

9 މެއި 2019 | ބުރާސްފަތި 14:53

ބަޖެޓް ލިބުމުގައި ހުރި ދަތިކަން ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2019 | ބުރާސްފަތި 14:53
ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރުވުމުގެ ތެރެއިން

ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރުވުމުގެ ތެރެއިން

މީޑިޔާގެ ދާއިރާގައި ހުރި ކަންކަން ހައްލު ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން، މޯލްޑިވްސް މީޑިޔާ ކައުންސިލާއެކު މަޝްވަރާ ކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލުން ވަނީ އެކައުންސިލް ހިންގުމާއި، މަތިކޮށްފައިވާ މަޞްޢޫލިއްޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް ހުށައަޅާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

ހޯމް މިނިސްޓްރީން ބުނީ މީޑިޔާ ކައުންސިލްގެ އެދުމަކަށް ބޭއްވި ބައްދަލުވުމުގައި އެކައުންސިލުން ހުށައެޅި މައިގަނޑު ކަންބޮޑުވުންތަކަކީ ބަޖެޓް ލިބުމުގައި ހުރި ދަތިކަމާއި، މެންޑޭޓް ތަންފީޒުކުރުމުގައި ހުރި ގާނޫނީ ހުރަސްތައް ކަމަށެވެ. އަދި މީޑިޔާގެ ދަފްތަރާއި، ނޫސްވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން މީޑިޔާތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީގެ ފަރާތުން ބައްދަލުވުން ޗެއަރކުރެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވީ އެކަންކަން އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މީޑިޔާ ކައުންސިލާ ގުޅިގެން މީޑިޔާގެ ދާއިރާގެ ކުރިއެރުވުމަށް މަސައްކަތްކުރައްވަން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމަސައްކަތް ކުރައްވާނެ ކަމަށެވެ. ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވި ކައުންސިލްގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތާއި، މީޑިއާ ދާއިރާ ކުރިއެރުވުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރ ދެއްވިއެެވެ. ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ދިވެހި މީޑިޔާ ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ އެހީތެރިކަން ބޭނުންވާކަމަށާއި، ދެފަރާތުން ގުޅިގެން ކުރެވެންހުރި ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.

މިބައްދަލުވުމުގައި މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲގެ އިތުރުން އެކައުންސިލްގެ ބައެއް މެމްބަރުންނާއި، އިދާރީ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުގެ އިތުރުން ޑިރެކްޓަރ، ކޮމިއުނިކޭޝަން ޙަފްޞީ ޢަބްދުﷲ އާއި ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ނިޝާނާ ހަސަން ބައްދަލުވުމުގައި ބައިވެރިވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް