Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕޭ ކުޓީނިއޯ

ކުޓީނިއޯ ވިއްކާލަން ބާސާއިން ތައްޔާރުވަނީ

9 މެއި 2019 | ބުރާސްފަތި 14:12

ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 9 މެއި 2019 | ބުރާސްފަތި 14:12
ފިލިޕޭ ކުޓީނިއޯ

ފިލިޕޭ ކުޓީނިއޯ

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ވިއްކާލަން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީއެސްޕީއެންއިން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޓީނިއޯ ދެއްކި ކުޅުމާއެކު އޭނާ ވިއްކާލަން އެ ކްލަބުން ބޭނުންވާ ކަމަށާއި، އަދި އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ގެންނަން ބާސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރު ކުރިޔަށް އޮތް ތަނުގައި ވެސް ކްލަބަށް ބޭނުންވާނެ ކަމަށެވެ.

އެގޮތުން ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯ ބާސާގައި މަޑުކުރާނެ ކަމަށާއި، އެއީ ޝައްކު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ހަމަވަންދެން އޭނާ އެހެން ކްލަބަކަށް ބަދަލުނުވާނެ ކަމަށް ވެސް ބާޓޮމެއު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުޓީނިއޯ ބުނީ، މިއީ އޭނާ ބާސާގައި ހޭދަކުރާ ދެވަނަ ސީޒަން ކަމަށާއި، ތަށިތަކެއް ވެސް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އަދި ވިސްނުން ހުރީ އިތުރު ކާމިޔާބީތައް ހޯދަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 74 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2017

މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ

22 ޖުލައި 2017
މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ
11 ޖުލައި 2017

އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ

11 ޖުލައި 2017
އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ
10 ޖުލައި 2017

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
24 އެޕްރީލު 2017

އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ

24 އެޕްރީލު 2017
އަބަދުވެސް ތައްޔާރުވަނީ މެޗަކަށްފަހު މެޗަކަށް: ސޮބާ
30 މާރިޗު 2017

ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ

30 މާރިޗު 2017
ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް