Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭބާރ ޕާޓީ

ކިހާދުއްފަރު ރިސޯޓްގެ ދިވެހި މުވައްޒަފުންނަށް އެއްމަހުގެ މުސާރައިގެ އިތުރުން ސާރވިސް ޗާޖް ނުދޭތާ އެތައް މަހެއް:ހަސީން

9 މެއި 2019 | ބުރާސްފަތި 11:36

250 މުވައްޒިފުންނަށް މުސާރަ އަދި އިނާޔަތް ނުދޭ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 9 މެއި 2019 | ބުރާސްފަތި 11:36
ލޭބާރ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަސީން

ލޭބާރ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަސީން

ކިހާދުއްފަރު ރިސޯޓްގެ ދިވެހި މުވައްޒަފުންނަށް އެއް މަހުގެ މުސާރައިގެ އިތުރުން, ސާރވިސް ޗާޖް ނުދޭތާ އެތައް މަހެއްވެފައިވާ ކަމަށް ލޭބާރ ޕާޓީން ބުނެފިއެވެ.

މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީ ލޭބާރ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަސީން ވިދާޅުވީ ކިހާދުއްފަރު ރިސޯޓްގައި 400 މުވައްޒިފުން ތިބިއިރު، އޭގެ ތެރެއިން 250 މީހުންނަކީ ދިވެހިން ކަމަށެވެ. އެ ރިސޯޓްގެ މެނޭޖްމަންޓުން އެތާގައި މަސައްކަތް ކުރަމުންދާ ދިވެހިންގެ ވަޒީފާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ހަސީން ވިދާޅުވިއެވެ. އެ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒިފުންނަށް މުސާރައާއި ސާރވިސް ޗާޖް ނުދީގެން އެ ކަމުގެ ކަންބޮޑުވުން މެނޭޖްމަންޓާއި ހިއްސާކުރި ތިން މުވައްޒިފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ވަޒީފާއިން ވަކި ކުރި މުވައްޒިފުންގެ މައްސަލަ ލޭބާރ ޕާޓީގެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހަޅާފައިވަނީ" ހަސީން ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ އެ ރިސޯޓަކީ ދިވެހި މެނޭޖްމަންޓަކުން ހިންގާ ރިސޯޓެއް ކަމަށެވެ.

ވަޒީފާދޭ އެކި ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަމުން އަންނާތީ، އެކަމުގެ ޝަކުވާ ލޭބާރ ޕާޓީއަށް ލިބެމުން އަންނަ ކަމަށް ހަސީން ވިދާޅުވިއެވެ. ހަސީން ވިދާޅުވީ ގަވައިދާއި ޚިލާފަށް ވަޒީފާއިން ވަކި ކުރާ ފަރާތްތަކަށް އެ ޕާޓީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހިލޭ ލޯޔަރުން ހަމަޖައްސައިދިނުމާއި، ކޯޓް މަރްހަލާއަށް ދާންޖެހޭ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓްރައިބިއުނަލްއަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންތައްކަން ހަސީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސެކިއުރިޓީގެ ހިދްމަތް ދެމުން އަންނަ ސަންރައިސް ކްރޯނާ އެންޓަރޕްރައިސަސްގައި މަސައްކަތް ކުރާ ސެކިއުރިޓީ މުވައްޒިފުންނަށް މުސާރަ ނުދޭތާ 10 މަސްވެފައިވާ ކަމަށް ހަސީން ވިދާޅުވިއެވެ. އެ މުވައްޒިފުންނަށް ރަމްޟާން މަހުގެ އިނާޔަތް ވެސް ނުދޭކަން ހަސީން ފާހަގަކުރެއްވިއެވެ.

"އެ މީހުންނަކީ ސަރުކާރުގެ މުހިންމު ތަން ތަން ކަމަށްވާ ކޯޓްތައް ފަދަ ތަންތަނުގައި ސެކިއުރިޓީ ބަލަހައްޓާ މީހުން. އެ ކުންފުންޏައް ސަރުކާރުން ދޭންޖެހޭ މުސާރަ ދީފައިވާނީ. އެ މީހުންނަކީ ގާތްގަނޑަކަށް 3000 ރުފިޔާ މުސާރައެއް ލިބޭ މީހުން. މުސާރަ ނުލިބުމުގެ ސަބަބުން އެ މީހުން އުޅެނީ ވަރަށް ދަތި ހާލުގައި " ހަސީން ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ އެ މީހުންގެ މައްސަލަތައް ލޭބާރ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް