Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖު ކޯޕްރޭޝަން

އިންވެސްޓްމަންޓްތައް ކޮށްގެން، ހައްޖު ކޯޕްރޭޝަނުން ހައްޖަށް ގެންދާ އަގު ދަށް ކުރާނަން: އެމްޑީ

9 މެއި 2019 | ބުރާސްފަތި 04:17

ދުރު ރާސްތާ ޕްލޭނަކުން މިކަން ކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2019 | ބުރާސްފަތި 04:17
ހައްޖު ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު

ހައްޖު ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު

އިންވެސްޓްމަންޓްތަކެއް ކޮށްގެން، ހައްޖު ކޯޕްރޭޝަނުން މީހުން ހައްޖަށް ގެންދާ އަގު ދަށް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައްޖު ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ ހައްޖު ކޯޕްރޭޝަން އުފެއްދުމުގެ މަގުސަދަކީ މީހުން ދުރާލާ ދައްކާ ފައިސާ ކަލެޓްކޮށް ޝަރީއްއާ ހުއްދަކުރާ ކަންތައްތަކެއްގައި އިންވެސްޓްކޮށްގެން އެއިން ލިބޭ ފައިދާ އިން ހައްޖަށް ދެވޭ އަގު ދަށްކުރުން ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި ފާއިތުވި ދުވަސްތަކުގައި ހައްޖު ކޯޕްރޭޝަނުން އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް ފައިދާ ލިބޭ ގޮތަށް އިންވެސްޓްމެންޓްތަކެއް ކުރެވިފައި ނެތް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

''ޕެންޝަން ފަންޑު ނެންގެވީމަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އަޅުގަނޑުމެންގެ އަތުގައި ހުންނަ ފައިސާ އިންވެސްޓް ކުރަން އުދަނގޫ އެބަވޭ. އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޝަރީއާ ކޮންޕްލެއިން ނޫން އިންވެސްޓެއް އަޅުގަނޑުމެންނަށް ނުވެސް ކުރެވޭ. އެހެން ވީމަ އަދި ޕެންޝަން ފަންޑަށް ވުރެ އަދި ރެސްޓްރިކްޓް އެބަވޭ އެފައިސާ އިންވެސްޓްކުރަން ދިމަދިމާލުން،'' އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ބޮޑެތި ރަނގަޅު އިންވެސްޓްތަކެއް ކުރެވިއްޖެ ނަމަ ރަނގަޅު ފައިދާއެއް ހޯދައިގެން ހައްޖު ކޯޕްރޭޝަނުން ހައްޖަށް މީހުންގެންދާ އަގު ދަށް ކުރެވޭނެ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ހައްޖަށް ދިއުމަށް ދައްކާ ފައިސާ އެއް އަގެއްގައި ހިފެހެއްޓުމަށް ވެސް އިންވެސްޓްމެންޓްތަކެއް ކުރެވިފައި ނެތް ކަމަށާއި، މި އަހަރު މި އަގުގައި ހައްޖަށް ގެންދާ ކަމަށްވާ ނަމަ ކޮންވެސް ވަރެއްގެ ގެއްލުމެއް ކޯޕްރޭޝަނަށް ލިބޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން އެކަން ފޫބައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިސްމާއިލް ވިދާޅުވީ ތަފާތު ގޮންޖެހުންތައް އެ ކޯޕްރޭޝަނަށް ކުރިމަތިވާ ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުން އިތުބާރު ނުކުރުން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ހައްޖު ކޯޕްރޭޝަނާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް އެ ކޯޕްރޭޝަނަކީ ރައްޔިތުންގެ ފުރިހަމަ ލިބިފައިވާ ތަނަކަށް ހަދާނެ ކަމަށެވެ. މާޒީގައި ކަން ހިނގާފައިވާ މިހާރު ކަންތައްތައް ނުހިގާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އެރުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް