Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސް

ހެރީ އާއި މޭގަންގެ ދަރިކަލުންގެ ނަމެއް އަދި ނުނިންމަވާ، ފޮޓޯއެއް ދެ ދުވަސް ތެރޭ ފެނިގެންދާނެ!

މިއީ ދުވަހަކު ވެސް ހިތްޕުޅަށް ސިފަކުފެވިފައި ނުވާ ވަރުގެ އުފާވެރި ތަޖުރިބާއެއް ކަމަށް ހެރީ ވިދާޅުވި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 6 މެއި 2019 | ހޯމަ 18:52
މޭގަން ރައްކައުވެވަޑައިގެންނެވި ފަހުން ހެރީ މީޑިއާއާ ވާހަކަ ދައްކަވާފައިވާއިރު، ހުންނެވީ ވަރަށް ބޮޑަށް އުފަލުން

މޭގަން ރައްކައުވެވަޑައިގެންނެވި ފަހުން ހެރީ މީޑިއާއާ ވާހަކަ ދައްކަވާފައިވާއިރު، ހުންނެވީ ވަރަށް ބޮޑަށް އުފަލުން

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ކަމަށްވާ ހެރީ އާއި މޭގަންގެ އަލަތު ދަރިކަލުންނަށް ހޯމަ ދުވަހު މަރުހަބާ ދަންނަވާފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފޮޓޯއެއް ފެނިގެންދާނެ ކަމަށް ހެރީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެނދުނު ދެމަފިރިކަލުންނަށް ފިރިހެން ދަރިކަލެއް ލިބިވަޑައިގެންފައިވާއިރު، މޭގަން ރައްކައުވެވަޑައިގެންނެވިރު އަރިހުގައި ހެރީ ހުންނެވިއެވެ.

އެއަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން ހެރީ ވަނީ އިހްސާސްތައް ވިދާޅުވެދެއްވާފައެވެ. އަދި މިއީ ދުވަހަކު ވެސް ހިތްޕުޅަށް ސިކުރެއްވިފައި ނުވާ ފަދަ އުފާވެރި ތަޖުރިބާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ހިނިތުންވެ ވަޑައިގެން ހުންނަވާ ދެއްވި އިންޓަވިއުގައި ހެރީ ވިދާޅުވީ ދަރިކަލުންނާއި މޭގަންގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އަދިވެސް ދަރިކަލުންނަށް ކިޔާނެ ނަމެއް ނިންމަވާފައި ނުވާކަން ފާހަގަ ކުރައްވަމުން ހެރީ ވިދާޅުވީ، "މޭގަންއާ ދެ މީހުން އަދިވެސް މިދަނީ އެކަމާ މަޝްވަރާ ކުރަމުން" ކަމަށެވެ.

ހެރީ އިތުރަށް ވިދާޅުވީ މީގެ ދެ ދުވަހެއް ވަރު ފަހުން އިތުރު އިއުލާނެއް އަންނާނެ ކަމަށާއި، އޭރުން އެންމެނަށް ދަރިކަލުން ފެނިގެންދާނެ ކަމަށެވެ.

ހެރީ އާއި މޭގަންގެ ދަރިކަލުން ވާނީ އިނގިރޭސި ޝާހީ ތަހުތު ވާރުތާވާނެ ހަތް ވަނަ ފަރާތަށެވެ. ހަ ވަނައިގައި ހުންނެވީ ހެރީ އެވެ.

މޭގަންގެ ބައްޕަ، ތޯމަސް މާކްލް ވެސް ވަނީ މީޑިއާ މެދުވެރިކޮށް ދެ ބޭފުޅުންނަށް މަރުހަބާ ކިޔާފައެވެ. މޭގަންގެ މަންމަ ހުރީ އެކަމަނާއާ އެކު ފްރޮގްމޯ ކޮޓެޖްގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު