Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސް

ހެރީ އާއި މޭގަން ފިރިހެން ދަރިކަލަކަށް މަރުހަބާ ދަންނަވައިފި

2018 ވަނަ އަހަރުގެ މޭ މަހު ކައިވެނި ކުރެއްވި ހެރީ އާއި މޭގަން އާލާސްވެ އިންނެވިކަން ހާމަ ކުރައްވާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 6 މެއި 2019 | ހޯމަ 15:16
ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސް، ހެރީ އާއި މޭގަން

ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސް، ހެރީ އާއި މޭގަން

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޕްރިންސް ހެރީގެ އަނބިކަނބަލުން، މޭގަން މާކްލް ރައްކައުވެވަޑައިގެންފިއެވެ.

ހެރީ އާއި މޭގަންއަށް ފިރިހެން ބޭފުޅެއް ލިބިވަޑައިގެންފައިވާއިރު، މިކަން އިއުލާން ކުރައްވާފަ އިވަނީ އެ ދެ ބޭފުޅުން ދާދި ފަހުން ހުޅުއްވި އިންސްޓަގްރާމް އެކައުންޓް ކަމަށްވާ، ސަސެކްސް ރޯޔަލް މެދުވެރިކޮށެވެ.

Loading Instagram post...

ހޯމަ ދުވަހު ހަވީރު ކޮށްފައިވާ މި ޕޯސްޓްގައި ބުނެފައިވާ ގޮތުން، ހަތް ޕައުންޑްގެ ފިރިހެން ބޭފުޅަކަށް ޑިއުކް އާއި ޑަޗެސް އޮފް ސަސެކްސް މަރުހަބާ ކިޔުއްވާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޑަޗެސް މޭގަން އާއި ދަރިކަލުންގެ ހާލު ރަނގަޅުކަން ފާހަގަކުރައްވާ، މި ހާއްސަ ވަގުތު ދެ ބޭފުޅުންނާ އެކު ތިބި އެންމެހާ ރައްޔިތުންނަށް މި މެސެޖްގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިކަލުންނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރައްވާނެ ކަމަށް ވެސް ވެއެވެ.

2018 ވަނަ އަހަރުގެ މޭ މަހު ހެރީއާ ކައިވެނި ބައްލަވައިގެންނެވި މޭގަން އާލާސްވެ އިންނެވިކަން ހާމަ ކުރައްވާފައި ވަނީ އެ އަހަރުގެ އޮކްޓޯބަރު މަހެވެ.

މިއީ ހެރީ އާއި މޭގަންގެ ފުރަތަމަ ދަރިކަލުން ކަމަށްވާއިރު، އެ ބޭފުޅާ ވެގެން ދާނީ އިނގިރޭސި ޝާހީ ތަހުތު ވާރުތަވާ ފަރާތްތަކުގެ ހަތް ވަނަ ފަރާތަށެވެ. އޭގެ ކުރީގައި ތިއްބެވި ފަރާތްތަކަކީ، ޕްރިންސް ޗާލްސް، ޕްރިންސް ވިލިއަމް، ޕްރިންސް ޖޯޖް، ޕްރިންސަސް ޝާލޮޓް، ޕްރިންސް ލުއީ އަދި ޕްރިންސް ހެރީ އެވެ.

މީގެ ކުރިން، ޝާހީ އާއިލާގެ މިފަދަ މައުލޫމާތު ހިއްސާ ކޮށްފައި ވަނީ ކެންސިންގޓަން ޕެލެސްގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުންނެވެ. އަދި އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓެއް ހެއްދެވި ފުރަތަމަ ޝާހީ އާއިލާގެ މެމްބަރުންނަކީ ހެރީ އާއި މޭގަންއެވެ.

ހެރީގެ ބޭބެ، ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ރައްކައުވެވަޑައިގެންނެވުމަށް ފަހު ހޮސްޕިޓަލް ކުރިމަތީ ފޮޓޯ ނަންގަވާފައިވާއިރު، މޭގަން މިގޮތަށް ކަންތައް ނުކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފައެވެ. އަދި އޭގެ ބަދަލުގައި، ދުވަސްކޮޅެއް ފަހުން އެކަމަނާ އާއި ދަރިކަލުން ވިންޑްސޯރ ކާސަލްގައި ފޮޓޯ ނަންގަވަން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު