Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރޯދަ ބާޒާރު

އުރީދޫ މަސްރޭސް ގޭމް، ކޮންމެ ހަފްތާއަކު ސެމްސަން އެސް 10 އެއް!

ގޭމްގައި ބައިވެރިވެވޭނީ އެއް ރުފިޔާ އަށް

އަލީ ސަމާޚް
އަލީ ސަމާޚް | 6 މެއި 2019 | ހޯމަ 17:25
އުރީދޫ އިން ތައާރަފް ކުރި މަސްރޭސް

އުރީދޫ އިން ތައާރަފް ކުރި މަސްރޭސް

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އުރީދޫ އިން ބައްވަމުންދާ ''މަސް ރޭސް''ގެ ފޯނު ގޭމެއް ތައާރަފް ކޮށް، އެއްވަނަ އަށް ހޮވޭ ފަރާތަކަށް އިނާމަކަށް ސެމްސަން ފޯނެއް ދޭން ހަމަޖެހިއްޖެއެވެ.

އުރީދޫގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ އެ ގޭމުގައި ބައިވެރި ވެވޭނީ އެއް ރުފިޔާ ދައްކައިގެންނެވެ. ގޭމު އޯވާ ވުމުންވެސް އިތުރު ލާރި ދައްކައިގެން ކުޅޭވޭނެއެވެ. ގޭމުގެ ސްކޯ ބޯޑުން އެންމެ މަތިން ސްކޯ ކޮށްފައިވާ ފަރާތަކަށް ހަފްތާ ނިމުމުން އިނާމެއްގެ ގޮތުގައި ސެމްސަންގް އެސް 10 އެއް ދޭން ހަމަޖެހިފައިވެއެވެ.

މަސްރޭސް މޮބައިލް ޑައުންލޯޑް ކުރެވޭނީ އެ ކުންފުނީގެ ވެބްސައިޓުންނެވެ. އެ ގޭމްގެ ހިދުމަތް ލިބެން ފަށާނީ މިރޭ ދަންވަރުން ފެށިގެންނެވެ.

ގޭމު ކުޅެން އެންމެ ބޮޑު އަދަދެއް ހޭދަ ކޮށްފައިވާ ފަރާތަކަށް ރޯދަ މަސް ނިމުމުން ޑީޖޭއޭ ޑްރޯން އެއް އިނާމެއްގެ ގޮތުގައި ދޭން އުރީދޫ އިން ވަނީ ނިންމާފައެވެ. އުރީދޫއާ ވައިބާރ ގުޅިގެން މި ފަހަރު ވަނީ '' ވައިބާރ ނަމާދު ވަގުތު'' ގެ ނަމުގައި ޕަބްލިކް އެކައުންޓެއް ވައިބާރ ގައި ހަދާފައެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ބޮރޯޑްބޭންޑް ކޮންޓެންޓް އެންޑް ޑިވައިސަސް އަޙްމަދު ނޫމާން ވިދާޅުވީ، އެ ގްރޫޕް މެދުވެރިކޮށް ނަމާދު ވަގުތު ހަނދުމަ ކޮށްދިނުމުގެ އިތުރުން ގިބްލައި ހޯދައި، ޒަކާތް ހިސާބުކޮށް ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުހިއްމު އަދި ފަސޭހާ ހިދްމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

ނޫމާން ވިދާޅުވީ، ކަނޑުމަތީގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް މަސްވެރިންނަށް ނަމާދު ކުރަން ގިބްލަ ހޯދަން ފަސޭހަ ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް މޯބައިލް މެދުވެރިކޮށް މައްކާގައި ކުރާ ތަރާވިސް ލައިވްކޮށް ބަލާލެވޭނެއެވެ.

ރަމަޝާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫގެ ކަސްޓަމަރުންނަށް ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި:

ރަމަޝާން ޑޭޓާ ކޮމްބޯ: 25 ރުފިޔާ އަށް 1 ޖީބީ ޑޭޓާ. މި ޕެކް ކޮންމެ ދުވަހަކު ހެނދުނު ފަހަކުން ހަވީރު ފަހަކަށެވެ.

އެމްފައިސާ ކޭޝްބެކް އޮފަރ: ކޮންމެ ހުކުރު ދުވަހަކު އެމް-ފައިސާއިން ކުރައްޗާ ރާސްޓަސްއެއްގެ 10% އެމް ފައިސާ އަނބުރާ ލިބޭނެއެވެ.

ސެމްސަންގ އޮފަރ: ފުރިހަމަ އިންސްޓޯލްމެންޓް ޕެކޭޖްތަކާއި އެކު، ސެމްސަންގ އެމް 20 އަދި 50 ރައްޓެހިންނަށެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު