Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ

ފުރަތަމަ ގިގަބިޓް ފުވައްމުލަކުގައި އުރީދޫ އިން ގާއިމްކޮށްފި

5 ޖޫން 2019 ގެ ކުރިން ޚިދުމަތް ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ އޮފަރތަކެއް ތައާރަފުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 މެއި 2019 | އާދީއްތަ 05:28
އުރީދޫ އިން ބޭއްވި ހަފްލާގެ ތެރެއިން

އުރީދޫ އިން ބޭއްވި ހަފްލާގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ޙިދުމަތް ތައާރަފު ކޮށްފިއެވެ.

މި ޚިދުމަތް ތައާރަފު ކުރެވިގެން ދިއުމާއެކު އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި، ފުވައްމުލަކު ވެގެންދަނީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށެވެ. ޓެކްނޮލޮޖީގެ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް، އުރީދޫ ސުޕަރނެޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

"ފުވައްމުލައް ސިޓީ އަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ، ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް. މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަރނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ ސުޕަރނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބިގެންދާނެއެވެ. އަދި ސުޕަރނެޓްގެ ޚިދުމަތް މި ސިޓީގައި ތައާރަފު ކުރުމުގެ އުފަލުގައި، 5 ޖޫން 2019 ގެ ކުރިން ޚިދުމަތް ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ އޮފަރތަކެއް ތައާރަފުކޮށްފައެވެ.

މި އޮފަރތަކުގެ ދަށުން ކޮންމެ ޕެކޭޖެއް ޚިޔާރު ކުރެއްވި ކަމުގައިވީ ނަމަވެސް ހަ މަސް ދުވަހުގެ މުއްދަތަށް، މަދުވެގެން 20 އެމްބީޕީއެސް ޕްކޭޖުގެ ސްޕީޑު ފޯރުކޮށްދިނުމާއި ހަމަސް ދުވަހުގެ މުއްދަތަށް، އެމޭޒަން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ފުވައްމުލަކުގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަރނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދޭނެ ކަމަށާއި މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭ ގޮތަށް އޮޕްޓިމައިޒް ކުރެވިފައި ކަމަށް އުރީދޫ އިން އިތުރަށް ބުނެއެވެ.

އުރީދޫގެ ސުޕަރނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް، އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ އާއި ދިގު މުއްދަތަކަށް ޙިދުމަތް ޚިޔާރު ކުރެއްވުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތައް ލިބޭ ސޭވަރ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭނުންތެރި އީޖާދީ ޙިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ސުޕަރނެޓްގެ ޚިދުމަތް، ނުވަތަ ފުވައްމުލަކުގެ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އުރީދޫ އިން ތައާރަފް ކޮށްފައިވާ ތަފާތު އޮފަރ ތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު