Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ދިން ބޮމުގެ ހަމަލާ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

އެ މީހުންގެ ހަށިތަކާ މުސްލިމުން ހަވާލެއް ނުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 3 މެއި 2019 | ހުކުރު 16:32
ލަންކާގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވީ މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯގެ މަންޒަރެއް

ލަންކާގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވީ މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯގެ މަންޒަރެއް

މިދަޔަ ހަފުތާގެ އާދިއްތަ ދުވަހު (އީސްޓަރ ސަންޑޭ)ގައި ލަންކާއަށް ދިން ހަމަލާތަކުގައި ހަށި ގޮއްވާލީ ނުވަ ޓެރަރިސްޓުން، ކަށުކަމާކެމީގެ ކަންކަން ފުރިހަމަނުކޮށް ވަޅުލައިފިއެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ ދީނީ އެއްވެސް ކަމެއް ފުރިހަމަ ކުރުމަކާ ނުލާ، އެ ނުވަ މީހުން ވެސް ވަޅުލާފައި ވަނި ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެ އެންމެން ވެސް ވަޅުލެވުނީ ޕޯސްޓް މޯޓަމް ހެދުމަށް ފަހު، ފުރިހަމަކުރަން ޖެހޭ ތަހުގީގުތަށް ކޮށް ނިންމާފައި ކަމަށް ވެސް ގުނަސޭކަރަ ވިދާޅުވިއެވެ.

ލަންކާގައި އީސްޓަރ ސަންޑޭގައި ދިން ޓެރަރިސްޓު ހަމަލާގައި އަމިއްލަ ހަށި ގޮއްވާލި މީހުން ވަޅުލުމުގެ ކަންކަމުގައި ބައިވެރިވުމަށް އެ ގައުމުގައި ދިރިއުޅޭ މުސްލިމް ޖަމާއަތްތަކަން ވަނީ ދެކޮޅުހަދާފައެވެ. އެގޮތުން އެ ގައުމުގައި ދިރިއުޅޭ މުސްލިމުން ވަނީ އެ މީހުންނަކީ މުސްލިމުން ކަމުގައި ބަލައިނުގަންނަ ކަމަށް ބުނެ އެ މީހުންގެ ކަށުކަމާކެމީގެ ކަންކަމުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ.

ލަންކާގައި ހަރަކާތްތެރިވާ އެންޓީޖޭ ޖަމާއަތާއި ޖޭއެމްއައި ޖަމާއަތުން ދިން ނުރައްކާތެރި ބޮމުގަ ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި، ހަތިޔާރާއި ފައިސާ ފެނިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ސަތޭކައަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި މި ދެ ޖަމާއަތުގެ އިސްވެރިން ވެސް ހިމެނޭ ކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ. މި އެންމެންނަކީ ވެސް އައިސިސްއަށް ތާއިދުކުރާ މީހުންނެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
27 ޖޫން 2017

ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

27 ޖޫން 2017
ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން
19 ޖޫން 2017

ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް

19 ޖޫން 2017
ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު