Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެނާޑޯ ސިލްވާ

ޓްރާންސްފާގެ އަޑުތަކަށް ބެނާޑޯ ސިލްވާ ދިނީ ބީރު ކަންފަތެއް

2 މެއި 2019 | ބުރާސްފަތި 14:50

ސިލްވާގެ އެއްބަސްވުން ހަމަވާނީ ކުރިޔަށް އޮތް ތިން އަހަރަށްފަހު

ލީވާން އަލީ
ލީވާން އަލީ | 2 މެއި 2019 | ބުރާސްފަތި 14:50
ބެނާޑޯ ސިލްވާ

ބެނާޑޯ ސިލްވާ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފިލްޑަރ ބެނާޑޯ ސިލްވާ ޓްރާންސްފާގެ އަޑުތަކަށް ބީރު ކަންފަތެއް ދީފިއެވެ.

ޕޯޗުގަލްގެ ނޫހެއް ކަމަށްވާ ރެކޯޑް އަށް ދިން އިންޓަވިއުއެއްގައި ބެނާޑޯ ސިލްވާ ބުނީ، އޭނާއާ ގުޅޭ ގޮތުން ނޫސްތަކުގައި ދައުރުވާ ޚަބަރުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.

ސިލްވާ ބުނީ، ސިޓީއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާ ކަމަށާއި، މި ސީޒަނަށް ފަހު ސިޓީއާ އެކު އިތުރު ތިން އަހަރު ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި އޭނާ ބުނީ ސިޓީގައި ހުރީ ވަރަށ ހިތްހަމަޖެހިގެން ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިން ތެރޭގައި ބެނާޑޯ ސިލްވާ ހިމެނެއެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ބާސާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ބެނާޑޯ ސިލްވާ ބުނީ ބާސާއިން އޭނާ ހޯދުމަށް މަސައްކަތް ކުރާކަން ނޭގޭ ކަމަށާއި، ވިސްނަމުން އަންނަނީ މި ސީޒަން ކާމިޔާބުކަމާއެކު ސިޓީގައި ނިންމާލުން ކަމަށެވެ.

ބެންފީކާ އިން ކެރިޔަރު ފެށި އުމުރުން 24 އަހަރުގެ ބެނާޑޯ ސިލްވާ ޔޫތު ކެރިޔަރު ހޭދަކުރީ ބެންފީކާ ބީއިންނެވެ. އޭނާ ވަނީ މޮނާކޯ އަށް ވެސް ކުޅެފައެވެ.

ބެންފީކާއާ އެކު ލީގު ތަށި އަދި ޕޯޗުގީޒް ކަޕް ކާމިޔާބުކޮށްފައިވާ ބެނާޑޯ ސިލްވާ ވަނީ މޮނާކޯއާއެކު ލީގު ތަށި ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު، ލީގް ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

މޮނާކޯއަށް ކުޅުނު 126 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައިވާ ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 100 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕޯޗުގަލްއާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ތިންވަނަ 2017 ވަނަ އަހަރު ހޯދާފައިވާ ބެނާޑޯ ސިލްވާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 36 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޖޫން 2018

ރާއްޖެއިން ވޯޓު ދިނީ އުތުރު އެމެރިކާގެ ބިޑަށް

13 ޖޫން 2018
ރާއްޖެއިން ވޯޓު ދިނީ އުތުރު އެމެރިކާގެ ބިޑަށް
23 މެއި 2018

މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!

23 މެއި 2018
މިހަފްތާގެ ތެރޭގައި ރޫނީގެ ޓްރާންސްފާގެ ކަންކަން ނިމޭނެ!
19 މާރިޗު 2018

ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ

19 މާރިޗު 2018
ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ
09 ޖެނުއަރީ 2018

އަހަރެންނަށް ހައްގު ބެލެންޑޯ ދިނީ ރޮނާލްޑޯއަށް: ރިބެރީ

09 ޖެނުއަރީ 2018
އަހަރެންނަށް ހައްގު ބެލެންޑޯ ދިނީ ރޮނާލްޑޯއަށް: ރިބެރީ
01 ޑިސެމްބަރު 2017

ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ސިލްވާ އައުކޮށްފި

01 ޑިސެމްބަރު 2017
ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ސިލްވާ އައުކޮށްފި
12 ސެޕްޓެމްބަރު 2017

ބާސާއަތުން ބަލިވި މެޗުގެ ހަދާންތަށް ނައްތާލައިފިން: ސިލްވާ

12 ސެޕްޓެމްބަރު 2017
ބާސާއަތުން ބަލިވި މެޗުގެ ހަދާންތަށް ނައްތާލައިފިން: ސިލްވާ
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް