Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ސިޓީ

ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން ސިލްވާ އައުކޮށްފި

އައު ކޮންޓްރެކްޓާއެކު 2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް އޭނާ ސިޓީގައި މަޑުކުރާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ޑިސެމްބަރު 2017 | ހުކުރު 11:30
ޑޭވިޑް ސިލްވާ ސިޓީގެ އައު ކޮންޓްރެކްޓްގައި ސޮއެ ކުރަނީ

ޑޭވިޑް ސިލްވާ ސިޓީގެ އައު ކޮންޓްރެކްޓްގައި ސޮއެ ކުރަނީ

މެންޗެސްޓާ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ޑޭވިޑް ސިލްވާ އައުކޮށްފިއެވެ.

ސިލްވާގެ ކޮންޓްރެކްޓް 2019 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް ނިމޭނެއެވެ. އެހެން ނަމަވެސް އައު ކޮންޓްރެކްޓާއެކު 2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް އޭނާ ސިޓީގައި މަޑުކުރާނެއެވެ. ސިޓީގެ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ ސިލްވާ އައު ކޮންޓްރެކްޓެއްގައި ސޮއެ ކުރިކަން ކަށަވަރު ކޮށްދީފައެވެ.

ސިޓީގެ ވެބްސައިޓާއި ވާހަކަ ދައްކަމުން ސިލްވާ ބުނީ ސިޓީގައި ވޭތުކުރި ހަތް އަހަރާއި ބައިގެ ތެރޭގައި އޭނާއަށް ހާސިލްކުރެވިފައިވާ ކަންކަމާއިމެދު ވަރަށް ފަހުރުވެރިވާ ކަމަށާއި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ގިނަ ތަށިތަކެއް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އޭނާ ބުނީ ސިޓީގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ހިތްގައިމު ކުޅުމެއް ކަމަށާއި ކުރިޔަށްހުރި ދުވަސްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

ސިލްވާ މިހެން ބުނެފައިވާއިރު މި ސީޒަނުގައި ސިޓީގެ ފަރާތުން ފެންނަމުންދާ ކުޅުމާއި ވިދިގެން އެ ޓީމަށް އަންނަނީ ތައުރީފު އޮހެމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އެ ޓީމު އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވުރެ އަށް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ހަމައެހެންމެ ސިޓީއިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރުގެ ޖާގައެއް ވެސް ހޯދާފައެވެ.

އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ސިޓީއާއި ގުޅިފައިވަނީ 2010 ވަނަ އަހަރުއެވެ. އޭނާ ކުޅެމުންދިޔަ ސްޕެއިންގެ ވެލެންސިއާ ދޫކޮށް ސިޓީއަށް ބަދަލުވީ 24 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސިލްވާއަކީ އެ ޓީމުގެ ތާރީހުގައި ވެސް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ. ބެލެވޭ ގޮތުގައި އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ވެސް ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ސިލްވާ ވަނީ ސިޓީއަށް 324 މެޗު ކުޅެދީ އެ ޓީމަށް 52 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އެ ޓީމާއެކު ދެ ޕްރިމިއާ ލީގާއި އެފްއޭ ކަޕްއެއްގެ އިތުރުން ދެފަހަރެއްގެ އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

26 ޖޫން 2017
ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
26 މެއި 2017

ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ

26 މެއި 2017
ކްރިސްޓަލް ޕެލަސްއިން ކޯޗް މާކޯ ސިލްވާ އާއި މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު