Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބު ބޭސްފަރުވާއަށް ގޭ ބަންދަށް ބަދަލު ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި

2 މެއި 2019 | ބުރާސްފަތި 07:10

އަދީބު ގޭބަންދަށް ބަދަލު ކުރަން ހައިކޯޓުން ހުކުމް ކުރީ ޖެނުއަރީ 28 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 މެއި 2019 | ބުރާސްފަތި 07:10
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ގޭ ބަންދަށް ބަދަލު ކުރަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.

ބޭސް ފަރުވާކުރެވެން ދެން ގޭބަންދަށް ބަދަލުކުރަން އަދީބުގެ ފަރާތުން ހައިކޯޓަށް ހުށައެޅުމުން އެކޯޓުން ޖެނުއަރީ މަހުގެ 28 ގައި ކުރި ޙުކުމުގައި ބުނެފައިވަނީ އެމަނިކުފާނުގެ ބޭސްފަރުވާ ނިމެންދެން ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކޮށްފައެވެ. އެހެން ނަމަވެސް އޭގެ ޖެހިގެން އައިދުވަހު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށް އަންގައި އެކޯޓުން ވަކި އެއްޗެއް އަންގަންދެން ހައި ކޯޓުގެ އަމުރު ވަގުތީ ގޮތުން ތަންފީޒުކުރަން އަންގާފައެވެ.

Advertisement - newsAdvertisement

އެކަށީގެންވާ ބޭސް ފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅުމުން އެ ކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފު ކުރި އެވެ. ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހައިކޯޓުން ކޮށްފައިވާ އަމުރުގައި ވާގޮތަށް ކުރިއަށް ގެންދިއުމަށެވެ. ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ އަދީބަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅިގެން އެމަނިކުފާނަކީ ފުރާނައަށް ނުރައްކާ ވެދާނެ ފަރާތެއް ކަމަށް ބަޔާންކޮށް ޑޮކްޓަރުގެ ފަރާތުން ލިޔުން ދޫކޮށްފައިވާ ފަރާތެއް ކަމަށާއި ޖަލުގައި ހުންވާތަނަށް ހޭނެތިގެން ވެއްޓުނު ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އަދީބުގެ ފަރާތުން ހުށައެޅި ހުށައެޅުމަށް ގޭބަންދުގައި ބެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށާއި ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ޕޮލިސް ވެސް ހިމެނޭ ގޮތަށް ދިވެހި ދައުލަތުގެ ފަރާތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް