Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބޮޑީ ބިލްޑިން

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަނީ

ޕާޕާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 1 މެއި 2019 | ބުދަ 11:35
ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް ގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަނީ، އަރިހުގައި ޕާޕާ

ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް ގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަނީ، އަރިހުގައި ޕާޕާ

އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނެޝަނަލް ބޮޑީ ބިލްޑިން ޖަޖިން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށް ރައީސް ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ހަމަ އެއާއިއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ގައި ރާއްޖެއިން އޭޝިއަން ބޮޑީ ބިލްޑިން ގޭމްސް ނުވަތަ ސައުތު އޭޝިއަން ގޭމްސް އަށް ބިޑު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިސިކްސް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސް ޕައުލް ޗުއާ ( ޕާޕާ) އާ އެކަމާއި ބެހޭ ގޮތުން ކުރިން މަޝްވަރާ ކޮށްފައިވާ ކަމަށާއި، ޕާޕާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ބޮޑީ ބިލްޑިންގެ ދާއިރާގައި 50 އަހަރަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ ޕާޕާ ވިދާޅުވީ، ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް އޭނާގެ ފަރާތުން 80 ޕަސެންޓް ސަޕޯޓް ލިބޭނެ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޔޫތް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެތްލީޓުން ތަމްރީނު ކުރަން މީގެ ކުރިން ރާއްޖެ އަށް އެތައް ފަހަރަކު ޒިޔާރަތް ކޮށްފައިވާ ޕާޕާ ވިދާޅުވީ، ކުރިޔާ އަޅާބަލާއިރު ރާއްޖޭގެ އެތްލީޓުންގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ވެފައިވާ ކަމަށެވެ. އަދި އޭޝިއާގެ ކުޅިވަރު މުބާރާތްތަކުން ރާއްޖެއަށް ރަން މެޑަލް ލިބުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ބޮޑީ ބިލްޑިން ޖަޖިން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ތެރެއިން. ފޮޓޯ: ޓްވިޓަރ

ދެހާސް ސަތާރަ ވަނަ އަހަރު ދެކުނު ކޮރެޔާގެ ސޯލްގައި ބޭއްވި އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި ޝާހިން އިބްރާހިމް (ޝާންޓޭ) ވަނީ ފުރަތަމަ ފަހަރަށް އޭޝިއާގެ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފައެވެ.

ސްޓެލްކޯ ގައި ބޭއްވި އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު ވިދާޅުވީ، ބޮޑީ ބިލްޑިންގ އަކީ ވެސް އެހެން ކުޅިވަރުތައް ފަދައިން ސަރުކާރުން އިސްކަންދޭ ކުޅިވަރެއް ކަމަށާއި، އެ އެސޯސިއޭޝަންގެ ބަޖެޓް ވެސް ބޮޑު ކޮށްދީފައިވާނެ ކަމަށެވެ.

ގައުމީ ޓީމަށް ވަކި ޖިމެއް ނެތްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ޖިމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ބިމުގެ ދަތިކަން ދިމާވާ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން މިހާރު ވެސް. ރަނގަޅު ބިމެއް އަތުޖެހޭ ފަހަރެއްގައި އިރާދަ ކުރެއްވިއްޔާ އެކަން ވެސް ހަމަޖައްސައިދޭނަން. ބިމުގެ ތާށިކަން އުޅޭތީ ހަގީގަތުގައި އެކަންކަން ނުވެގެން މި ދަނީ. '' އޭނާ ވިދާޅުވިއެވެ.

އަދި ކުރިޔަށް އޮތްތާގައި ވެސް ބޮޑީ ބިލްޑިން ފެޑެރޭޝަނަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު