Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ބޮމުގެ ހަމަލާ

ލަންކާ ހަމަލާ: މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ސައިންޓިސްޓުން

1 މެއި 2019 | ބުދަ 08:04

ހަތަރު ސައިންޓިސްޓުން ލަންކާ އަށް ދިޔައީ ރިސާޗް ހަދަން

އަލީ ސަމާޚް
އަލީ ސަމާޚް | 1 މެއި 2019 | ބުދަ 08:04
ލަންކާ އަށް ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ބައްތިތަކެއް ރޯކުރަނީ

ލަންކާ އަށް ދިން ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ބައްތިތަކެއް ރޯކުރަނީ

މިދިޔަ މަހުގެ 21 ވަނަ ދުވަހު އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ފައްޅިތަކާއި، މަތީ ފަންތީގެ ހޮޓާތަކަށް ހަށި ގޮއްވާލައިގެން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ހަތަރު ސައިންޓިސްޓަކު ހިމެނޭ ކަމަށް ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީ އިން ބުނެފިއެވެ.

އެ ހަމަލާގައި ބޭރު ގައުމުތަކުގެ 42 މީހަކު މަރުވެފައިވާ ކަމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހު ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ބޮން ގޮއްވާލި ހާދިސާގައި މަރުވި ޗައިނާގެ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ، ޗައިނީޒް އެކަޑަމީ އޮފް ސައިންސް (ސީއެސް) އިން ރިސާޗް ހެދުމަށް އެޕްރީލް މަހުގެ މެދު ތެރޭގައި ލަންކާ އަށް ގޮސްފައިވާ ސައިންޓިސްޓުން ކަމަށެވެ. އާއިލާތަކުން އެ މީހުންނަކީ ކޮން ބައެއް ކަން ދެނެގަނެފައިވާ ކަމަށް އެމްބަސީ އިން ބުންޏެވެ. އެ މީހުންގެ ވަނަވަރެއް އެމްބަސީ އިން ހާމައެއް ނުކުރެއެވެ.

އެ ހަމަލާގައި ސީއެސްގެ އިތުރު ފަސް މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބި އެ މީހުން ވަނީ، އިތުރު ފަރުވާއަށް ޗައިނާ އަށް ގޮސްފައެވެ.

ބޮން ގޮއްވާލައިގެން ދިން ހަމަލާގައި ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިންޑިއާ އިންނެވެ. އިންޑިއާގެ 11 މީހަކު ވަނީ މަރުވެފައެވެ.

މަރުވި މީހުންގެ ތެރެއިން 25 މީހުންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ 12 މީހަކުގެ ހަށިގަނޑު ކޮލަމްބޯ ޖުޑިޝަލް މެޑިކަލް އޮފީސަރސް މޯޗަރީގައި ވަނީ ބައްވާފައެވެ.

ކޮލަމްބޯގެ ހޮސްޕިޓަލްތަކުގައި ފަސް މީހަކު ފަރުވާ ހޯދަމުންދާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ ނަގާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް