Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަން

ބޮޑު އިސްކަމެއް ދެނީ ގައުމުގެ ސަލާމަތަށް، އެތެރެވާ ފަރާތްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފިން: ހަނަފީ

އެތެރެވާ މީހުން މޮނިޓަރ ކުރުމަށް ޚާއްސަ އިސްކަމެއް އެ އިދާރާއިން ދޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 މެއި 2019 | ބުދަ 07:58
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށާއި، ރާއްޖެ އެތެރެވާ ފަރާތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ރާއްޖެއެމްވީއަށް ވިދާޅުވީ އަވައްޓެރި ސްރީލަންކާގައި ހިނގައިދިޔަ ހަމަލާތަކާ ގުޅިގެން އެ އިދާރާއިން ރާއްޖޭގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ. އެގޮތުން ރާއްޖެ އެތެރެވާ މީހުންގެ ވިސާގެ ކަންތައްތައް ވެސް ވަރަށް ގާތުން އެ އިދާރާގެ މުއައްޒަފުން ބަލަމުންދާ ކަމަށާއި އެތެރެވާ މީހުން މޮނިޓަރ ކުރުމަށް ޚާއްސަ އިސްކަމެއް އެ އިދާރާ އިން ދެމުން އަންނަ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ އެތެރެވާ މީހުންގެ ވިސާގެ ކަންތައްތައް ދެއްތޯ. ވިސާގެ ކަންތައްތައް ގާތުން ބެލުމަށް އަޅުގަނޑުމެންގެ މުއައްޒަފުން މިހާރު ޚާއްސަ އިސްކަމެއް ދޭނެ. އަދި ބޮޑަށް އިސްކަންދީގެން މިހާރު އަޅުގަނޑުމެން މޮނިޓަރިން ގެ ކަންތައްތައް ވެސް މިދަނީ ވަރަށް ގާތުން ބަލަމުން،" ހަނަފީ ވިދާޅުވިއެވެ.

ސްރީލަންކާ އަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖެއަށް ވެސް އެފަދަ ހަމަލާތަކެއް އަތުވެދާނެ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓް ކުރެވިފައެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ސެކިއުރިޓީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އިމިގްރޭޝަނުން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޓެރަރިސްޓް އައިޑެންޓިފިކޭޝަން ޕްރޮގްރާމް (ޓީއައިޕީ) ގައި ހިމެނޭ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް ސިސްޓަމް) ބޭނުން ކުރަން ފަށާފައެވެ. ޕައިސިސް ސިސްޓަމަކީ ގައުމުތަކަށް އެތެރެވާ މީހުން ދެނެގަނެވި ބައޮމެޓްރިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ދެނެގަނެވޭނެ ފަދަ ސިސްޓަމެކެވެ.

ހަނަފީ ވިދާޅުވީ ލަންކާ އަށް ދިން ހަމަލާއާ ގުޅިގެން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ބަލައި އެ އިދާރާއިން ބޭރުގެ ސެކިއުރިޓީ އެޖެންސީތަކާ އެކު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެތެރެވާ މީހުންގެ ފަރާތުން ރާއްޖެއަށް އެފަދަ ބިރުވެރިކަމެއް އަދި ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް