Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ބޮން ގޮއްވުން

ލަންކާގައި ހައްޔަރުކުރި އިތުރު ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި

1 މެއި 2019 | ބުދަ 06:09

ލަންކާ ފުލުހުންގެ ބެލުމުގައި ދަށުގައި މިހާރު ހަ ދިވެހިން އެބަތިބި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 1 މެއި 2019 | ބުދަ 06:09
ސްރީލަންކާގައި ސެކިއުރިޓީ ވަރުގަދަކޮށްފައި

ސްރީލަންކާގައި ސެކިއުރިޓީ ވަރުގަދަކޮށްފައި

ސްރީލަންކާ ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ހަތަރު ދިވެހިންގެ ބަންދަށް ތިން ދުވަހަށް ޖަހައިފިއެވެ.

ލަންކާ ފުލުހުންގެ ބެލުމުގައި ދަށުގައި މިހާރު ހަ ދިވެހިން އެބަތިބިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާގެ ސެކިއުރިޓީ ޗެކް ޕޯސްޓުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ވަނީ ތިން ދުވަހަށް އިތުރުކޮށްފައެވެ. ބަންދުގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފައި ވަނީ އެ ގައުމުގެ ފުލުހުން ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ހޯމަ ދުވަހު ގެންދެވުނު ހަތަރު މީހުންނަކީ ސައިކަލްތަކެއްގެ ސްޕެއަރޕާޓްސް ގަތުމަށް ލަންކާއަށް ގޮސް އުޅުނު ބައެއް ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހުން ގެންދެވުނީ ކޮލަމްބޯ އާއި 100 ވަރަކަށް ކިލޯ މީޓަރު ދުރުގައި ހަދާފައިވާ ޗެކް ޕޯސްޓަކުން ކަމަށް މައުލޫމާތު ލިބިއެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ފުލުހުންގެ ބަންދުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، އެމްބަސީގެ މުވައްޒިފުން ކޮންމެ ދުވަހަކު ވެސް ޖަލަށް ގޮސް އެ މީހުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ. ފުލުހުންގެ ބަންދުގައި ތިބި މީހުންގެ އާއިލާތަކަށް ވެސް އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ލިބެމުން އަންނަ ކަން އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.

މި ދިޔަ ބުރާސްފަތި އަދި ހުކުރުދުވަހު ލަންކާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފައި ވަނީ ބަންދުގައި ތިބި ދެ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ލަންކާގައި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށް ފަހު، އެ ގައުމު ވަނީ ސަލާމަތީ ގޮތުން ވަރުގަދަ ކޮށްފައެވެ. އެގޮތުން އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް، އެމަރޖެންސީ ގާނޫނުގައި ހިމެނޭ އެންޓި ޓެރަރިޒަމްގެ މާއްދާތަކަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އަމަލުކުރަން ފަށާފައެވެ. ކޯޓު އަމުރަކާ ނުލައި ގެތަށް ބަލާ ފާސްކުރުމުގެ ހުއްދަ އެ ގައުމުގެ ސަލާމަތީ ބާރުތަކަށް، ސަރުކާރުން ދީފައިވާއިރު، އެކި ސަރަހައްދުތަކުގައި ޗެކް ޕޯސްޓްތައް ހަދައި، އެ ޗެކް ޕޯސްޓްތައް ހިމެނޭ ސަރަހައްދުތަކުން ދަތުރުކުރަމުންދާ އެންމެން ދަނީ ޗެކްކުރަމުންނެވެ. އެގައުމުގައި ދިރިއުޅޭ ދިވެހިން ވެސް ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި ޕާސްޕޯޓް ގެންގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް