Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެފްއޭ އެވޯޑްސް

ޕީއެފްއޭއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަރޕޫލްގެ ވެން ޑައިކަށް

3 މެއި 2019 | ހުކުރު 03:54

މިއީ ޑިފެންޑަރަކި މި އެވޯޑު ހާސިލްކުރި ތިންވަނަ ފަހަރު

އަމަން ހަލީމް
އަމަން ހަލީމް | 3 މެއި 2019 | ހުކުރު 03:54
ލިވަރޕޫލްއަށް ކުޅެމުން އަންނަ ނެދަރލެންޑްސްގެ ޑިފެންޑަރު ވަރޖިލް ވެން ޑައިކް

ލިވަރޕޫލްއަށް ކުޅެމުން އަންނަ ނެދަރލެންޑްސްގެ ޑިފެންޑަރު ވަރޖިލް ވެން ޑައިކް

ޕްރޮފެޝަނަލް ފުޓްބޯލަރޒް އެސޯސިއޭޝަނުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަރޕޫލްގެ ކުޅަދާނަ ޑިފެންޑަރު ވަރޖިލް ވެން ޑައިކްއަށް ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލިވަރޕޫލާ 97 މިލިއަން ޑޮލަރުގެ ފީއަކަށް ގުޅުނު ވެން ޑައިކަކީ މި ސީޒަނުގައި ލިވަރޕޫލުން ދައްކަމުން އަންނަ މޮޅު ކުޅުމުގައި އެންމެ އިސް ރޯލެއް އަދާކުރަމުން އަންނަ އެކަކެވެ. މިދިޔަ އަހަރުގެ އެވޯޑު ވެސް ލިބުނީ ލިވަރޕޫލްގެ ކުޅުންތެރިޔެއް ކަމުގައިވާ މިސްރުގެ މުހައްމަދު ސަލާހަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގާއި އެހެނިހެން ލީގުތަކަށް ކުޅޭ 92 ކްލަބުގެ ކުޅުންތެރިން މި އެވޯޑަށް ވޯޓުލާފައިވެއެވެ. އެވޯޑު ލިބުމަށް ފަހު ދިން އިންޓަވިއުއެއްގައި ވެން ޑައިކް ބުނީ އެވޯޑު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ކުޅޭ ކުޅުންތެރިން ވޯޓުލައިގެން ލިބޭ އެވޯޑަކަށް ވުމާ އެކު އިތުރަށް އުފާފާޅު ކުރާ ކަމަށް ވެސް ވެން ޑައިކް ބުންޏެވެ.

ވެން ޑައިކަކީ މި އެވޯޑުގެ 27 އަހަރުގެ މާޒީގައި އެވޯޑު ކާމިޔާބު ކުރި ތިން ވަނަ ޑިފެންޑަރެވެ. މީގެ ކުރިން މި އެވޯޑު ހާސިލްކޮށްފައިވާ ކުޅުންތެރިންނަކީ ޗެލްސީއަށް ކުޅުނު ޖޯން ޓެރީއާ މެންޗެސްޓަރ ޔުނައިޓަޑާއި އެސްޓަން ވިލާއަށް ކުޅުނު ޕޯލް މެގްރާތެވެ.

މި އަހަރުގެ ޕީއެފްއޭ އެވޯޑްސްގައި ދިން އެހެން އެވޯޑްތަކަށް ބަލާއިރު، އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ މެންޗެސްޓަރ ސިޓީގެ ހުނަރުވެރި ފޯވާޑް ރަހީމް ސްޓަރލިންއަށެވެ.

މީގެ އިތުރުން މި އަހަރުގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ޓީމަށް ބަލާއިރު އެ ޓީމުގައި އެންމެ ގިނަ އަދަދަކަށް ހިމެނިފައިވަނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އެ ޓީމަށް ކުޅެމުން އަންނަ ހަ ކުޅުންތެރިޔަކު އަހަރުގެ ޓީމުގައި ހިމަނާފައިވާ އިރު، ދެން އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ ލިވަރޕޫލުން ހިމެނުނީ ހަތަރު ކުޅުންތެރިންނެވެ. ދެން އެ ޓީމުގައި ހިމެނުނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޮގްބާ އެކަންޏެވެ.

ޕްރިމިއަރ ލީގުގެ އަހަރުގެ ޓީމަކީ: އެޑަރސަން މޯރާއޭސް (މެންޗެސްޓަރ ސިޓީ)، އެންޑީ ރޮބަޓްސަން (ލިވަރޕޫލް)، އެމެރިކް ލަޕޯޓޭ (މެންޗެސްޓަރ ސިޓީ)، ވާރޖިލް ވެން ޑައިކް (ލިވަރޕޫލް)، ޓްރެންޓް އެލެކްޒެންޑަރ-އަރނޯލްޑް (ލިވަރޕޫލް)، ޕޯލް ޕޮގްބާ (މެންޗެސްޓަރ ޔުނައިޓެޑް) ފަރނާންޑީނިއޯ (މެންޗެސްޓަރ ސިޓީ)، ބަނާޑޯ ސިލްވާ (މެންޗެސްޓަރ ސިޓީ)، ސަދިއޯ މާނޭ (ލިވަރޕޫލް)، ސާޖިއޯ އަގުއޭރޯ (މެންޗެސްޓަރ ސިޓީ)، އަދި ރަހީމް ސްޓަރލިން (މެންޗެސްޓަރ ސިޓީ)، އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިންގެ ޓީމުގައި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ސަލާހު ނުހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް