Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކެމްޕެއިނަށް ހަރަދުކުރި ގޮތް ހާމަ ކުރޭ

ހަރަދު ކުރި ގޮތް އީސީން ހާމަ ކުރަންޖެހޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 29 އެޕްރީލު 2019 | ހޯމަ 12:59
އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އުފާފާޅު ކުރުމުގެ ތެރެއިން

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އުފާފާޅު ކުރުމުގެ ތެރެއިން

މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރާނެ ކަމަށް ބަޔަކު ވައުދުވިއެވެ. ކެމްޕެއިނުގެ ފޯރީގައި ބައެއް ކެންޑިޑޭޓުން މާލީ ބަޔާން ހާމަކުރިއެވެ. ކެމްޕޭނަށް ނުކުތުމުގެ ކުރިން ޖީބުގައި ހުރި ފައިސާގެ ނޫޓުތައް އަދަދުން ހާމަކުރިއެވެ. އެކަން އެންމެ ފާޅުކަންބޮޑު ގޮތެއްގައި ކުރި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީން ވާދަކުރި 86 ދާއިރާއަށް ނުކުން ހުރިހާ ކެންޑިޑޭޓޫންގެ މާލީ ބަޔާން ހާމަކުރިއެވެ. އެއީ ކެމްޕޭނަށް ނުކުތުމުގެ ކުރިން އެ ކެންޑިޑޭޓުންގެ މާލީ ހާލަތެވެ.

ނަމަވެސް ފޯރިގަދަ ކެމްޕޭނެއް ނިމިގެންދިޔައިރު، ފައިސާގެ ކުޅިގަނޑު ބޮޑުވި ކަމުގެ އަޑު ވަނީ ގަދަވިއެވެ. ފައިސާއަށް ވޯޓުގަނެ ވިއްކަމުންދިޔަ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެއެވެ. އެފަދަ މައްސަލަތަކެއް އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. ކަން ހިނގި ގޮތާއި، ނަތީޖާ ނުކުތް ގޮތް އެނގޭނީ އެކަމެއްގައި އުޅުނު ބަޔަކަށެވެ.

ވާދަވެރި އިންތިހާބު ނިމި، ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަން ތަޖުރިބާ ކުރުމުގެ ދަނޑިވަޅު ޖެހިއްޖެއެވެ. އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރުމަށް މަހަކަށް ވުރެ ކުޑަތަންވެފައިވާއިރު، އިންތިހާބީ މެމްބަރުން އިމްތިހާނު ކުރުމުގެ ވަގުތު މި އޮތީ ޖެހިފައެވެ. ނިމިދިޔަ އިންތިހާބުގައި ކެންޑިޑޭޓުން ހަރަދު ކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ 347 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހަށް އިންތިހާބުވި މެމްބަރުންނާއި މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު އިތުރު ދައުރަކަށް ޕާޓީތަކުގެ ޓިކެޓުގައި ކުރިމަތިލެއްވި މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ކެމްޕެއިން ތެރޭގައި ބައެއް ބޭފުޅުން ވައުދުވެވަޑައިގެންނެވީ މަޖިލިސް އިތުރަށް ހާމަ ކުރާނެ ކަމަށެވެ. ނަޒާހަތްތެރި މަޖިލީހަކަށް ހަދާނެ ކަމަށެވެ. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ކެމްޕެއިނަށް ހަރަދު ކުރި ގޮތް ހާމަ ކުރާށެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ފައިސާ އާއި މުދާ ހިމެނޭ ގޮތަށް އިންތިހާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު އާންމު ކުރާށެވެ. ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ތަފްސީލުތައް އާންމުކުރަށެވެ. އިންތިހާބާ ބެހޭ ގާނޫނުގެ 73 ވަނަ މާއްދާގައި ބުނާ ގޮތަށް އިންތިހާބަށް ހަރަދު ކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލު އާންމު ކުރާށެވެ. ކެންޑިޑޭޓަކު ހަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކާ ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެ ފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު އާންމު ކުރާށެވެ. ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ހާއްސަ ކުރި ބޭންކް އެކައުންޓުން ކޮށްފައިވާ މުއާމަލާތްތައް ހިމެނޭ ގޮތަށް އީސީއަށް ހުށަހެޅި ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އާންމު ކުރާށެވެ.

އެ ހަރަދުތައް ކުރި ގޮތް، ރައްޔިތުންނަށް އެނގެންޖެއެވެ. ދާއިރާގެ ރައްޔިތުންނަށް އެ މައުލޫމާތު ބޭނުންތެރިއެވެ. އާ މަޖިލީހުގެ މެމްބަރުންގެ ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަން ވަޒަން ކުރެވޭނީ އޭރުންނެވެ. ވިޔަފާރިވެރިންގެ ނުފޫޒު އިންތިހާބަށް އިންތިހާއަށް ފޯރާފައިވާއިރު, އެ ވިޔަފާރިވެރިން ތިބީ ކޮން މެމްބަރުންނެއްގެ ފަހަތުގައިތޯ އެނގެންޖެހެއެވެ. މަހުޖަނުންނާއި ސައުދާގަރުން މަންފާއަށް ބަސް ބުނެ، ވޯޓު ދީ، ރައްޔިތުންގެ ހައްގުތައް ނަގާލަން މަސައްކަތް ކުރާ މެމްބަރުން ވެސް އެނގޭނީ އޭރުންނެވެ.

ކެމްޕެއިން ތެރޭގައި އެ ކެންޑިޑޭޓަކަށް ލިބޭ އަރަންޏާއި ދަރަނި ހިމެނޭ ގޮތަށް މާލީ ބަޔާން ހުށަހެޅި ގޮތަށް، ކެމްޕެއިނަށް ހަރަދު ކުރި ގޮތް ވެސް ހާމަ ކުރާށެވެ. ބުނި ބަހެއް، އަމަލާއި ބަހާ ސީދާ ދިމާވާނީ އޭރުންނެވެ. އިހްލާސްތެރިކަން ހުރި ވަރެއް އެނގޭނީ އޭރުންނެވެ.

ހަރަދު ކުރި ގޮތުގެ މައުލޫމާތުތަކުގެ މައްޗަށް ހިމެނޭ މާލީ ބަޔާން 347 ކެންޑިޑޭޓުން މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. ނިމިިދިޔަ އިންތިހާބުތަކުގައި ވެސް، ހުށަހެޅި މާލީ ބަޔާންތައް އީސީގައި ވަނީ ފުނިޖެހިފައެވެ. ގާނޫނުގައި ބުނާތީ، ހަމައެކަނި ހުށަހެޅި އެ މާލީ ބަޔާންތައް ދިރާސާކޮށް، މައްސަލައެއް ހުރިކަން އީސީއަކުން މިހާތަނަށް ފާހަގަކޮށްފައެއް ނުވެއެވެ.

ނަމަވެސް އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ކެމްޕެއިންނަށް ހަރަދު ކުރި ގޮތް ބަޔާންކޮށް ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާން އާންމުކޮށް ބެލޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހަމަޖައްސަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގެ މާލީ ބަޔާންތައް އާންމުކޮށް ބެލޭނެ ނިޒާމެއް އީސީއަކުން ހަމަޖައްސާފައެއް ނުވެއެވެ. އެ ކޮމިޝަންގެ ވެބްސައިޓުގައި ވެސް، އެ މާލީ ބަޔާން އާންމެއް ނުކުރެއެވެ. އެކަން ކުރުމުގައި އީސީ ވަނީ ނުކުޅެދިފައެވެ.

ރައީސް ސޯލިހު ސަރުކާރުގެ ސިޔާސަތަކީ ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ހުރިހާ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކުރުމެވެ. އަދި ގަވާއިދުން އެކަން ރިވިއު ކުރުމެވެ. ރައީސްގެ އެ އިސްނެންނެވުމާ އެއްގޮތަށް، ކެމްޕެއިނަށް ހަރަދު ކުރި ގޮތް ވެސް އެނގެންޖެހެއެވެ. އެކަމުގައި އިސްނަގަން ޖެހޭނީ ހަރު އަޑުން އެ ވާހަކަ ދެއްކި މީހުންނެވެ. އެމްޑީޕީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު