Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅެފި

މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަޑައިގެންނެވި

މިއުނާ ހަސަން
މިއުނާ ހަސަން | 28 އެޕްރީލު 2019 | އާދީއްތަ 17:12
އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުނު ފުޓުބޯޅަ މެޗަށް ފަހުގައި ނަގާފައިވާ ފޮޓޯއެއް

އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުނު ފުޓުބޯޅަ މެޗަށް ފަހުގައި ނަގާފައިވާ ފޮޓޯއެއް

އަމީނިއްޔާ ސްކޫލްގެ އަލިމަސް ޖުބުލީ ފާހަގަ ކުރުމުގެ ގޮތުން ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.

މި މެޗުގައި ވާދަކޮށްފައި ވަނީ އަމީނިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކޮށްފައިވާ އިސްދަރިވަރުންގެ ދެ ޓީމެވެ. އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުނު މި މެޗު ބައްލަވާ ލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަޑައިގެންނެވިއެވެ.

ދެ ޓީމަކަށް އިސްދަރިވަރުން ބަހާލައިގެން ކުޅުނު މި މެޗު ޓީމްބީ އާއި ވާދަކޮށް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމް އޭ އެވެ.

މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑްނެގީ ޓީމް އޭއިންނެވެ. ކުޅިވަރުގެ މައިދާނުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމުން ވަނީ ޓީމް ބީގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

ޓީމް އޭއިން މެޗުގެ ލީޑް ނެގިތާ މާގިނައިރެއް ނުވެ މެޗުގެ 19 ވަނަ މިނެޓުގައި ޓީމް ބީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެން ނަމަވެސް 25 މިނެޓުގެ ދެހާފަށް ބަހާލައިގެން ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޓީމް އޭއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑް ނެގިއެވެ.

ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ޓީމް އޭ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނަތީޖާ ހަމަހަމަ ކުރުމަށް ޓީމް ބީން ގިނަ މަސައްކަތްތަކެއްކޮށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ޓީމް އޭއަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީ އައިޝަތު ނާޒިމާ ވަނީ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.

މި މެޗުގެ އިތުރުން ވެސް ޑައިމަންޑްޖުބުލީ ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ފުޑް ފެއާ އަކާއި އާޓް އެންޑް ކުރާފްޓް މުބާރާތުގެ އިތުރުން ބައިސްކަލް ދުއްވުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އަދި "ގޯ ގްރީން" ގެ ނަމުގައި އަމީނިއްޔާ ސްކޫލު ފެހި ކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ޑައިމެންޑް ޖުބުލީ ނިންމާ ހަރަކާތެއްގެ ގޮތުގައި ބަޑިބޭހުގެ ކުޅިވަރުތަކާއިއެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

20 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ
03 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

03 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި
24 މާރިޗު 2018

ނޯޔާ އެނބުރި އަންނަން މާ ގިނަ ދުވަސްތަކެއް ނެތް

24 މާރިޗު 2018
ނޯޔާ އެނބުރި އަންނަން މާ ގިނަ ދުވަސްތަކެއް ނެތް
06 ނޮވެމްބަރު 2017

ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި

06 ނޮވެމްބަރު 2017
ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި
03 އޮކްޓޯބަރު 2017

މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ

03 އޮކްޓޯބަރު 2017
މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު