Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެނުއެލް ނޯޔާ

ނޯޔާ އެނބުރި އަންނަން މާ ގިނަ ދުވަސްތަކެއް ނެތް

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 މާރިޗު 2018 | ހޮނިހިރު 13:21
ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާ

ޖަރުމަނުގެ ކީޕަރު މެނުއެލް ނޯޔާ

ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ ޖަރުމަނުގެ އެއް ނަމްބަރު ކީޕަރު މެނުއެލް ނޯޔާ އަނިޔާއިން ސަލާމަތްވެ އެނބުރި އަންނަން މާ ގިނަ ދުވަހެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.

ނޯޔާއަށް އަނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަޔާންގެ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޯޔާ ވަނީ ފައިގެ ސާޖަރީއެއް ވެސް ފުރިހަމަކޮށްފައެވެ. ނޯޔާގެ ފައިގެ ކައްޓަށް ގެއްލުން ވެފައިވާ ކަމަށް ބަޔާންގެ ޑޮކްޓަރުން ބުނިއިރު މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ވެސް އޭނާގޭ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގެއްލުނެވެ. މި އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

ބަޔާންގެ އޮފިޝަލް ޓީވީ ޗެނަލާ ވާހަކަ ދައްކަމުން ނޯޔާ ބުނީ އޭނާގެ ފަޔަށް މިހާރު އެއްވެސް ވަރަކަށް ތަދުނުވާ ކަމަށާއި ދުވުމުގެ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން ދުވުމުގެ ތަމްރީނުތައް ފުރިހަމަކުރެވުމަކީ އަނިޔާ އިން އެނބުރި އާދެވޭނެ ކަމުގެ ފެހި ސިގްނަލެއް ކަމަށާއި ސްކޭންތަކެއް އަދިވެސް ފުރިހަމަކުރަން ޖެހޭ ކަމަށެވެ. ސްކޭންތަކަށް ފަހު ކުރިޔަށް އަޅަން ޖެހޭ ފިޔަވަޅު އެނގިގެންދާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދަނީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށް ނޯޔާ ބުނެފައި ވެއެވެ. ނޯޔާ ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނަމަ އަންނަ ހަފްތާގެ ތެރޭގައި ފަރިތަކުރުންތަކަށް ނުކުމެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އަނިޔާ ރަނގަޅުވަމުންދާ ނަމަވެސް އެއްވެސް ހާލެއްގައި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށް ނޯޔާ ބުނެފައިވެއެވެ. އޭނާ ބުނީ ކަންކަން އަވަސްކޮށްލައިފި ނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށާއި އޭނާގެ ކެރިއަރު ނިމުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނޯޔާ ބުނީ ކަންކަން ރޭވުމެއްގެ ދަށުން ކުރިޔަށް ގެންދަނީ އެ ސަބަބަށްޓަކައި ކަމަށާއި ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކަމަށެވެ.

ނޯޔާ ބުނީ ފުލް ފިޓްނެސްއަށް ވަރަށް އަވަހަށް އާދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިވަގުތު ގޯސްކޮށް އެއްވެސް ކަމެއް ނުދާ ކަމަށެވެ. ކުޅުމާ ދުރުގައި ގިނަ ދުވަހު ހުންނަން ޖެހުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށާއި އެއްވެސް އެތުލީޓަކަށް އަނިޔާއިން ސަލާމަތްވުމަށް ކުރާ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ނޯޔާ ބުނެފައި ވެއެވެ.

އެ ޓީމުގެ ކޯޗު ޔޯކިމް ލޯ ބުނެފައި ވަނީ ނޯޔާ ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ނަމަ ސީޒަނުގެ ކޮންމެ ވެސް ހިސާބަކުން ފެންނަންޖެހޭ ކަމަށެވެ. ޖަރުމަނުގެ ގައުމީ ޓީމުގައި ނޯޔާގެ މަގާމު މިހާރު ފުރަމުން އަންނަނީ ބާސެލޯނާގެ ކީޕަރު މާކް އެންޑަރ ޓާސްޓީޖެންއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު