Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވަގުތީ މާރުކޭޓު

ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިލިމާލޭ މާރުކޭޓުން ދޫކުރަން ހަމަޖެހިފައިވަނީ 20 ގޮޅި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 12 މެއި 2019 | އާދީއްތަ 18:42
މާލޭ ލޯކަލް މާރުކޭޓޫ ސަރަހައްދު

މާލޭ ލޯކަލް މާރުކޭޓޫ ސަރަހައްދު

ރޯދަ މަހާއި ގުޅިގެން ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭ ސީޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭ ވަގުތީ މާރުކޭޓުން 20 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރާނީ ވިލިމާލޭ ރަށްވެހިންނަށް ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ. ގޮޅިއަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 13 މޭ 2019 ވަނަ ދުވަހުގެ 12:00 އެވެ.

މާލޭ ސިޓީ ކައުންސިލުން އިސް ނަގައިގެން ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ގާއިމްކުރަން ނިންމީ، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި ރޯދަ މަހު ތާޒާމޭވާއާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށް ދިނުމަށެވެ. އަދި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާރުކޭޓުތަކުގެ ސަބަބުން ދިވެހި ދަނޑުވެރިންނަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ އިތުރުފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ވިލިމާލޭގެ އިތުރުން މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި ވެސް ވަގުތީ މާރުކޭޓެއް ގާއިމްކޮށްފައިވާ އިރު، ވެސްޓް ޕާކުގައި ހުންނަ ވަގުތީ މާރުކޭޓުން 32 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2019

ރަށު މާރުކޭޓުގެ ހިދުމަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ: އެޗްޑީސީ

16 އެޕްރީލު 2019
ރަށު މާރުކޭޓުގެ ހިދުމަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ: އެޗްޑީސީ
25 ފެބުރުއަރީ 2019

ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި

25 ފެބުރުއަރީ 2019
ދުނިޔޭގެ އެންމެ ބޮޑު ނަޓެއްލާ ފެކްޓްރީ ވަގުތީ ގޮތުން ބަންދުކޮށްފި
31 ޖެނުއަރީ 2019

އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި

31 ޖެނުއަރީ 2019
އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީކުރުމަށް ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި
15 ނޮވެމްބަރު 2018

ބީއެމްއެލްގެ ކަސްޓަމަރުން ޑިޖިޓަލްކޮށް 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ: ޝަރީފް

15 ނޮވެމްބަރު 2018
ބީއެމްއެލްގެ ކަސްޓަމަރުން ޑިޖިޓަލްކޮށް 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ: ޝަރީފް
29 ޖުލައި 2018

ބޭނުން ނެތިގެން އުކާލާ އަންނައުނަށް ހަދާ ގޮތް އިނގޭތަ؟

29 ޖުލައި 2018
ބޭނުން ނެތިގެން އުކާލާ އަންނައުނަށް ހަދާ ގޮތް އިނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު