Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ދިން ބޮމުގެ ހަމަލާ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

25 އެޕްރީލު 2019 | ބުރާސްފަތި 12:23

ދެބެއިންގެ ތެރެއިން އެކަކު ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 25 އެޕްރީލު 2019 | ބުރާސްފަތި 12:23
ފޮޓޯއިން ފެނިވަޑައިގަންނަވަނީ އިމްސާތް އިބްރާހިމް (ކ) އަދި ބައްޕަ ޔޫސުފް އިބްރާހިމް (މ)

ފޮޓޯއިން ފެނިވަޑައިގަންނަވަނީ އިމްސާތް އިބްރާހިމް (ކ) އަދި ބައްޕަ ޔޫސުފް އިބްރާހިމް (މ)

އާދިއްތަ ދުވަހު އަވަށްޓެރި ލަންކާގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ދެބެއިންނަށް އެހީވުމުގެ ތުހުމަތުގައި އެ މީހުންގެ ބައްޕަ ހައްޔަރުގައި ހުރިކަން ފުލުހުން ކަށަވަރު ކޮށްދީފިއެވެ.

ލަންކާގެ މުއްސަންދި ހަވާދު ހަދާ ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ޔޫސުފް އިބްރާހިމްއަށް ތުހުމަތު ކުރެވެނީ އޭނާގެ ދަރިންނަށް އެހީވުމާއި، ކުށެއް ކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. އިބްރާހިމްގެ ދެ ދަރިންގެ ތެރެއިން އިލްހާމް އަހުމަދު އިބްރާހިމް އާއި އިމްސާތް އަހްމަދު އިބްރާހިމް އަކީ ކޮޅުނބުގައި ހުންނަ ހޮޓާތަކަށް ދިން ހަމަލާގައި ބައިވެރިވި ދެ މީހުންނެވެ.

މި ދެބެއިންގެ ތެރެއިން އިލްހާމް އަހުމަދަކީ ކުރިން ފުލުހުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރެވުނީ ކޮން ކުށެއްގެ ތުހުމަތުގައި ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އިލްހާމް އަހުމަދަކީ ސިނަމަން ގްރޭންޑް ހޮޓެލުގައި ހަށި ގޮއްވާލި މީހާއެވެ.

ދެބެއިންގެ ބައްޕަގެ އިތުރުން އެ އާއިލާއަށް ނިސްބަތްވާ މީހުންގެ ތެރެއިން ލަންކާގައި މިވަގުތު ތިބި އެންމެން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާރު މި ހަމަލާތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ 70 އަށް އަރާފައެވެ. އޭގެ ތެރޭގައި ހަތަރު އަންހެނުން ހިމެނޭ އިރު، މި ހުރިހާ އެންމެންނަކީ ވެސް ލަންކާ މުސްލިމުން ކަމަށާއި ގިނައީ ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ އާއިލާ މެމްބަރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މައްސަލައާއި ބެހޭގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ހަމަލާގައި ބައިވެރިވީ މީހުންނަކީ ރަނގަޅު އާއިލާތަކަށް ނިސްބަތްވާ ކިޔަވައިގެން ތިބި މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ކުރިން ވެސް ޝައްކު ކުރެވިގެން ފާރަލަމުން ދިޔަ ބައެއް ކަމުގައިވީ ނަމަވެސް، ހައްޔަރުކުރެވޭ ވަރުގެ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ރަނިލް ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި މަރުވީ މީހުންގެ އަދަދު 359 އަށް އަރާފައިވާ އިރު، އަދިވެސް ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓާ ތަކުގައި ފަރުވާދެމުން ގެންދާ ކަމަށް ލަންކާ ނެޝަނަލް ހޮސްޕިޓަލްސް އިން ވަނީ ބުނެފައެވެ. މިއީ ލަންކާގެ ތާރީހުގައި ވެސް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 މެއި 2017

ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

22 މެއި 2017
ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ
22 މެއި 2017

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް